ކ. މާލެ
|
28 އޯގަސްޓް 2020 | ހުކުރު 19:46
ސައުތު ކޮރެއާގެ ނަން މަޝްހޫރު ގާރލް ގްރޫޕް
ސައުތު ކޮރެއާގެ ނަން މަޝްހޫރު ގާރލް ގްރޫޕް
-
އައިސްކްރީމް ލަވަ އާންމުކުރުން
ބްލެކް ޕިންކްގެ އައު ލަވަ ރިލީޒް ކޮށްފި
މި ލަވާގައި ކޮލޭބް ކޮއްފައި ވަނީ އެމެރިކާގެ ލަވަކިޔުންތެރިޔާ ސެލީނާ ގޯމޭޒް
އައިސްކްރީމް ލަވައަށް 700 މިލިއަންއައް ވުރެ ގިނަ ވިއުސް ލިބިފައިވޭ
600 ޔުނިޓް ވޯރލްވައިޑްކޮށް އެއްގަޑިއިރު ތެރޭގައި ވިކިފައިވޭ

ސައުތު ކޮރެއާގެ ނަން މަޝްހޫރު ގާރލް ގްރޫޕް ކަމަށްވާ "ބްލެކް ޕިންކް"ގެ އައު ލަވަ ރިލީޒް ކޮށްފި އެވެ.

މި ލަވާގައި ކޮލޭބް ކޮއްފައި ވަނީ އެމެރިކާގެ ލަވަކިޔުންތެރިޔާ ސެލީނާ ގޯމޭޒް އެވެ.

ޔޫޓިއޫބްގައި މިހާރު ޓްރެންޑިންގައިވާ "އައިސްކްރީމް"ލަވައަށް 700 މިލިއަންއައް ވުރެ ގިނަ ވިއުސް ލިބިފައިވާއިރު، އައިޓިއޫންސްގައި ގަދަ ދިހައެއްގައި ހިމެނިފައެވެ. އަދި 600 ޔުނިޓް ވޯރލްވައިޑްކޮށް އެއްގަޑިއިރު ތެރޭގައި ވިކިފައިވެއެވެ. އަދި ޗައިނާގެ މިއުޒިކް ސްޓްރީމިންގ ޕްލެޓްފޯމް ކަމަށްވާ "ކިއޫ ކިއޫ" ގައި ޕްލެޓިނަމް ޓްރޮފީ ލިބިފައިވާކަން ވެސް ފާހަގަ ކޮށްލެވެއެވެ.

ޓުވިޓަރގައި މިހާރު ޓްރެންޑިންގައި ހިނގާ މިލަވަޔައް ފޭނުންގެ ބޮޑު ތަރުހީބެއް ލިބެމުންދާއިރު، ބްލެކް ޕިންކް އަކީ ހަތަރު މެންބަރުންގެ ގުރޫޕެކެވެ. ގިނަ އެވޯރޑް ތަކެއް ހާސިލް ކޮއްފައިވާ މިގްރޫޕް މި އަހަރު ރިލީޒް ކުރި ލަވަ "ހައު ޔޫ ލައިކް ދެޓް" ވަނީ ސައުވީސް ގަޑިއިރު ތެރޭ 82.4 މިލިއަން ވިއުސް ޔޫޓިއުބުގައި ހޯދާފަ އެވެ.

މި ރެކޯޑް ކުރިން ހިފަހައްޓާފައި ވަނީ ސައުތު ކޮރެއާގެ ބޯއީ ބޭންޑް ކަމަށްވާ "ބީޓީއެސް" ގެ ލަވަ "ބޯއީ ވިތް ލަވް" އެވެ. މި ލަވަޔައް ވަނީ 74.6 ވިއުސް ލިބިފައެވެ. ނަމަވެސް މި ފަހުން ނެރުނު ލަވަ "އައިސްކްރީމް" ވަނީ މި ރެކޯރޑު އަނެއްކާވެސް މުގުރާލާފަ އެވެ. އެއްގަޑި އިރާއި ތިރީސް ހަތް މިނެޓުގެ ތަފާތަކުންނެވެ.

ބްލެކް ޕިންކް ބުނެފައި ވަނީ އެމީހުންނަކީ ސެލީނާ ގޯމޭޒްގެ ފޭނުން ކަމަށެވެ. އެއަށް ރައްދުދީ ސެލީނާ ބުނީ ބްލެކް ޕިންކް އާއި އެކީ ކޮލާބްރޭޝަން އެއް ހެދުން މިއީ އޭނާގެ ހުވަފެނެއް ކަމަށެވެ. އަދި ލަވަޔާ ދޭތެރޭ ވަރަށް ހިތްހަމަ ޖެހޭ ކަމަށް ވެސް އޭނާ ވަނީ ބުނެފައެވެ. ސެލީނާ ގޯމޭޒް، އެންމެފަހުން ނެރުނު ''ސިންގަލް ޕާސްޓް ލައިފް" އަށް ވަނީ 19 މިލިއަން ވިއުސް ލިބިފައެވެ.

- ކޮމެންޓް