ކ. މާލެ
|
30 ޖުލައި 2020 | ބުރާސްފަތި 21:58
މާލެސިޓީ
މާލެސިޓީ
ރާއްޖެއެމްވީ
ކޮވިޑް-19 ރާއްޖޭގެ ހާލަތު
ޚިދުމަތް ދޭތަންތަން ފުރި، ސިއްހީ ޚިދުމަތްތެރިން މަދުވުމަކީ ދުރުގައިވާ ކަމެއް ނޫން، ފިޔަވަޅުތައް ވަރުގަދަކުރޭ: މެޑިކަލް އެސޯސިއޭޝަން
 
ބޯ ނުލަނބާ މީހުން ފާހަގަކޮށް އެކަންކަން އިސްލާހު ކުރުމަށް ގޮވާލާފައިވޭ

ކޭސްތައް އިތުރުވާން ފަށައިފިނަމަ، ސިއްހީ ޚިދުމަތް ދޭތަންތަން ފުރި، ސިއްހީ ޚިދުމަތްތެރިން މަދުވުމަކީ ދުރުގައިވާ ކަމެއް ނޫން ކަމަށް މޯލްޑިވްސް މެޑިކަލް އެސޯސިއޭޝަނުން ބުނެފިއެވެ.

އެ އެސޯސިއޭޝަނުން ބުރާސްފަތި ދުވަހު ކުރި ޓުވީޓެއްގައި ބުނެފައިވަނީ ކޮވިޑަށް ޕޮޒިޓިވް ވާ މީހުންގެ އަދަދު ގިނަވެ، ހަސްފަތާލުގައި އެނދުމަތި ކުރެވޭ ބަލި މީހުން ގިނަވުމަކީ ކަނބޮޑުވާން ޖެހޭ ކަމެއް ކަމަށް ދެކޭ ކަމަށާއި ބަލި ކޮންޓްރޯލް ކުރުމަށް އަޅާފައިވާ ފިޔަވަޅުތައް އިތުރަށް ހަރުދަނާ ކުރުމަށް އިލްތިމާސް ކުރާ ކަމަށެވެ.

މެޑިކަލް އެސޯސިއޭޝަނުން ވަނީ އާންމު ތަންތަނުގައި މާސްކު އެޅުމާއި އިޖްތިމާއީ ގައި ދުރުކަން ބެހެއްޓުން ހަރުކަށިކޮށް، މިކަންކަން ގާތުން ބަލާ، މިކަންކަމަށް ބޯ ނުލަނބާ މީހުން ފާހަގަކޮށް އެކަންކަން އިސްލާހު ކުރުމަށް ގޮވާލާފައެވެ. އަދި އެކި މުއައްސަސާތަކުންނާއި އާންމު ފަރުދުން ބާއްވަމުންދާ އެއްވުންތައް މަނާކުރުމަށް ވެސް އެދިފައިވެއެވެ.

ރާއްޖެއިން ކޮވިޑް-19 ޖެހޭ މީހުންގެ އަދަދު އިތުރުވަމުން އަންނައިރު މި ވައިރަސްއަށް ޕޮޒިޓިވްވާ ދިވެހިންގެ އަދަދު އަންނަނީ އިތުރުވަމުންނެވެ. އެގޮތުން ބުރާސްފަތި ދުވަހުގެ ނިޔަލަށް 152 މީހުން ޕޮޒިޓިވްވެފައިވާއިރު މާލެ ސިޓީން ޕޮޒިޓިވްވެފައިވަނީ 142 މީހެއެވެ. އަދި އަތޮޅުތެރޭގެ ރަށްތަކުން 10 މީހަކު ވަނީ ޕޮޒިޓިވްވެފައިއެވެ.

ތަފާސް ހިސާބުތަކަށް ބަލާއިރުވެސް މިދިޔަ ހަފްތާގައި 500 މީހުން އެކަނި ވަނީ މި ވައިރަސްއަށް ރާއްޖެއިން ޕޮޒިޓިވްވެފައެވެ. މިކަމުގައި ޑޮކްޓަރުން ކަންބޮޑުވުން އިންތިހާއަށް ފާޅުކުރަމުންދާއިރު އިޖްތިމާއީ ގައިދުރުކަން ބަހައްޓާ، ޑޮކްޓަރުންނާއި ކަމާއި ގުޅޭ އިދާރާތަކުން ތަކުރާރުކޮށް ދޭ އިރުޝާދުތަކަށް ތަބާވުމަށް އަންނަނީ ގޮވާލައްވަމުންނެވެ.

ފިޔަވަޅުތައް ވަރުގަދަ ކުރުމަށް މެޑިކަލް އެސޯސިއޭޝަނުން ގޮވާލާފައިވާއިރު ކޮވިޑް-19ށް ޕޮޒިޓިވްވާ މީހުންގެ އަދަދު ގިނަވަމުންދާތީ، ސަރުކާރުން ދީފާއިވާ ލުއިތަކަށް ބަދަލު ގެނެސް ހަރުދަނާ ފިޔަވަޅުތަކެއް އަޅަން ސަރުކާރު ހިންގާ ކޯލިޝަންގައި ހިމެނޭ މޯލްޑިވްސް ރިފޯމް މޫވްމެންޓު, އެމްއާރުއެމުން ވެސް ވަނީ ގޮވާލާފައެވެ.

ކޮވިޑް-19 އާ ގުޅިގެން އަޅާފައިވާ ފިޔަވަޅުތަކަށް ބަދަލު ގެނެސް ރާއްޖޭގެ ބޯޑަރު ހުޅުވާލީ ވެސް އިތުރު ލޮކްޑައުންއަކަށް ދާން ބޭނުން ނުވާތީ ކަމަށް ހެލްތް މިނިސްޓަރު އަބްދުﷲ އަމީން ވަނީ ވިދާޅުވެފައެވެ.

އެގޮތުން މިނިސްޓަރު ވިދާޅުވީ މިނިސްޓަރ ވިދާޅުވީ، ބަލީގެ ނުރައްކާ އަދިވެސް ފިލައިގެން ނުދާ ކަމަށާއި، ރާއްޖޭގައި ބަލި އިންތިހާއަށް އިތުރުވެގެންދާނަމަ ސިއްޙީ ފަރުވާދޭ ތަންތަނަށް ނުކަތާ ވަރަށް ކޭސްތައް ފެނުން އެކަށީގެންވާ ކަމަށެވެ. އެހެން ނަމަވެސް، ބަލި ފެތުރުން ކޮންޓްރޯލް ކުރަން އަޅަންޖެހޭ އާދައިގެ ފިޔަވަޅުތައް އަޅައިގެން ވެސް ވައިރަސް ކޮންޓްރޯލް ކުރެވިދާނެ މިނިސްޓަރު ވިދާޅުވިއެވެ.

ކޮވިޑް-19 ރާއްޖެއިން ފެނުމާ ގުޅިގެން މާރޗު މަހުގެ 27 ވަނަ ދުވަހު ބޯޑަރުތައް ބަންދުކޮށްފައި އޮތުމަށް ފަހު އަލުން ހުޅުވާލީ ޖުލައި މަހުގެ 15 ވަނަ ދުވަހުއެވެ.

0%
0%
0%
0%
0%
0%
ކޮމެންޓް
ގުޅުންހުރި