ކ. މާލެ
|
30 އޯގަސްޓް 2020 | އާދީއްތަ 17:58
ސަރުކާރުގެ އިސް ޑިޕްލޮމެޓެއްގެ މަޤާމު އަދާ ކުރައްވާ އަދި ސްޓޭޓް ކައުންސިލަރ ވެންގ ޔީ
ސަރުކާރުގެ އިސް ޑިޕްލޮމެޓެއްގެ މަޤާމު އަދާ ކުރައްވާ އަދި ސްޓޭޓް ކައުންސިލަރ ވެންގ ޔީ
އޭއެފްޕީ
އުއިގަރ މުސްލިމުންނާ ދެކޮޅަށް ހިންގާ ޖަރީމާ
ޗައިނާގެ ދާޚިލީ ކަންކަމާ ނުބެހުމަށް އެ ޤައުމުގެ ސަރުކާރުން ގޮވާލައިފި
ޗައިނާގެ ދާޚިލީ ކަންކަމާ ބެހިގެން ނުވާނެކަމަށް ވިދާޅުވި
ބޭރު ޤައުމުތަކުން ބަސް ބުނުމުގެ ޙައްޤެއް ނޯންނާނެކަމަށް ވިދާޅުވި
ޗައިނާއާ މި ކަންބޮޑުވުން ހިއްސާ ކުރުމަށްވެސް ޖަރުމަނުން ވަނީ ނިންމާފަ

ޗައިނާގެ ދާޚިލީ ކަންކަމާ ނުބެހުމަށް އެ ޤައުމުގެ ސަރުކާރުން ގޮވާލައިފިއެވެ.

ޗައިނާގެ އުއިގަރ މުސްލިމުންނާ ދެކޮޅަށް ހިންގަމުންދާ ލާއިންސާނީ ޖަރީމާތަކާއި، ޗައިނާގެ ޒިންޖިއާން ޕްރޮވިންސާއި ހޮންގްކޮންގ ގައި ހިންގަމުންދާ ހަމަނުޖެހުންތަކާ ގުޅިގެން ބޭރުގެ ޤައުމުތަކުން ފާޑުކިޔަމުންދާ ދަނޑިވަޅެއްގައި ޗައިނާގެ ސަރުކާރުގެ އިސް ޑިޕްލޮމެޓެއްގެ މަޤާމު އަދާ ކުރައްވާ އަދި ސްޓޭޓް ކައުންސިލަރ ވެންގ ޔީ ވިދާޅުވީ، ޗައިނާގެ ދާޚިލީ ކަންކަމާ ބެހިގެން ނުވާނެ ކަމަށެވެ.

ވެންގ ވިދާޅުވީ، ޒިންޖިއާން ޕްރޮވިންސާއި ހޮންގްކޮންގ ގައި ހިނގާ ކަންކަމަކީ ޗައިނާގެ އެތެރޭގެ ކަންކަން ކަމަށާއި، އެ ކަންކަމާ ބޭރު ޤައުމުތަކުން ބަސް ބުނުމުގެ ޙައްޤެއް ނޯންނާނެ ކަމަށެވެ. ވެންގ އެހެން ވިދާޅުވި ނަމަވެސް، ފްރާންސްގް ފޮރިން މިނިސްޓަރު ވެސް ދާދި ފަހުން ވަނީ ޗައިނާގައި ހިނގަމުންދާ ލާއިންސާނީ ޖަރީމާތަކުގެ ކަންބޮޑުވުމާއި، އިންސާނީ ޙައްޤުތައް ގެއްލިފައިވާ މިންވަރާ ގުޅޭގޮތުން ވެންގ އާ ކަންބޮޑުވުން ހިއްސާ ކުރައްވާފައެވެ.

ފްރާންސްގެ އިތުރުން، ޖަރުމަނުގެ ޤާނޫނު ހަދާ މަޖިލީހުން ވެސް ވަނީ ޗައިނާއިން ހިންގަމުންދާ އެފަދަ ޖަރީމާތައް ހުއްޓުވުމަށް އެ ޤައުމަށް ބާރު އެޅުމަށް ކަމާބެހޭ ފަރާތްތަކަށް ގޮވާލާފައެވެ. އެގޮތުން ޗައިނާއިން ގެންގުޅޭ ޚާރިޖީ ސިޔާސަތާއި، ޗައިނާގެ އުއިގަރ މުސްލިމުންނާ ދޭތެރޭ އެ ޤައުމުން އަމަލު ކުރާ ގޮތް ކުށްވެރިކޮށް ޖަރުމަނުން ވެސް ވަނީ އެކަމުގެ ކަންބޮޑުވުން ފާޅު ކޮށްފައެވެ.

އަދި އަންނަ ހަފްތާގައި ބާރލިންގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ބައްދަލުވުމެއްގައި ޗައިނާއާ މި ކަންބޮޑުވުން ހިއްސާ ކުރުމަށް ޖަރުމަނުން ވަނީ ނިންމާފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: ސިމާހާ ނަސީމް
- ކޮމެންޓް