ވައިޓް ހައުސްއަށް ޒިޔާރަތް ކުރާ ފަރާތްތައްކުގެ ނަންތައް މީގެ ކުރީގެ ރައީސުން އިސްވެ ހާމަކުރައްވަމުން ގެންދެވި ގެންދެވުން ނިމުމަކަށް ގެންނަވައި އެކަން ހުއްޓާލުމަށް ރައީސް ޑޮނަލްޑް ޓްރަމްޕް ނިންމަވައިފިއެވެ.
ވައިޓްހައުސްއިން ބުނީ އެ ނިންމުން ނިންމި ސަބަބަކީ "ގައުމީ ސަލާމަތަށް އޮތް ނުރައްކާ ބޮޑުވުމާއި ޕްރައިވެސީ އަށް އޮތް ބިރެއްގެ ސަބަބުން" ކަމަށެވެ.
ރައީސް ބަރަކް އޮބާމާ ވަނީ ވައިޓްހައުސްގެ 6 މިލިއަނަށްވުރުގެ ގިނަ ރިކޯޑް އަމިއްލަ ފުޅަށް ހާމަކުރައްވާފައެވެ.
ފާޑު ކިޔާ ފަރާތްތަކުން ބުނަނީ ލޮގްގެ ސަބަބުން، ވަކިވަކިފަރުދުން ނުވަތަ ސިޔާސަތައް ނުފޫޒު ފޯރުވަން އުޅޭ ގްރޫޕްތައް މޮނިޓަރކުރެވޭކަމަށެވެ.
ވައިޓްހައުސްގެ ކޮމިއުނިކޭޝަން ޑިރެކްޓަރ މައިކަލް ޑްބޫކްވިދާޅުވީ ސަރުކާރުން ބަލަނީ 2013 ވަނަ އަހަރު ފެޑެރަލް ކޯޓުން ނިންމާފައިވާ ނިންމުމަކަށް ކަމަށެވެ.
އެ ނިންމުމުގައި ވާގޮތުން ރައީސް އޮފީހުގެ ލޮގަކީ ރައީސް އޮފީހުގެ ރެކޯޑެއްގެ ގޮތުގައި ނިންމާފައިވާއިރު އެއީ މައުލޫމާތު ހޯދާ ލިބިގަތުމުގެ ގާނޫނަށް ނިސްބަތްވާ އެއްޗެއް ނޫންކަމަށެވެ.
ރައީސް އޮބާމާގެ ސަރުކާރުން ވައިޓް ހައުސްއަށް ޒިޔާރަތްކުރާ މީހުންގެ ލޮގް އާއްމު ކުރަން ފެށީ ގާނޫނީ ގޮންޖެހުންތަކެއް ކުރިމަތި ކުރުވުމުން 2009 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުއެވެ.
ނަމަވެސް އެ ސިޔާސަތުގެ ތެރެއިންވެސް އިސްތިސްނާ ހާލަތްތަކެއް ހުއްޓެވެ. އޭގެ ތެރޭގައި އާއިލާގެ ބޭފުޅުން ކުރައްވާ ޒިޔާރަތާއި ސުޕްރީމް ކޯޓަށް ހޮއްވަވާ ފަރާތްތައް ކުރައްވާ ޒިޔާރަތްފަދަ "ނާޒުކު މައްސަލަ" ތަކުގައި ކުރާ ޒިޔާރަތްތައް ހިމެނެއެވެ.
އޭރުވެސް ވަގުތުން ވަގުތަށް އާއްމުކުރަމުން ގެންގޮސްފައެއް ނުވެއެވެ.އޮންލައިންކޮށް ލޮގް އާއްމުކުރަން ބައެއްފަހަރު މަހެއްހާ ދުވަސްވެސް ނަގައެވެ.
ރައީސް ޓްރަމްޕްވަނީ އޮބާމާގެ ސަރުކާރުން ވައިޓް ހައުސްއަށް ޒިޔާރަތް ކުރާ ފަރާތްތަކުގެ ނަންތައް ހާމަ ނުކުރައްވަތީ 2012 ވަނަ އަހަރު ފާޑުވިދާޅުވެފައެވެ.