ކ. މާލެ
|
31 ޖުލައި 2020 | ހުކުރު 08:44
ޚުތުބާގައި ވަނީ ކަމާބެހޭ ފަރާތްތަކުގެ އިރުޝާދުތަކަށް ބޯލެނބުމަށް ހަނދާންކޮށްދީފައި
ޚުތުބާގައި ވަނީ ކަމާބެހޭ ފަރާތްތަކުގެ އިރުޝާދުތަކަށް ބޯލެނބުމަށް ހަނދާންކޮށްދީފައި
ރާއްޖެއެމްވީ
އަޟްހާ ޢީދުގެ ޚުތުބާ
އީދު ޚުތުބާ: ކަމާބެހޭ ފަރާތްތަކުގެ އިރުޝާދުތަކަށް ބޯލަނބާ!
 
އާންމު ދިރިއުޅުމުގައިވެސް ކުރިއާ އަޅާބަލާއިރު ބޮޑެތި ލުއިތަކެއް ލިބިފައިވޭ
 
ދުވަސްކޮޅެއް ކުރިން މި ޤައުމު ތަޙައްމަލު ކުރަމުން ދިޔައީ ދަތި އުނދަގޫ ދުވަސްތަކެއް
 
ޚުތުބާގެ މައުޟޫއަކީ ޢީދުލް އަޟްޙާގެ ޙަޤީޤަތާއި މަޤްސަދުތައް

ކޮވިޑް-19 ގެ ދަތި އުނދަގޫތަކުން އަރައިގަތުމަށްޓަކައި ކަމާބެހޭ ފަރާތްތަކުގެ އިރުޝާދުތަކަށް ބޯލެނބުމަށް އަޟްޙާ ޢީދު ނަމާދުގެ ޚުތުބާގައި ހަނދާންކޮށްދީފިއެވެ.

"ޢީދުލް އަޟްޙާގެ ޙަޤީޤަތާއި މަޤްސަދުތައް" މި މައުޟޫގެ މައްޗަށް ބިނާކޮށްފައިވާ ޚުތުބާގައި ބުނީ، މީގެ ދުވަސްކޮޅެއް ކުރިން މި ޤައުމު ތަޙައްމަލު ކުރަމުން ދިޔައީ ދަތި އުނދަގޫ ދުވަސްތަކެއް ކަމަށެވެ. އެހެން ނަމަވެސް، މިހާރު ﷲ ގެ ރަޙުމަތްފުޅުން މިސްކިތްތަކުގައި ރައްކާތެރިކަމުގެ ފިޔަވަޅުތަކާއެކު ނަމާދު ކުރެވޭ ކަމަށާއި، އާންމު ދިރިއުޅުމުގައިވެސް ކުރިއާ އަޅާބަލާއިރު ބޮޑެތި ލުއިތަކެއް ލިއްބައިދީފައިވާ ކަމަށް ޚުތުބާގައި ބުނެފައިވެއެވެ.

ޚުތުބާގައި އިތުރަށް ބުނީ، ކުރިއަށް އޮތް ތަނުގައިވެސް ކަމާބެހޭ ފަރާތްތަކުން ދެމުން ގެންދާ އިރުޝާދުތަކަށް ބޯލެނބުމަށް ހަނދާންކޮށްދޭ ކަމަށެވެ.

އޭގެ އިތުރުން، ޙައްޖާއި ޢީދު ޝަރުޢު ކުރެއްވުމުގެ މަޤްސަދަށް އަލިއަޅުވާލައްވާ ޚުތުބާގައި އިތުރަށް ބުނީ، އެންމެ މުހިއްމު އެއް ޚިކުމަތަކީ އުއްމަތުގެ އެއްބައިވަންތަކަން ދެމެހެއްޓުން ކަމަށެވެ. އަދި ސުލްޙަމަސަލަސްކަމާއި، އަދާވަތްތެރި ނުވުމުގެ އިތުރުން، އެކަކު އަނެކެއްގެ މިނިވަންކަމަށް އަރައިނުގަތުމަށް ތަރުބިއްޔަތު ލިބިގެންދާކަމަށްވެސް ޚުތުބާގައި ބުނެފައިވެއެވެ.

ޢީދުގައިވެސް އިސްލާމީ މިންގަނޑުތަކާ އެއްގޮތަށް އުފާ ފާޅު ކުރުމަށް ހަނދާންކޮށްދެއްވައި ޚުތުބާގައި ބުނީ، ޢީދަކީ ތަފާތު ކުރުމެއްނެތި، ހުރިހާ މުސްލިމުންނަށްވެސް އަންނަ އުފާވެރި މުނާސަބަތެއް ކަމަށެވެ. އަދި އިސްލާމީ ޢީދުގައި އޮންނާނީ އިސްލާމީ މިންގަނޑުތަކާ އެއްގޮތަށް އުފާ ފާޅުކޮށް މުނިފޫހި ފިލުވުން ކަމަށްވެސް ޚުތުބާގައި ބުނެފައިވެއެވެ.

އިސްލާމީ ޢީދުގައި އޮންނާނީ އިސްލާމީ މިންގަނޑުތަކާ އެއްގޮތަށް އުފާ ފާޅުކޮށް މުނިފޫހި ފިލުވުމެވެ. ހިތްތަކުގެ ސާފު ކަމުންނާއި، މޫނުތަކުގެ އުފާވެރި ކަމުންނެވެ. އެކަނިވެރިޔާގެ އެކަނިވެރިކަން ފިލުވައިދީގެންނެވެ. ފަޤީރު މީހާގެ މުހުތާދުތައް ފުއްދައިދީގެންނެވެ. ނިކަމެތި މީހާ ބާރުވެރި ކޮށްދީގެންނެވެ. ބީރައްޓެހި މީހާ ރައްޓެރި ކުރުވައިގެންނެވެ. އިސްލާމް ދީނުގައި ޢީދަކީ ޝަހުވަތްތަކުގެ ފަހަތުން ދުއްވައިގަތުމެއް ނޫނެވެ. އެއީ ކާބޯތަކެތިން ބަނޑު ފުރައިލުމެއްވެސް ނޫނެވެ، އެއީ ﷲ ގެ ޙައްދުތައް ފަހަނަ އަޅައި ދިއުމެއްވެސް ނޫނެވެ
އަޟްހާ ޢީދު ދުވަހުގެ ޚުތުބާ

އޭގެ އިތުރުން، ޤައުމުގެ މިނިވަންކަމުގެ ރަމްޒުކަމުގައިވާ އިސްލާމް ދީން ހިމާޔަތް ކުރުމަށް ދިވެހި ދައުލަތުގެ ވެރިންނާއި ރައްޔިތުންނަށް ޚުތުބާގައި ވަނީ ގޮވާލާފައެވެ. އަދި މިފަދަ ދުވަހެއްގައި މާތް ﷲ އަށްޓަކައި ކުރެވޭ ޤުރުބާނެއްގެ މަތިވެރިކަންވެސް ޚުތުބާގައި ހަނދާން ކޮށްދެއްވާފައިވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: ސިމާހާ ނަސީމް
0%
50%
0%
50%
0%
0%
ކޮމެންޓް
ގުޅުންހުރި
މަތިންދާ ބޯޓާއި ހެލިކޮޕްޓަރުގެ ބަދަލުގައި ޑްރޯން، މަގްސަދު ހާސިލްކުރުމުގައި ފައިދާ ބޮޑީ ކޯއްޗެއް؟
ސިނަމާލެ ބްރިޖުމަތީ ހެލްމެޓް ނާޅާ ސައިކަލު ދުއްވި ދެ ޒުވާނުން ޖޫރިމަނާކޮށްފި
ޗައިނާގެ 1.37 ބިލިއަން ޑޮލަރުގެ ދަރަނި ރީސްޓްރަކްޗަރ ނުކުރާނެކަމަށް އެ ގައުމުން ބުނެފި
އައްޑޫ އާއި ކުޅުދުއްފުށީގެ ކަރަންޓުގެ މައްސަލަ އަށް ކުރިއަށް އޮތް މަހެއްހާ ދުވަސްތެރޭގައި ހައްލެއް ހޯދައިދޭނަން - ފެނަކަ
މުވާސަލަތުގެ ރަސްމަގަށް ރާއްޖެ ހުޅުވާލަދީ، ދިވެހީންގެ އުފެއްދުންތަކަށް މާކެޓް ހޯދޭނެ މަގު ފަހިކޮށްދޭނަން - ރައީސް
އިންތިހާ ތައްޔާރީ ކާބޯތަކެތިން ހަށިގަނޑަށް ވަނީ ގެއްލުންތަ؟ ނޫނީ ފައިދާތަ؟
ގޯތިތައް ހަވާލުކުރުން ލާޒިމްވާ ބިލު ތަސްދީގުނުކުރެއްވުމުން އެނގެނީ އަވަސް މުސްތަގުބަލެއްގައި ގޯތިތައް ހަވާލުކުރުމުގެ ވިސްނުމެއް މި ސަރުކާރުގެ ނެތްކަން - މީކާއީލް
ޒަކާތް ދިނުމަކީ މުދާ ތާހިރުވެ، ބަލިތަކަށް ޝިފާލިބޭ ކަމެއް - ޚުތުބާ