ކ. މާލެ
|
3 އޯގަސްޓް 2020 | ހޯމަ 09:34
ފިނޭންސް މިނިސްޓްރީ- މިނިސްޓްރީން ދަނީ ކޮންމެ ހަފްތާއަކުވެސް ކުރަމުންދާ ޚަރަދުތަކުގެ ތަފްސީލުތައް ހާމަކުރަމުން
ފިނޭންސް މިނިސްޓްރީ- މިނިސްޓްރީން ދަނީ ކޮންމެ ހަފްތާއަކުވެސް ކުރަމުންދާ ޚަރަދުތަކުގެ ތަފްސީލުތައް ހާމަކުރަމުން
ރާއްޖެއެމްވީ
އިންކަމް ސަޕޯޓް އެލެވެންސް
އާމްދަނީއަށް އަސަރު ކުރި ފަރާތްތަކަށް ދިން ފައިސާގެ އަދަދު 35 މިލިއަނަށް!
އޯގަސްޓް މަހުގެ 2 ވަނަ ދުވަހުގެ ނިޔަލަށް 8488 މީހަކަށް އިންކަމް ސަޕޯޓް އެލެވެންސް ދޫކުރި
އިންކަމް ސަޕޯޓް އެލަވަންސްގެ ގޮތުގައި ދޭން ކަނޑައަޅާފައި ވަނީ 5000ރ
ރިކަވަރީ ލޯން ސްކީމުގެ ދަށުން މިހާތަނަށް 487.7 މިލިއަން ރުފިޔާ ޚަރަދު ކޮށްފައިވޭ

ކޮވިޑް-19 އާ ގުޅިގެން އާމްދަނީއަށް އަސަރުކުރި ފަރާތްތަކަށް އިންކަމް ސަޕޯޓް އެލަވަންސްގެ ގޮތުގައި މިހާތަނަށް 35.1 މިލިއަން ރުފިޔާ ދޫކުރެވިފައިވާކަމަށް ސަރުކާރުން ބުނެފިއެވެ.

ފިނޭންސް މިނިސްޓްރީގެ އެންމެ ފަހުގެ ތަފާސްހިސާބުތައް ދައްކާގޮތުން މިހިނގާ އޯގަސްޓް މަހުގެ 2 ވަނަ ދުވަހުގެ ނިޔަލަށް 8488 މީހަކަށް އިންކަމް ސަޕޯޓް އެލެވެންސް ދޫކޮށްފައިވެއެވެ. އަދި މިހާތަނަށް ދޫކޮށްފައިވާ ފައިސާގެ ޖުމުލަ އަދަދު 35.1 މިލިއަނަށް އަރާ ކަމަށް ފިނޭންސް މިނިސްޓްރީން މައުލޫމާތުދެއެވެ.

އިންކަމް ސަޕޯޓް އެލަވަންސްގެ ގޮތުގައި ދޭން ކަނޑައަޅާފައި ވަނީ 5000ރ. އެވެ. މި ފައިސާ ލިބޭ ފަރާތްތަކުގެ ތެރޭގައި ހިމެނެނީ 1 މާރޗް 2020 ވަނަ ދުވަހާ ހަމައަށް ވަޒީފާގައި ދެމިތިބި ފަރާތްތަކާއި، 1 މާރޗް 2020 ވަނަ ދުވަހާ ހަމައަށް އަމިއްލަ މަސައްކަތުން އާމްދަނީ ހޯދަމުން އައިސްފައިވާ ފަރާތްތަކާއި، އަދި އެހެނިހެން ގޮތްގޮތުން އާމްދަނީ ލިބެމުން އައި ފަރާތްތަކެވެ.

އޭގެ އިތުރުން، ރިކަވަރީ ލޯން ސްކީމުގެ ދަށުން މިހާތަނަށް 487.7 މިލިއަން ރުފިޔާ ޚަރަދު ކޮށްފައިވާކަމަށް މިނިސްޓްރީން އެންމެ ފަހުން އާންމުކުރި ތަފާސްހިސާބުތަކުން ދައްކައެވެ.

ކޮވިޑް-19އާ ގުޅިގެން އިގްތިސާދު ހުއްޓުމަކަށް އައިސްފައި ވާއިރު، ގިނަ ބަޔެއްގެ ވަޒީފާތައް ވަނީ ގެއްލިފައެވެ. އެގޮތުން ސަރުކާރުން ގާއިމުކޮށްފައިވާ ޖޮބް ސެންޓަރަށްވެސް ގިނަ ބަޔަކު މައްސަލަ ހުށައަޅާފައިވާއިރު، ކޮވިޑް-19އާ ގުޅިގެން ވަޒީފާގެ ހާލަތަށް ބަދަލު އައިސްފައިވާ މީހުންގެ އަދަދު މިހާރު ހުށައެޅޭ އަދަދުތަކަށްވުރެ ގިނަވާނެ ކަމަށް އަންދާޒާ ކުރެވެއެވެ.

- ކޮމެންޓް