ކ. މާލެ
|
29 ޖުލައި 2020 | ބުދަ 22:20
ހެލްތް މިނިސްޓަރ އަބްދުﷲ އަމީން- މިނިސްޓަރ ވިދާޅުވީ، ބަލި ފެތުރުން ކޮންޓްރޯލް ކުރަން އަޅަންޖެހޭ އާދައިގެ ފިޔަވަޅުތައް އަޅައިގެންވެސް ވައިރަސް ކޮންޓްރޯލް ކުރެވިދާނެ ކަމަށް
ހެލްތް މިނިސްޓަރ އަބްދުﷲ އަމީން- މިނިސްޓަރ ވިދާޅުވީ، ބަލި ފެތުރުން ކޮންޓްރޯލް ކުރަން އަޅަންޖެހޭ އާދައިގެ ފިޔަވަޅުތައް އަޅައިގެންވެސް ވައިރަސް ކޮންޓްރޯލް ކުރެވިދާނެ ކަމަށް
ހެލްތު މިނިސްޓްރީ
ކޮވިޑް-19 އާ ގުޅިގެން ލޮކްޑައުން ކުރުން
އިތުރު ލޮކްޑައުންއަކަށް ދިއުމުގެ ވިސްނުމެއް ނެތް: ހެލްތް މިނިސްޓަރ
 
ބަލިން ރައްކާތެރިވާން ދަސްކުރަންވާނެ
 
ބަލީގެ ނުރައްކާ އަދިވެސް ފިލައިގެން ނުދޭ
 
ވައިރަސް ކޮންޓްރޯލް ކުރުމަށް އަޅަންޖެހޭ ފިޔަވަޅުތަކަށް ސަމާލުކަން ދިނުން މިވަގުތަށް މުހިއްމު

ކޮވިޑް-19 އާ ގުޅިގެން އަޅާފައިވާ ފިޔަވަޅުތަކަށް ބަދަލުގެނެސް ރާއްޖޭގެ ބޯޑަރު ހުޅުވާލީވެސް އިތުރު ލޮކްޑައުންއަކަށް ދާން ބޭނުން ނުވާތީ ކަމަށް ހެލްތް މިނިސްޓަރ އަބްދުﷲ އަމީން ވިދާޅުވެއްޖެއެވެ.

ބުދަ ދުވަހުގެރޭ ރާއްޖެޓީވީގެ ފަލަސުރުޚީ ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ހެލްތް މިނިސްޓަރ ވިދާޅުވީ، މިވަގުތުގެ ވިސްނުމަކީ ރާއްޖޭގައި ބަލި ކޮންޓްރޯލް ކުރުމަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުން ކަމަށެވެ. އަދި މިވަގުތު މުހިއްމީ ކޮންމެހެން ލޮކްޑައުން ކުރުން ނޫން ކަމަށާއި، އެއަށްވުރެ ބޮޑަށް، ވައިރަސް ކޮންޓްރޯލް ކުރުމަށް އަޅަންޖެހޭ ފިޔަވަޅުތަކަށް ސަމާލުކަން ދިނުން މުހިއްމު ކަމަށެވެ.

މިނިސްޓަރ ވިދާޅުވީ، ސުކޫލުތައް އަލުން ހުޅުވާލައި، ބައެއް ފިޔަވަޅުތަކަށް ލުއި ދީފައިވާއިރު، ވައިރަސްއާއެކު އުޅެގެންވެސް ޤައުމުގެ ކަންކަން ހިންގައި، ބަލިން ރައްކާތެރިވާން ދަސްކުރަން ޖެހޭ ކަމަށެވެ.

މިނިސްޓަރ ވިދާޅުވީ، ބަލީގެ ނުރައްކާ އަދިވެސް ފިލައިގެން ނުދާ ކަމަށާއި، ރާއްޖޭގައި ބަލި އިންތިހާއަށް އިތުރުވެގެންދާނަމަ ސިއްޙީ ފަރުވާދޭ ތަންތަނަށް ނުކަތާވަރަށް ކޭސްތައް ފެނުން އެކަށީގެންވާ ކަމަށެވެ. އެހެން ނަމަވެސް، ބަލި ފެތުރުން ކޮންޓްރޯލް ކުރަން އަޅަންޖެހޭ އާދައިގެ ފިޔަވަޅުތައް އަޅައިގެންވެސް ވައިރަސް ކޮންޓްރޯލް ކުރެވިދާނެކަން ފާހަގަ ކުރައްވައި މިނިސްޓަރ ވިދާޅުވީ، މިވަގުތަށް ލޮކްޑައުން ކުރުމުގެ ވިސްނުމެއް ނެތް ކަމަށާއި، ބޯޑަރު ހުޅުވާލީވެސް އިތުރު ލޮކްޑައުންއަކަށް ދާން ބޭނުންނުވާތީ ކަމަށެވެ.

ކޮވިޑް-19 ރާއްޖެއިން ފެނުމާ ގުޅިގެން މާރޗު މަހުގެ 27 ވަނަ ދުވަހު ބޯޑަރުތައް ބަންދުކޮށްފައި އޮތުމަށް ފަހު އަލުން ހުޅުވާލީ ޖުލައި މަހުގެ 15 ވަނަ ދުވަހުއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: ރާއްޖެ އެމްވީ
60%
40%
0%
0%
0%
0%
ކޮމެންޓް
ގުޅުންހުރި