ކ. މާލެ
|
17 އޯގަސްޓް 2020 | ހޯމަ 17:32
މަރުކަޒީ ބެންކް (އެމްއެމްއޭ)
މަރުކަޒީ ބެންކް (އެމްއެމްއޭ)
ރާއްޖެއެމްވީ
އެމްއެމްއޭ
އީ-މަނީގެ ހިދުމަތްދޭ ފަރާތްތަކުން މައުލޫމާތު ހިއްސާ ކުރަން އެދެފި
 
25 އޮގަސްޓް 2020 ވާ އަންގާރަ ދުވަހުގެ 14:00 ގެ ކުރިން މަޢުލޫމާތު ހިއްސާ ކުރުމަށް އެދިފައިވޭ

ރާއްޖޭގައި އިލެކްޓްރޯނިކް މަނީގެ ހިދުމަތްދޭ ފަރާތްތަކުން މަރުކަޒީ ބެންކް (އެމްއެމްއޭ) އާ މައުލޫމާތު ހިއްސާ ކުރުމަށް އެދެފިއެވެ.

އެމްއެމްއޭ އިން އާދިއްތަ ދުވަހު ނެރުނު އިއުލާނެއްގައި ބުނީ ދިވެހިރާއްޖެގެ ގައުމީ ޕޭމަންޓް ސިސްޓަމް ރައްކާތެރި އަދި އެކަށިގެންވާ ގޮތެއްގައި ތަރައްޤީކޮށް ކުރިއެރުވުމުގެ މަސައްކަތްތައް އެ އޮތޯރިޓީން ކުރަމުންދާ ކަމަށެވެ. މީގެ ތެރޭގައި، ޑިޖިޓަލް ޕޭމަންޓްގެ ޚިދުމަތްތައް ހިމެނޭ ގޮތަށް، ޓެކްނޮލޮޖީ ބޭނުންކޮށްގެން ދެވޭ އެކި ބާވަތްތަކުގެ ޕޭމަންޓް ޚިދުމަތްތައް ދިނުމަށް ބޭނުންވާ އަދި އެފަދަ ޚިދުމަތްތައް ދޭ ފަރާތްތަކާއި ޚިދުމަތްތައް ހޯދާ ފަރާތްތަކުގެ ޙައްޤުތައް ހިމާޔަތްކު ރުމަށް ބޭނުންވާ ޤާނޫނީ އަދި ރެގިއުލޭޓަރީ އޮނިގަނޑު އެކުލަވާލުމުގެ މަސައްކަތް ވެސް ހިމެނޭ ކަމަށެވެ.

ޕޭމަންޓް ޚިދުމަތްތަކުގެ ތެރެއިން އެއޮތޯރިޓީން މިވަގުތު ރެގިއުލޭޓް ކުރަމުންދަނީ މޮބައިލް ޕޭމްންޓް ޚިދުމަތާއި، ކާޑް އިޝޫ ކުރުމާއި ކާޑް އެކްވަޔަރކުރުމާއި، ޕޭމަންޓް އިންސްޓްރުމަންޓް އިޝޫ ކުރުމާއި ޕޭމަންޓް އަދި ސެޓްލްމަންޓް ސިސްޓަމެއް ހިންގުމުގެ ޚިދުމަތްތައްކަން އެ އެތޯރިޓީން ވަނީ ފަހަގަކޮށްފައެވެ. ނަމަވެސް، މި ނޫންވެސް އެކި އެކި ބާވަތްތަކުގެ ޕޭމަންޓް ޚިދުމަތްތައް އެކި ފަރާތްތަކުން ފޯރުކޮށްދެމުންދާކަން ފާހަގަކުރެވޭ ކަމަށާއި އިސްވެ ބަޔާން ކުރެވުނު ޤާނޫނީ އޮނިގަނޑު އެކުލަވާލުމަށްޓަކައި، ރާއްޖޭގައި ފޯރުކޮށްދޭ ޕޭމަންޓް ޚިދުމަތްތަކުގެ މަޢުލޫމާތު ދެނެގަތުމުގައި މިފަދަ ޙިދުމަތްތައް ފޯރުކޮށްދޭ ހުރިހާ ފަރާތްތަކުގެ އެހީތެރިކަން އެ އޮތޯރިޓީއަށް ބޭނުންވާ ކަމަށެވެ.

ހާއްސަ ގޮތެއްގައި އީ-މަނީ އިޝޫ ކުރާ ފަރާތްތަކާއި އީ-މަނީ އެކައުންޓްތައް މެދުވެރިކޮށް ޕޭމަންޓްތައް އަދާކުރެވޭނެ ޚިދުމަތްތައް ދޭ ފަރާތްތަކާއި ޕޭމަންޓް މުޢާމަލާތްތައް އެކްވަޔަރކުރުމުގެ ޚިދުމަތްތައް ދޭ ފަރާތްތަކާއި، އަދި މިނޫން ވެސް ފައިސާ ޓްރާންސްފަރ ކުރުމާ ގުޅުން ހުރި ނުވަތަ ޕޭމަންޓް އެކައުންޓްތަކާ ގުޅުން ހުރި އެހެނިހެން ޚިދުމަތްތައް ދޭ ފަރާތްތަކުން ފޯރުކޮށްދޭ ޚިދުމަތްތަކާ ބެހޭ މަޢުލުމާތު އެ އޮތޯރިޓީއާ ހިއްސާ ކުރުމަށް ވަނީ އެދިފައެވެ.

އެހެންކަމުން އެ ޙިދުމަތްތަކާއި ބެހޭ މަޢުލޫމާތު ހިއްސާ ކުރުމަށް ބޭނުންވާ ފަރާތްތަކުން 25 އޮގަސްޓް 2020 ވާ އަންގާރަ ދުވަހުގެ 14:00 ގެ ކުރިން މަޢުލޫމާތު ހިމެނޭ ގޮތަށް އެ އޮތޯރިޓީއަށް އީ-މެއިލްގެ ޒަރިއްޔާއިން([email protected]) އެންގުމަށް ވަނީ އެދިފައެވެ.

އެމްއެމްއޭއާ ހިއްސާ ކުރުމަށް އެދިފަައިވާ މައުލޫމާތުތަކަކީ:

  • ޕޭމަންޓް ޚިދުމަތް ފޯރުކޮށްދޭ ވިޔަފާރީގެ ނަން
  • އިތުރު މަޢުލޫމާތު ހޯދުމަށް ގުޅާނެ ފަރާތެއްގެ ނަން، ގުޅޭނެ ނަންބަރު އަދި އީ-މެއިލް އެޑްރެސް

އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފު ކުރަން ބޭނުންވާނަމަ 7540505 އަށް ގުޅުމަށާއި އެ އިޢުލާނާ ގުޅިގެން މި އޮތޯރިޓީއާ ހިއްސާކުރެވޭ އެއްވެސް މަޢުލޫމާތެއް އެހެން ފަރާތަކާ ހިއްސާ ނުކުރާނެކަމަށް އެމްއެމްއޭ އިން ބުންޏެވެ. އަދި، އާންމުންނާއި މިފަދަ ޚިދުމަތްތައް ދޭ ފަރާތްތަކުން އެ އޮތޯރިޓީއަށް ދޭ އެއްބާރުލުމަށާއި އެހީތެރި ކަމަށް ވަނީ ޝުކުރު އަދާކޮށްފައެވެ.

100%
0%
0%
0%
0%
0%
ކޮމެންޓް