ކޮވިޑް-19 މި ޕެންޑަމިކްގައި ގިނަ އަދަދެއްގެ ބަޔަކު ދުނިޔެ ދޫކޮށްފައިވާއިރު މި ވައިރަސްގެ ބިރު އިންތިހާއަށް ވަނީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ވަނީ ފެތުރިފައެވެ.
ޤައުމުތަކުން އަޅާފައިވާ ހަރުކަށި ފިޔަވަޅުތަކަށް ލުއިދީ، ރެސްޓޯރެންޓުތަކުގައި ކެވޭ ގޮތަށް ހެދި ނަމަވެސް ކޮވިޑަށް އޮތް ބިރާއެކު ބައެއް މީހުން އަދިވެސް ބޭރުތެރެއަށް ނިކުމެ އުޅެން ޖެހިލުންވެއެެވެ.
އިންޑިއާ އިން ވެސް ވަނީ ކޮވިޑް-19 އާ ގުޅިގެން އަޅާފައިވާ ބައެއް ހަރުކަށި ފިޔަވަޅުތަކަށް ދޫ ދެން ފަށާފައެވެ. މިއާއެކު ޖޫން މަހުގެ 8 ވަނަ ދުވަހު އިންޑިއާގެ ރެސްޓޯރެންޓުތައް ހުޅުވާ، އާންމުންނަށް ވަނީ ހިދުމަތް ދޭން ފަށާފައެވެ.
އިންޑިއާގެ ޖޯދްޕޫރުގައި ހުންނަ ރެސްޓޯރެންޓަކުން މި ވަނީ ބައެއް މީހުން ކޮވިޑަށް އޮތް ބިރު ކުޑަކުރުމަށްޓަކައި ވަރަށް ތަފާތު ކަމެއް ކުރަން ފަށާފައެވެ. އެގޮތުން މި ވައިރަސްއަށް ބިރުގަންނަ ކަސްޓަމަރުންނަށް ހާއްސަކޮށްގެން އެ ރެސްޓޯރެންޓުން މިވަނީ "ކޮވިޑް ރިހަ" އަދި "މާސްކް ނާން" އެފަދަ މީހުންނަށް ހާއްސަކޮށްގެން ފޯރުކޮށްދޭން ފަށާފައެވެ.
އޭއެޕްޕީއަށް ދިން އިންޓަވިއެއްގައި އެ ރެސްޓޯރެންޓުގެ ވެރިޔާ ޔަޝް ސޮލަންކީ ބުނީ ކޮވިޑް ރިހައިގައި އިންޑިއާގެ ތަފާތު ސްޕައިސް އެކުލެވިގެންވާ ކަަމަށެވެ. އަދި މިއީ ސިއްހަތަށް ފައިދާ ހުރި ސްޕައިސްތަކެއް ކަމަށް ޔަޝް ވަނީ ބުނެފައެވެ.
އިންޑިއާގައި ދުވާލެއްގެ މައްޗަށް 800ށްވުރެން ގިނަ މީހުން ކޮވިޑު ޖެހިގެން މަރުވާއިރު މުޅި އިންޑިއާ އިން 50،000ށްވުރެން ގިނަ މީހުންނަށް ވައިރަސް ޖެހިގެން ރިޕޯޓް ކުރެއެވެ.
އިންޑިއާއިން އެއް މިލިއަން މީހުންނަށް ބަލި ޖެހުނު ކަމަށް ރިޕޯޓުކޮށްފައިވަނީ ޖުލައި މަހުގެ 17 ވަނަ ދުވަހުއެވެ. އަދި އެގައުމުން އެންމެ ފުރަތަމަ ކޭސް ފެނިފައިވަނީ ޖެނުއަރީ މަހުގެ 30 ވަނަ ދުވަހުއެވެ. ތުން އިންޑިއާއިން ޕޮޒިޓިވްވި މީހުންގެ ޖުމުލަ އަދަދު މިލިއަނަކަށް އަރާފައިވަނީ އެ ޤައުމުން އެންމެ ފުރަތަމަ ބަލި ފެނުނުތާ 175 ދުވަސް ފަހުން ކަމަށް އެ ޤައުމުގެ މީޑިއާތަކުން ރިޕޯޓް ކޮށްފައިވެއެވެ.