ކ. މާލެ
|
20 އޯގަސްޓް 2020 | ބުރާސްފަތި 19:56
ރެއާލް މެޑްރިޑްގެ ކެޕްޓަން ސާޖިއޯ ރާމޯސް އާއި ބާސާގެ ކެޕްޓަން ލިއޮނެލް މެސީ އެކުގައި
ރެއާލް މެޑްރިޑްގެ ކެޕްޓަން ސާޖިއޯ ރާމޯސް އާއި ބާސާގެ ކެޕްޓަން ލިއޮނެލް މެސީ އެކުގައި
ގެޓީ އިމޭޖަސް
ބާސާގެ ދިފާއުގައި ރާމޯސް
ބާސާއަށް ފާޑުކިޔަމުންދާ މީހުންނަށް ރާމޯސްގެ ވަރުގަދަ ރައްދެއް!
 
"ބާސާއަށް މިހާރު ފާޑުކިޔަމުން އަންނަ މީހުންނަކީ ފުޓްބޯޅަ ނުދަންނަ ބައެއް"
 
"ބާސާ އެހާ ފަސޭހައިން ބަޔާނަށް ބަލިކުރެވުނީ ބާސާ މިވަގުތު އޮތް ހާލަތުގެ ސަބަބުން"

ވާދަވެރި ބާސެލޯނާއަށް ފާޑުކިޔަމުންދާ މީހުންނަށް ރެއާލް މެޑްރިޑްގެ ކެޕްޓަން ސާޖިއޯ ރާމޯސް ރައްދު ދީފިއެވެ.

ޔުއެފާ ޗެމްޕިއަންސް ލީގުގެ ކުއާޓާފައިނަލުން ބަޔާން މިއުނިކް އަތުން ލަދުވެތިގޮތަކަށް 8-2 ގެ ނަތީޖާއަކުން ބާސާ ބަލިވުމާ ގުޅިގެން ގިނަ ބަޔަކު އަންނަނީ ބާސާއަށް ފާޑުކިޔަމުންނެވެ.

އެ މީހުންނަށް ރައްދި ދެމުން ރާމޯސް ބުނީ މިއީ ފުޓްބޯޅަ ކަމަށާއި، އެންމެ މެޗަކުން ބޮޑު ތަފާތަކުން ޓީމެއް ބަލިވުމުން އެޓީމަކީ ދެރަ ޓީމެއް ކަމަށް ނުބުނެވޭނެ ކަމަށެވެ. އަދި ބާސާއަކީ ފަޚުރުވެރި ތާރީހެއް އޮތް ވަރުގަދަ ކުލަބެއް ކަމަށާއި އެކަން ބާސާގެ ތާރީޚުން ހެކި ދޭނެ ކަމަށެވެ.

ރާމޯސް އިތުރަށް ބުނީ މިއަހަރުގެ ޗެމްޕިއަންސް ލީގުގައި ބަޔާން ފެންނަނީ އެހެން ޓީމުތަކަށްވުރެ ތަފާތުކޮށް ކަމަށާއި، ބާސާ އެހާ ފަސޭހައިން ބަޔާނަށް ބަލިކުރެވުނީ ބާސާ މިވަގުތު އޮތް ހާލަތުގެ ސަބަބުން ކަމަށެވެ. އަދި މިއީ ކޮންމެ ކުލަބަކަށްވެސް އައިސްދާނެ ހާލަތެއް ކަމަށާއި، އެއްވެސް ކްލަބަކަށް އެއް ލެވެލެއްގައި އަބަދަކު ޕާފޯމް ނުކުރެވޭނެ ކެމަށެވެ. އަދި ބާސާއަށް މިހާރު ފާޑުކިޔަމުން އަންނަ މީހުންނަކީ ފުޓްބޯޅަ ނުދަންނަ ބައެއް ކަމަށްވެސް ރާމޯސް ބުންޏެވެ.

ރާމޯސް ބުނީ ފުޓްބޯޅައަކީ އެއް ކުލަބު އަނެއް ކުލަބަކަށް ދޭން ޖެހޭ އިހުތިރާމް ދީގެން ކުޅެމުން އަންނަ ކުޅިވަރެއް ކަމަށާއި، އެކަން ސަޕޯޓަރުންވެސް ދަސްކުރުމަށް ގޮވާލާ ކަމަށެވެ.

މި ފަހަރުގެ ޗެމްޕިއަންސް ލީގުން ބާސާ ލަދުވެތިގޮތަކަށް ކެޓިއިރު، މިއީ މިހާ ތަފާތު ބޮޑު ނަތީޖާއަކުން ޔޫރަޕްގެ މުބާރާތަކުން ބާސާ ބަލިވި ފުރަތަމަ ފަހަރެވެ. އަދި މިއީ ފާއިތުވި 74 އަހަރު ތެރޭ އެއް މެޗެއްގައި ބާސާ ކޮޅަށް 8 ލަނޑު ވަން ފުރަތަމަ ފަހަރުވެސްމެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާ ކުރިން
ރިވިއު ކުރީ: އިސްމާޢީލް ޝާހް
3%
69%
1%
4%
7%
16%
ކޮމެންޓް
21 އޯގަސްޓް 2020 | ހުކުރު 12:03
ނަމެއް ނެތް
ތިހެން ހަބަރު ލިޔުން މީހުންވެސް ޖަހާފަހުރީ ޖޯކު.