ކ. މާލެ
|
29 ޖުލައި 2020 | ބުދަ 22:50
ކޮވިޑް-19 ރެންޑަމް ސާމްޕަލް ނަގަނީ
ކޮވިޑް-19 ރެންޑަމް ސާމްޕަލް ނަގަނީ
ރާއްޖެއެމްވީ
ކޮވިޑް-19 ރާއްޖޭގެ ޙާލަތު
44 ދިވެހިންނާއެކު ބުދަ ދުވަހު ޕޮޒިޓިވްވީ 61 މީހުން
 
ކޮވިޑް-19 ޖެހިގެން ރަނގަޅުވި މީހުންގެ ޖުމުލަ އަދަދު ވަނީ 2554ށް އަރާފަ
 
ކު ރާއްޖެއިން ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ ޖުމުލަ އަދަދު ވަނީ 3567ށް އަރާފަ
 
ބަންގްލަދޭޝްއަށް ނިސްބަތްވާ 15 މީހަކާއި، އިންޑިއާއަށް ނިސްބަތްވާ 2 މީހަކު ހިމެނޭ

ރާއްޖެއިން އިތުރު 61 މީހުން ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެއެވެ.

ބުދަ ދުވަހު ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)އިން ބުނީ، ރާއްޖެއިން އިތުރު 61 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާ ކަަމަށާއި، އޭގެ ތެރޭގައި 44 ދިވެހިންވެސް ހިމެނޭ ކަމަށެވެ.

އޭގެ އިތުރުން، ބަންގްލަދޭޝްއަށް ނިސްބަތްވާ 15 މީހަކާއި، އިންޑިއާއަށް ނިސްބަތްވާ 2 މީހަކު ހިމެނޭ ކަމަށްވެސް އެޗްޕީއޭއިން މައުލޫމާތުދެއެވެ. އެއާއެކު ރާއްޖެއިން ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ ޖުމުލަ އަދަދު ވަނީ 3567ށް އަރާފައެވެ.

ބުދަ ދުވަހު އިތުރު 7 މީހަކު ބަލިން ރަނގަޅުވެފައިވާއިރު، ރާއްޖެއިން ކޮވިޑް-19 ޖެހިގެން ރަނގަޅުވި މީހުންގެ ޖުމުލަ އަދަދު ވަނީ 2554ށް އަރާފައެވެ. އަދި މިވަގުތުގެ އެކްޓިވް ކޭސްތަކުގެ އަދަދަކީ 983 އެވެ.

އެޗްޕީއޭއިން ވަނީ މިވަގުތު މާލޭ ސަރަޙައްދުގެ އިތުރުން އަތޮޅު ތެރެއިން އެކްޓިވް ކޭސްތައް ފެނިފައިވާ ރަށްތަކުގެ ލިސްޓުވެސް އާންމުކޮށްފައެވެ. އޭގެ ތެރޭގައި ރާއްޖޭގެ ބައެއް ރިސޯޓުތައްވެސް ހިމެނެއެވެ.

އަތޮޅު ތެރެއިން އެކްޓިވް ކޭސްތައް ފެނިފައިވާ ރަށްތައް:

  • ހއ ކެލާ
  • ޝެވަލް ބްލެންކް ރަންދެލި ރިސޯޓް
  • ސޮނޭވާ ޖާނީ ރިސޯޓް
  • ރ ދުވާފަރު
  • ރ ހުޅުދުއްފާރު
  • ރ އިނގުރައިދޫ
  • ބ އޭދަފުށި
  • ބ ހިތާދޫ
  • ސީސައިޑް ފިނޮޅު ރިސޯޓް
  • ޅ ކުރެންދޫ
  • ކ މާފުށި
  • އއ ތޮއްޑޫ
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
100%
0%
0%
0%
0%
0%
ކޮމެންޓް
ގުޅުންހުރި