ކ. މާލެ
|
13 އޭޕްރިލް 2017 | ބުރާސްފަތި 18:16
ހަރަކާތް-އަލް ޖިހާދު އިސްލާމީ ގްރޫޕްގެ ލީޑަރު މުފްތީ އަބްދުލް ހަންނާން، ފުލުހުން ޝަރީއަތުގެ މަޖިލީހަށް ފަހު ކޯޓުން ނެރެގެން ގެެންދަނީ
ހަރަކާތް-އަލް ޖިހާދު އިސްލާމީ ގްރޫޕްގެ ލީޑަރު މުފްތީ އަބްދުލް ހަންނާން، ފުލުހުން ޝަރީއަތުގެ މަޖިލީހަށް ފަހު ކޯޓުން ނެރެގެން ގެެންދަނީ
ގޫގުލް
ބަންގްލަދޭޝް
ބަންގްލަދޭޝްގެ މިސްކިތަކަށް ހަމަލާ ދިން ތިން މީހަކު މަރާލައިފި
ތިންމީހުންގެ މަރުގެ ހުކުމް ބަންގްލަދޭޝްގެ ސްޕްރީމް ކޯޓްގައި އިސްތިއުނާފް ކުރުމުން، ކޯޓުން ވަނީ ހުކުމް ދަމަހައްޓާފަ

ބަންގްލަދޭޝްގެ މިސްކިތަކަށް ހަމަލާ ދިނުމުގެ ކުށްސާބިތުވި ހަނގުރާމަވެރި ޖަމާއަތެއްގެ ލީޑަރަކާއި އޭނާގެ ދެ އެހީތެރިންނަށް އިއްވާފައިވާ މަރުގެ ހުކުމް ނުވަ އަހަރަށް ފަހު ތަންފީޒު ކޮށްފިއެވެ.

ތިންމީހުންގެ މަރުގެ ހުކުމް އިސްތިއުނާފު ކުރުމުން ބަންގްލަދޭޝްގެ ސުޕްރީމް ކޯޓުން ނިންމީ ހުކުމް ރަނގަޅުކަމަށާއި އެހެންވެ، ހުކުމް ދެމެހެއްޓުމަށެވެ. ހުކުމް މައާފުކޮށްދިނުމަށް ރައީސް އަބްދުލް ހާމިދު އަށްވެސް ހުށަހެޅި ނަމަވެސް ރައީސް މައާފެއް ނުދެއްވިއެވެ.

މަރުގެ ހުކުމް ތަންފީޒުުކުރި ހަނގުރާމަވެރި ޖަމާއަތުގެ ލީޑަރަކީ ހަރަކާތް-އަލް ޖިހާދު އިސްލާމީ ގްރޫޕްގެ ލީޑަރު މުފްތީ އަބްދުލް ހަންނާން އެވެ. މުފްތީ އާއި އޭނާގެ ބައިވެރިންނަށް ދައުވާކުރެވުނީ ސިލްހެޓުގައި، ސޫފީންގެ މިސްކިތަކަށް ހަމަލާދީ ތިން މީހުން މަރުވެ އަދި އެތައް ބަޔަކު ޒަޚަމްވި ހާދިސާ އާއި ގުޅިގެންނެވެ. އެ ހާދިސާގައި އޭރުގެ އިނގިރޭސި ހައި ކޮމިޝަނަރު ޒަޚަމްވިއެވެ.  މުފްތީ އަބްދުލް ހަންނާން އާއި އިތުރު ދެމީހުންގެ މައްޗަށް މަރުގެ ހުކުމް އިއްވާފައިވަނީ 2008 ވަނަ އަހަރުއެވެ.

މުފްތީ އަބްދުލް ހަންނާން އާއި އިތުރު އެކެއްގެ މައްޗަށް މަރުގެ ހުކުމް ތަންފީޒުކޮށްފައި ވަނީ ބުދަދުވަހު ހަވީރު ވެރިރަށް ޑާކާއިން ބޭރުގެ ކާޝިމްޕޫރުގެ ޖަލެއްގައެވެ. އަނެއްމީހާ އަށް، ހުކުމް ތަންފީޒްކޮށްފައި ވަނީ ބަންގްލަދޭޝްގެ އުތުރުއިރުމަތީ ސިޓީއެއް ކަމަށްވާ ސިލްހެޓްގައި ކަމަށް ރިޕޯޓުތައް ބުނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް