ކ. މާލެ
|
30 އޯގަސްޓް 2020 | އާދީއްތަ 16:46
ވުލްވްސްއަށް ކުޅެމުން އައި އަޔަލެންޑްގެ ޑިފެންޑަރު މެޓް ޑޮހަޓީ
ވުލްވްސްއަށް ކުޅެމުން އައި އަޔަލެންޑްގެ ޑިފެންޑަރު މެޓް ޑޮހަޓީ
ގެޓީ އިމޭޖަސް
ޑޮހަޓީ ޓޮޓެންހަމަށް ބަދަލުވުން
ވުލްވްސްގެ ޑިފެންޑަރު ޑޮހަޓީ ޓޮޓެންހަމަށް
ރިޕޯޓުތައް ބުނާ ގޮތުން ޑޮހަޓީ ޓޮޓެންހަމަށް ބަދަލުވީ 15 މިލިޔަން ޕައުންޑްގެ އަގަކަށް
ޑޮހަޓީ ވަނީ ޓޮޓެންހަމާއެކު ހަތަރު އަހަރުގެ އެއްބަސްވުމެއް ހަދާފައި

ވުލްވްސްއަށް ކުޅެމުން އައި އަޔަލެންޑްގެ ޑިފެންޑަރު މެޓް ޑޮހަޓީ ޓޮޓެންހަމް ހޮޓްސްޕާއަށް ބަދަލުވެއްޖެއެވެ.

ޓޮޓެންހަމުން ޑޮހަޓީގެ ސޮއި ހޯދުމަށް ކުރި ޚަރަދު ހާމަކޮށްފައި ނުވި ނަމަވެސް، ރިޕޯޓުތައް ބުނާ ގޮތުން އޭނާ ޓޮޓެންހަމަށް ބަދަލުވީ 15 މިލިޔަން ޕައުންޑްގެ އަގަކަށެވެ. އަދި ވަނީ ޓޮޓެންހަމާއެކު ހަތަރު އަހަރުގެ އެއްބަސްވުމެއް ހަދާފައެވެ.

ޓޮޓެންހަމަށް ބަދަލުވުމަށްފަހު އުމުރުން 28 އަހަރުގެ ޑޮހަޓީ ބުނީ ވުލްވްސްގައި ހޭދަކުރީ ކާމިޔާބު ސީޒަންތަކެއް ކަމަށާއި، އެކަމަކު ޓޮޓެންހަމް ކަހަލަ ބޮޑު ކުލަބަކަށް ބަދަލުވެވުމުން އެކަމާ އުފާކުރާ ކަމަށެވެ.

ވުލްވްސްއިން 2011 ވަނަ އަހަރު ކެރިއަރު ފެށި ޑޮހަޓީ ވަނީ އެ ކުލަބުގައި ހޭދަކުރި 10 ސީޒަނުގައި 302 މެޗު ކުޅެދީ 28 ލަނޑު ކާމިޔާބުކޮށްފައެވެ. އަދި ވުލްވްސްއާއެކު އޭނާ ވަނީ އިނގިރޭސި ތިންވަނަ ޑިވިޝަނާއި ދެވަނަ ޑިވިޝަނުގެ ޗެމްޕިއަންކަންވެސް ހޯދާފައެވެ.

ޑޮހަޓީ އަކީ މި ޓްރާންސްފާ ބާޒާރުގައި ޓޮޓެންހަމުން ހޯދި ތިންވަނަ ކުޅުންތެރިޔާއެވެ. މީގެ ކުރިން އެ ކުލަބުން ވަނީ ހިލޭ ޓްރާންސްފާއެއްގެ ދަށުން އިނގިރޭސި ގޯލްކީޕަރު ޖޯ ހާޓް އާއި މިޑްފީލްޑަރު ޕިއޭ-އެމިލް ހޯބިއާގްގެ ސޮއި ހޯދާފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސައިން ފަރިޔާޒް
- ކޮމެންޓް