ކ. މާލެ
|
15 އޯގަސްޓް 2020 | ހޮނިހިރު 10:32
އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ
އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ
ޑީއެންއޭ އިންޑިއާ
ކޮވިޑް19 ވެކްސިން
ސައިންސްވެރިން ފެހި ސިގްނަލް ދިނުމުން އިންޑިއާއިން ފުޅާދާއިރާއެއްގައި ވެކްސިން އުފައްދަން ފަށާނެ: މޯދީ
އިންޑިއާގެ ސައިންސްވެރިން އަންނަނީ ތިން ވެކްސިނެއް ޓެސްޓު ކުރަމުން
ފުޅާދާއިރާއެއްގައި ވެކްސިން އުފައްދާނެ ބްލޫޕްރިންޓް ތައްޔާރު ކަމަށް މޯދީ ވިދާޅުވި
އެ ގައުމުގެ ހުރިހާ ރައްޔިތުންނަށް މި ވެކްސިން ލިބޭނެކަމުގެ ޔަގީންކަން މޯދީ ދެއްވި

އިންޑިއާއިން ޓެސްޓުކުރަމުން އަންނަ ވެކްސިން އުފައްދަން ސައިންސްވެރިން ފެހިސިގްނަލް ދިނުމުން، ފުުޅާދާއިރާއެއްގައި މި ވެކްސިން އުފައްދަން ފަށާނެ ކަަމަށް އެ ގައުމުގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ވިދާޅުވެއްޖެއެވެ.

އިންޑިއާގެ 74 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި އެ ގައުމުގެ ރައްޔިތުންނާ މުހާތަބުކުރައްވާ ވާހަކަދައްކަވަމުން މޯދީ ވަނީ މި ވެކްސިން އެ ގައުމުގެ ހުރިހާ ރައްޔިތުންނަށް ލިބޭނެ ކަމުގެ ޔަގީންކަން އަރުވާފައެވެ.

މޯދީ އިތުރަށް ވިދާޅުވީ އެ ގައުމުގެ ސައިންސްވެރިން ޓެސްޓުކުރަމުން އަންނަ ތިން ވެކްސިނެެއް ކާމިޔާބު ވާނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށެވެ. އަދި ފުޅާދާއިރާއެއްގައި ވެކްސިން އުފައްދާނެ ބްލޫޕްރިންޓް ތައްޔާރުކުރެވި، ހުރިހާ ކަމެއް ތައްޔާރަށް އޮތް ކަމަށް ވެސް ވިދާޅުވިއެވެ.

އިންޑިއާގެ މިނިވަން ދުވަހުގެ މުނާސަބަތުގައި ވާހަކަ ދައްކަވަމުން ބޮޑުވަޒީރު މޯދީ ވަނީ އެ ގައުމުގެ އިގްތިސާދު ކޮޅަށް ޖަހަން ޓްރިލިއަން ޑޮަލަރަށް ވުރެ ބޮޑު އަދަދެއް އިންވެސްޓް ކުރައްވާނެ ކަމަށެވެ. އަދި އެ ގައުމުން ވައިރަސް ކޮންޓްރޯލް ކުރުމުގަައި ކާމިޔާބީތަކެއް ހޯދާފައިވާ ކަމަށް ގަބޫލުކުރައްވާ ކަމަށް ވެސް ވިދާޅުވިއެވެ.

މޯދީ މިހެން ވިދާޅުވިނަމަވެސް، އިންޑިއާއިން މިހާތަނަށް 2.5 މިލިއަނަށް ވުރެ ގިނަ މީހަކު ކޮވިޑް19 އަށް ޕޮޒިޓިވްވެފައިވާއިރު، ބައި ލައްކައާ ގާތްކުރާ އަދަދަކަށް މީހުން ވަނީ މަރުވެފައެވެ.

- ކޮމެންޓް