ކ. މާލެ
|
31 ޖުލައި 2020 | ހުކުރު 00:36
ހއ. ކެލާ؛ އެރަށުން އިތުރު 9 މީހަކު ވަނީ ޕޮޒިޓިވްވެފައި
ހއ. ކެލާ؛ އެރަށުން އިތުރު 9 މީހަކު ވަނީ ޕޮޒިޓިވްވެފައި
ރާއްޖެ އެމްވީ
ކެލާއިން އިތުރު 9 މީހަކު ޕޮޒިޓިވުން
ކެލާއިން އިތުރު 9 މީހަކު ޕޮޒިޓިވްވެއްޖެ
 
ޕޮޒިޓިވްވި 9 މީހުންގެ ތެރޭގައި ހިމެނެނީ ހަތަރު ދިވެހިންނާއި ހަތަރު ބިދޭސީން

ހއ. ކެލާއިން އިތުރު 9 މީހަކު ކޮވިޑް-19ށް ޕޮޒިޓިވްވެއްޖެއެވެ.

ބުރާސްފަތި ދުވަހުގެރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ހެލްތް އެމަރޖެންސީ އޮޕަރޭޝަން ސެންޓަރ (އެޗްއީއޯސީ) ގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އެ ސެންޓަރުގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގު ވިދާޅުވީ ބުރާސްފަތި ދުވަހު ރާއްޖެއިން 152 މީހަކު ކޮވިޑް-19ށް ޕޮޒިޓިވްވެފައިވާ އިރު، މީގެ ތެރެއިން 10 މީހަކު ޕޮޒިޓިވްފައިވަނީ 2 ރަށަކުން ކަމަށެވެ. އެގޮތުން ކެލާ "ސަވާރީ" ބޯޓުގެ ފަޅުވެރިއެއް މި މަހުގެ 18 ވަނަ ޕޮޒިޓިވްވެ، އޭނާއި ކޮންޓެކްޓުވި އިތުރު 9 މީހަކު ޕޮޒިޓިވްވެފައިވާ ކަމަށެވެ.

ޕޮޒިޓިވްވި 9 މީހުންގެ ތެރޭގައި ހިމެނެނީ ހަތަރު ދިވެހިންނާއި ހަތަރު ބިދޭސީން ކަމަށެވެ. މި 8 މީހުންނަކީ ބޯޓުގެ ފަޅުވެރިންނެވެ. މީގެ އިތުރުން އެ ބޯޓުން ދަތުރުކުރި ލަންކާ މީހެއް ވެސް ވަނީ ކޮވިޑަށް ޕޮޒިޓިވްވެފައެވެ.

ކެލާގެ އިތުރުން އެ އަތޮޅު ދިއްދޫ އާއި ހދ. ނޮޅިވަރަންފަރަށް ވެސް އެ ބޯޓު މިދިޔަ އާދިއްތަ ދުވަހު ދަތުރުކޮށްފައިވެ އެވެ. އެހެންވެ އެ ބޯޓު ދަތުރުކުރި ހުރިހާ ރަށެއްގައި ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތްކުރާނެ ކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީން ވަނީ ބުނެފައެވެ.

މީގެ އިތުރުން ބ. ކަމަދޫގައި ކަރަންޓީންގައި ހުރި މީހަކު ކަރަންޓީނުން ދޫކޮށްލުމުގެ ކުރިން ހެދި ޓެސްޓް ވަނީ ޕޮޒިޓިވްވެފައެވެ. މި ވަގުތު މޮނިޓަރިންގެ ހާލަތުގައި ހުރި ރަށްތަކަކީ ހއ. ކެލާ، ރ. އިނގުރައިދޫ، ބ. އޭދަފުށި، ޅ. ކުރެންދޫ، ލ. މާފުށި އަދި ބ. ކަމަދޫ ހިމެނެއެވެ. އަދި ބ. ސީސައިޑް ފިނޮޅު ވެސް މޮނިޓަރިންގެ ހާލަތަށް ގެނެސްފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
0%
0%
0%
0%
0%
0%
ކޮމެންޓް
ގުޅުންހުރި
ސިނަމާލެ ބްރިޖުމަތީ ހެލްމެޓް ނާޅާ ސައިކަލު ދުއްވި ދެ ޒުވާނުން ޖޫރިމަނާކޮށްފި
ޗައިނާގެ 1.37 ބިލިއަން ޑޮލަރުގެ ދަރަނި ރީސްޓްރަކްޗަރ ނުކުރާނެކަމަށް އެ ގައުމުން ބުނެފި
އައްޑޫ އާއި ކުޅުދުއްފުށީގެ ކަރަންޓުގެ މައްސަލަ އަށް ކުރިއަށް އޮތް މަހެއްހާ ދުވަސްތެރޭގައި ހައްލެއް ހޯދައިދޭނަން - ފެނަކަ
މުވާސަލަތުގެ ރަސްމަގަށް ރާއްޖެ ހުޅުވާލަދީ، ދިވެހީންގެ އުފެއްދުންތަކަށް މާކެޓް ހޯދޭނެ މަގު ފަހިކޮށްދޭނަން - ރައީސް
އިންތިހާ ތައްޔާރީ ކާބޯތަކެތިން ހަށިގަނޑަށް ވަނީ ގެއްލުންތަ؟ ނޫނީ ފައިދާތަ؟
ގޯތިތައް ހަވާލުކުރުން ލާޒިމްވާ ބިލު ތަސްދީގުނުކުރެއްވުމުން އެނގެނީ އަވަސް މުސްތަގުބަލެއްގައި ގޯތިތައް ހަވާލުކުރުމުގެ ވިސްނުމެއް މި ސަރުކާރުގެ ނެތްކަން - މީކާއީލް
ޒަކާތް ދިނުމަކީ މުދާ ތާހިރުވެ، ބަލިތަކަށް ޝިފާލިބޭ ކަމެއް - ޚުތުބާ
އެއަރޕޯޓުގެ މުވައްޒަފުންގެ ބައިވެރިވުމާއެކު ރާއްޖެއަށް ޑްރަގް އެތެރެކުރަން އުޅުނު މައްސަލައެއްގައި ދެ މީހަކު ހައްޔަރުކޮށްފި