ކ. މާލެ
|
28 އޯގަސްޓް 2020 | ހުކުރު 15:25
އުރީދޫ އަތޮޅުދުވުން ހަފްތާ ބަންދު ޕޯސްޓަރު
އުރީދޫ އަތޮޅުދުވުން ހަފްތާ ބަންދު ޕޯސްޓަރު
އުރީދޫ
އުރީދޫ އަތޮޅު ދުވުން
އުރީދޫ އަތޮޅު ދުވުން ހަފުތާ ބަންދު ފަށައިފި
އަތޮޅު ދުވުން ހަފްތާ ބަންދުގައި 5000 އަށް ވުރެ ގިނަ މީހުންބައިވެރިވި
މިއީ ރާއްޖޭގެ އެކި ކަންކޮޅުތަކުން ބައިވެރިވެވޭގޮތަށް ރޭވިފައިވާ ފުރަތަމަ ވާރޗުއަލް ރަން

އުރީދޫ އަތޮޅު ދުވުމުގެ ހަފްތާ ބަންދު ހުކުރު ދުވަހު ފަށައިފިއެވެ.

އުރީދޫ އިން ބުނީ އެ ކުންފުނީގެ އަތޮޅު ދުވުން ހަފްތާ ބަންދުގައި 5000 އަށް ވުރެ ގިނަ މީހުންބައިވެރިވެފައިވާ ކަމަށެވެ.

އުރީދޫ އަތޮޅު ދުވުމަކީ ރާއްޖޭގެ އެކި ކަންކޮޅުތަކުން ބައިވެރިވެވޭގޮތަށް ރޭވިފައިވާ ފުރަތަމަ ވާރޗުއަލް ރަން ކަމަށާއި މި ދުވުމުގެ މައިގަނޑު މަގްސަދަކީ ކުޅިވަރު ނުވަތަ ކަސްރަތު މެދުވެރިކޮށް އެކުވެރިކަމާއި އެއްބައިވަންތަކަމުގެ ރޫހު އާލާކޮށްދިނުން ކަމަށެވެ. އަދި އެންމެން އެއްތަންވެގެން އުޅެވެން ނެތް ދުވަސްވަރެއްގައި، މިފަދަ ދުވުމެއް ބޭއްވުމުގެ އެންމެ ބޮޑު އެއް މަގްސަދަކީ އެކަނިވިޔަސް އަދި އާއިލާއާއި ރައްޓެހިންނާއެކުގައިވެސް، ގައިދުރުކަމާއިއެކު ބައިވެރިވެ މަޖާ ވަގުތުކޮޅެއް ހޯދާދިނުން ކަމަށްވެސް އުރީދޫއިން ބުނެއެވެ.

އުރީދޫގެ އަތޮޅު ދުވުމުގައި ހަ އަހަރުން މަތީގެ ހުރިހާ ފަރާތްތަކަށްވެސް ފަސް ކިލޯމީޓަރުގެ ދުވުމުގައި ބައިވެރިވެވޭނެ ކަމަށް އެކުންފުނިން ބުނެއެވެ. މި ދުވުމުގައި ބައިވެރިވާ ފަރާތްތަކުން އެފަރާތެއްގެ ގޭގައި ހުރެގެން ނުވަތަ ކައިރީގައިވާ ޓްރެކެއްގައި ދުވުން ފުރިހަމަ ކުރެވޭނެ ކަމަށް އުރީދޫއިން ބުނެއެވެ.

އެގޮތުން ފަސް ކިލޯމީޓަރުގެ ދުވުން ފުރިހަމަ ކުރުމަށް އުރީދޫ އަތޮޅު ދުވުމުން ރެކޮމެންޑްކޮށްފައިވާ އެޕްލިކޭޝަން ތަކުގެ ތެރެއިން ސްޓްރާވާ، ގާމިން ކަނެކްޓް، ރަންޓާސްޓިކް، ނައިކީ ރަން ކްލަބް، އަދި ރަންކީޕަރ ބޭނުންކޮށްގެން ދުވުން ޓްރެކް ކުރެވޭނެ ކަމަށް އުރީދޫއިން ބުނެއެވެ. ދުވުން ފުރިހަމަ ކުރުމަށް ފަހު، ދުވުން ފުރިހަމަކުރި ރޫޓް ފެންނަގޮތަށް ސްކްރީން ޝޮޓެއް އަތޮޅު ދުވުން ޕޯޓަލް މެދުވެރިކޮށް ފޮނުވުމުން ވާރޗުއަލް މެޑަލް ލިބޭނެކަމަށް އުރީދޫއިން ބުނެއެވެ.

އޭގެއިތުރުން އުރީދޫ މޯލްޑިވްސްގެ މި ވާރޗުއަލް ދުވުމުގައި ދިވެހިންނާއެކު އުރީދޫ ފުރިހަމަކުރި ކާމިޔާބު 15 އަހަރުގެ ރަމްޒެއްގެ ގޮތުގައި 20 އަތޮޅުން 20 ދުވުންތެރިން 15 ކިލޯމިޓަރ، ރާއްޖޭގެ އުތުރުން ދެކުނަށް ފުރިހަމަކުރާނެކަމަށާއި މި 15 ކިލޯމީޓަރުގެ ދުވުމަކީ ވާރޗުއަލް ރިލޭއެކަމަށް އުރީދޫއިން ފާހަގަކުރެއެވެ.

އުރީދޫ އަތޮޅު ދުވުމުގެ ޕާރޓްނަރުންނާއި ގުޅިގެން ދުވުންތެރިންނަށް ވަރަށް ހާއްސަ އިނާމްތަކެއްވަނީ ކަނޑައަޅާފައެވެ. އެގޮތުން ދުވުމުގެ ތެރެއިން ނަގާފައިވާ ފޮޓޯ، ސޯޝަލް މީޑިއާގައި ޝެއަރ ކުރާ ދުވުންތެރިންގެ ތެރެއިން ނަސީބުވެރި އެއް ފަރާތަކަށް އެންމެ ފަހުގެ އައިފޯން އެސްއީ އެއް ލިބޭނެކަމަށާއި ފޮޓޯ ޝެއަރ ކުރާ އިރު އުރީދޫ މޯލްޑިވްސްގެ އެކައުންޓް ޓެގްކޮށް #OoredooAtholhuDhuvun #MavesDhuvan ހޭޝްޓެގް ބޭނުން ކުރުމަށް އުރީދޫއިން ބުނެއެވެ. އަދި ޕޯސްޓް ފެންނާނެހެން އެކައުންޓް ޕަބްލިކް ކުރުމަށްވެސް އުރީދޫ އިން އިލްތިމާސްކުރެއެވެ.

ދުވުން ނިންމުމަށްފަހު، މެޑަލް ޕޯޓަލް އަށް ދުވިގޮތުގެ ސްކްރީންޝޮޓް އަޕްލޯޑް ކުރާ ދުވުންތެރިންގެ ތެރެއިން ނަސީބުވެރި 100 ފަރާތަކަށް، 100 ރުފިޔާގެ ވާއުޗާއެއް ހެބިޓަސް ފްރެޝްގެ ފަރާތުން ދިނުމަށް ހަމަޖެހިފައިވާކަމަށާއި ވާރޗުއަލް މެޑަލް ސޯޝަލް މީޑިއާގައި ޝެއަރ ކުރާ ދުވުންތެރިންގެ ތެރެއިން ނަސީބުވެރި ފަސް ފަރާތަކަށް ދަ މެރަތަން ޝޮޕްގެ ފަރާތުން 1000 ރުފިޔާ ގެ ވައުޗަރ އަދި ނަސީބުވެރި ތިން ފަރާތަކަށް މެޑްމެކްސްގެ ފަރާތުން ދެ މީހުންނަށް ރޭގަނޑުގެ ކެއުމެއް ލިބޭނެ ކަމަށް އުރީދޫއިން ފާހަގަކުރެއެވެ.

އަތޮޅު ދުވުމުގައި ބައިވެރިވާ ހުރިހާ ދުވުންތެރިންވެސް، އެޗްޕީއޭ އިން ކަނޑައަޅާފައިވާ މިންގަނޑުތަކަށް ކަމޭހިތުމަށް އުރީދޫ އިން ބާރުއަޅާއިރު، އާއްމު ދުވުންތަކާއި ހިލާފަށް، މި ވަރޗުއަލް ދުވުމަކީ 48 ގަޑިއިރުގެ ތެރޭގައި، ކޮންމެ ތަނަކުން، އަދި ކޮންމެ ވަގުތެއްގައިވެސް ފުރިހަމަ ކޮށްލެވޭނެ ދުވުމެއް ކަމަށް އެކުންފުނިން ފާހަގަކުރެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސައިން ފަރިޔާޒް
- ކޮމެންޓް