ރާއްޖޭގެ ފަތުރުވެރިކަން ފުޅާ ކުރުމަށް އައިޑީޔޫގެ މެމްބަރު ޤައުމުތަކުގެ އެހީ ހޯދުމުގެ މަސައްކަތް މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)އިން ފަށައިފިއެވެ.
ބުދަ ދުވަހު އެމްޑީޕީ ވަނީ އިންޓަރނޭޝަނަލް ޑިމޮކްރެޓިކް ޔޫނިއަން (އައިޑީޔޫގެ) ގެ އެގްޒެކެޓިވް ކޮމިޓީ މީޓިންގައި ބައިވެރިވެފައެވެ. މި ބައްދަލުވުމުގައި އެމްޑީޕީގެ ފަރާތުން ވަނީ އައިޑީޔޫގެ މެމްބަރު ޤައުމުތަކުން ދިވެހި ރާއްޖޭގެ ފަތުރުވެރިކަން ފުޅާކުރުމަށް އެހީތެރިވެދިނުމަށް އެދިފައެވެ.
މި ބައްދަލުވުމުގެ މައުލޫމާތު މީޑިއާތަކާ ހިއްސާ ކުރައްވައި ރައީސް ނަޝީދު ވިދާޅުވީ، އައިޑީޔޫގެ މެމްބަރު ޤައުމުތަކުގެ ފަތުރުވެރިން ރާއްޖެއަށް ގެނައުމުގައި ލުއިތައް ދިނުމަށް މަސައްކަތް ކޮށްދެއްވުމަށް އެދިވަޑައިގެންފައިވާ ކަމަށެވެ.
އެގޮތުން ޔޫރަޕްގެ ޤައުމުތަކުގެ ތެރޭގައި ހިމެނޭ އޮސްޓްރިއާ، ޖަރމަނީ، ގްރީސް، ހަންގޭރީ، ނޯވޭ އަދި އިނގިރޭސިވިލާތުގެ އިތުރުން އެމެރިކާވެސް އައިޑީޔޫގެ މެމްބަރު ޤައުމުތަކުގެ ތެރޭގައި ހިމެނޭ ކަމަށާއި، މި ޤައުމުތަކުން ފަތުރުވެރިން ގެނައުމުގައި އެހީވެދިނުމަށް އެދިވަޑައިގެންފައިވާނެ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.
ރައީސް ނަޝީދު އިތުރަށް ވިދާޅުވީ، މި ބައްދަލުވުމުގައި ޤައުމުތަކުގެ ފޮރިން ރިލޭޝަންސް ކޮމިޓީއަށް މި މައްސަލަ ގެންދިއުމަށާއި، ހުކުރު ދުވަހު އެކަމާ ގުޅޭގޮތުން ގޮތެއް ނިންމުމަށް އެއްބަސްވެވިފައިވާ ކަމަށެވެ. އަދި އެމްޑީޕީ އެންމެ ފުރަތަމަ އުފެދުނުއިރުން ފަށައިގެންވެސް މި ޕާޓީއަކީ އައިޑީޔޫގެ މެމްބަރެއް ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.
އެންމެ ފުރަތަމަ އުފެދުނުއިރުން ފަށައިގެންވެސް މި ޕާޓީއަކީ އައިޑީޔޫގެ މެމްބަރެއް، އަޅުގަނޑުމެން މި އަންނަނީ މި ޖަމާއަތުގެ ކޮންމެ ބައްދަލުވުމެއްގައިވެސް ބައިވެރިވަމުން، އަދި އަޅުގަނޑުމެންނާ އެކުގައި މި ސަރަޙައްދުގެ އެތައް ޤައުމެއްވެސް މިކަމުގައި ބައިވެރިވެގެންދޭ، ޚާއްސަ ގޮތެއްގައި ސްރީލަންކާ އަޅުގަނޑުމެންނަށް ފާހަގަ ކުރެވޭމަޖިލީހުގެ ރައީސް، މުޙައްމަދު ނަޝީދު
މި ބައްދަލުވުމުގައި އެމްޑީޕީގެ ނައިބްރައީސް މުޙައްމަދު ޝިފާޒްއާއި، ފޮރިން ރިލޭޝަންސް ކޮމިޓީގެ ޗެއަރ އަދި ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދުގެ އިތުރުން، ފޮރިން ރިލޭޝަންސް ކޮމިޓީގެ މެމްބަރު، ޑިފެންސް މިނިސްޓަރ މާރިޔާ އަޙުމަދު ދީދީގެ އިތުރުން، އެމްޑީޕީގެ ސެކެޓްރިއޭޓްގެ އިސް ވެރިންނާއި، ޕާލިމެންޓަރީ ގްރޫޕުގެ ފަރާތުންވެސް ބައިވެރިވެ ވަޑައިގެންފައިވެއެވެ.