ކ. މާލެ
|
4 އޯގަސްޓް 2020 | އަންގާރަ 19:32
ޑުބާއީ ކްރައުން ޕްރިންސް ޝެއިޚް ހަމްދާން ބިން މުހައްމަދު ބިން ރާޝިދު އަލް މަޚްތޫމްގެ ކާރުކޮޅު
ޚަލީޖް ޓައިމްސް
ޑުބާއި ކުރައުން ޕްރިސް
ޑުބާއި ކުރައުން ޕްރިންސްގެ އަގުބޮޑު ކާރުކޮޅު ދޫންޏެއް ހާލި ހެދެމަށް ދޫކޮށްލައްވައިފި
ދޫނި ހާލި ހަދާފައިވަނީ ކާރުގެ ވިންޑްޝީލްޑް މަތީގައި
ޕްރިންސްވަނީ މީހުނަށް ކައިރި ނުވެވޭގޮތަށް ކާރު ވަށައިގެން ޓޭޕް ދަމާފައި
ޕްރިންސްގެ މި އަމަލު ގިނަ ބަޔަކަށް ވަނީ ކަމުގޮސްފައި

ޑުބާއީ ކްރައުން ޕްރިންސް ޝެއިޚް ހަމްދާން ބިން މުހައްމަދު ބިން ރާޝިދު އަލް މަޚްތޫމްގެ އަގުބޮޑު ކާރުކޮޅު މާސިޑީސް އެސްޔޫވީ ދޫންޏެއް ހާލި ހެދުމަށް ދޫކޮށްލައްވައިފިއެވެ.

ޚަލީޖް ޓައިމްސްގައި ރިޕޯޓްކޮށްފައިވާ ގޮތުން ޕްރިންސްގެ ކަރުކޮޅު ނުދުއްވާ ބޭއްވުމަށް ނިންމަވާފައި ދޫންޏެއް އެކާރުކޮޅުގެ ވިންޑްޝީލްޑްގައި ހާލި ހެދުމާއި ގުޅިގެންނެވެ.

ޓްވިޓާރ ގައި ދައުރުވަމުންދާ ވީޑިއޯގައި ކުޑަކުޑަ ދޫންޏެއް ޕްރިންސްގެ ކާރުކޮޅުގެ ވިންޑްޝީލްޑްގައި ހާލި ހަދައި ބިސްއަޅައިގެން، ހާލީގައި ހަމަޖެހިލައިން އިންނަ މަންޒަރު ފެނިގެންދެއެވެ.

އެހެންކަމުން ޝެއިޚް ހަމްދާންވެސް ވަނީ ދޫންޏަށް އުނދަގޫ ނުކުރެއްވުމަށް ނިންމާވާފައެވެ. އަދި އެހެން އުޅަނދުތަކާއި މީހުންގެ އުނދަގޫ ފޯރުވިޔަ ނުދިނުމަށްޓަކައި ޕްރިންސް ވަނީ ކާރު ކޮޅުގެ ވަށައިގެން ރަތް ޓޭޕް ދަމާފައެވެ.

ޑުބާއީ ކްރައުން ޕްރިންސް ދޫންޏަކަށް ރައްކައުތެރިން ދެއްވާފައިވާއިރު، ޕްރިންސްގެ މި އަމަލު ގިނަ ބަޔަކަށް ވަނީ ކަމުގޮސްފައެވެ.

އަދި އެކަމަށްޓަކައި ޕްރިންސަށް ތައުރީފުކޮށް ގިނަ ބަޔަކު ދަނީ ޝުކުރު އަދާކުރަމުންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: ސިމާހާ ނަސީމް
- ކޮމެންޓް