ބޮލީވުޑްގެ މަޝްހޫރު އެކްޓަރު ސަލްމާން ޙާން އަށް ހަމަލާދީ އޭނާ މަރަލާން އުޅުނުކަމުގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފިއެވެ.
އެމީހާ ހައްޔަރުކޮށްފައިވަނީ މި މަހުގެ 15 ވަނަ ދުވަހު އުއްތަރްކާންދް ސްޓޭޓުންނެވެ.
ފުލުހުން ކުރިޔަށް ގެންދިޔަ ތަހުގީގުގައި އެނގުނު ގޮތުގައި ހައްޔަރުކުރި މީހާ ދިޔައީ ސަލްމާން ހާން މަރާލަން ރޭވުންތަކެއް ރާވަމުންނެވެ. އެގޮތުން މި އަހަރު ޖެނުއަރީ މަހު އޭނާ ވަނީ މުމްބާއިގައި ހުންނަ ސަލްމާންގެ ގެ ކައިރި އަށް ގޮސް އެ ސަރަހައްދުގެ ކަންތައްތައް ހިނގާ ގޮތް ބަލާފައެވެ. ލޯރެންސް ބިޝްނޮއި ގޭންގަށް ނިސްބަށްވާ ރާހުލް، ސަލްމާން އަށް ފާރާލާފައިވަނީ 2018 ވަނަ އަހަރު ސަލްމާން މަރާލަން ރޭވި ބައެއްގެ އޯޑަރަށް ކަމަށް އިންޑިއާގެ ނޫސްތަކުން ވަނީ ރިޕޯޓްކޮށްފައެވެ.
އެމީހުން، ސަލްމާން އާ ހަސަދަލައިގެން އުޅެނީ 1998 ވަނަ އަހަރު ހިމާޔަތް ކޮށްފައިވާ ''ބްލެކް ބަކްސް'' މަރާލީ މައްސަލައާ ގުޅިގެންނެވެ. އެ ދައުވާއިން ސަލްމާން ވަނީ ސަލާމަތްވެފައެވެ.