ކ. މާލެ
|
29 ޖުލައި 2020 | ބުދަ 13:14
ދިރާގު ފައިބަރ ބްރޯޑްބޭންޑްގެ ހުރިހާ ޕްކޭޖެއް ތަޖުރިބާ ކޮށްލެވޭނެ
ދިރާގު ފައިބަރ ބްރޯޑްބޭންޑްގެ ހުރިހާ ޕްކޭޖެއް ތަޖުރިބާ ކޮށްލެވޭނެ
ދިރާގު
ދިރާގު
ދިރާގު ހައި ސްޕީޑް ފައިބަރ އިންޓަނެޓްގެ ހިދުމަތް ރ. މަޑުއްވަރީއަށް
 
ރާއްޖޭގެ ގޭބިސީތަކަށް ފޯރުކޮށްދޭ އެންމެ ގިނަ ޑޭޓާ އެލަވަންސް ހިމެނޭ ޕެކޭޖު ދިރާގުން ފޯރުކޮށްދޭ
 
ދިރާގު ފައިބަރ ބްރޯޑްބޭންޑްގެ ހުރިހާ ޕްކޭޖެއް ތަޖުރިބާ ކޮށްލެވޭނެ
 
އިންޓަނެޓަކީ މިހާރު އެންމެ މުހިންމު ވަސީލަތް

ދިރާގުން ފޯރުކޮށްދޭ ޑިޖިޓަލް ހިދުމަތްތައް ފުޅާކޮށް ތަރައްގީކުރުމުގެ ގޮތުން ދިރާގުގެ ހައިސްޕީޑް ފައިބަރގެ ޚިދުމަތް ރ. މަޑުއްވަރީގައި ރަސްމީކޮށް އިފްތިތާހު ކޮށްފިއެވެ.

ދިރާގުން ރ. މަޑުއްވަރީ އަށް މި ޚިދުމަތް ތައާރަފު ކޮށްފައިވަނީ ޑިޖިޓަލް ޓެކްނޮލޮޖީ ދިވެހިންގެ ދިރިއުޅުމަށް ބޮޑެތި ބަދަލުތަކެއް ގެންނަމުންދާ ދުވަސްވަރެއްގައި އަދި ވަކިން ޚާއްސަކޮށް އިންޓަނެޓަށް ނުހަނު ބޮޑަށް ބަރޯސާވާން ޖެހިފައިވާ ދުވަސްކޮޅެއްގައި ކަމަށް ދިރާގުން ބުންޏެވެ. އެއީ ރިމޯޓްކޮށް ކިޔުވުން ކަމުގައި ވިޔަސް ނުވަތަ މަސައްކަތް ކުރުން ކަމުގައި ވީނަމަވެސް ނޫނީ އާއިލާ އާއި ގާތް ރައްޓެހިންގެ ހާލު ބަލާލަން ވީނަމަވެސް ހައި ސްޕީޑް އިންޓަނެޓަކީ މިހާރު އެންމެ މުހިންމު ވަސީލަތައް ވަނީ ވެފައިއެވެ.

ދިރާގު ފައިބަރ ބްރޯޑްބޭންޑްގައި ކަސްޓަމަރުންނަށް ތަފާތު އަގުތަކާއި ޑޭޓާ އެލަވަންސްތައް ހިމެނޭ ގިނަ ޕެކޭޖުތަކެއް ހިމެނެއެވެ. ރާއްޖޭގެ ގޭބިސީތަކަށް ފޯރުކޮށްދޭ އެންމެ ގިނަ ޑޭޓާ އެލަވަންސް ހިމެނޭ ޕެކޭޖު ވެސް ދިރާގު ފައިބަރ ބްރޯޑްބޭންޑް ޚިދުމަތުން ފޯރުކޮށްދޭ ކަމަށާއި ރ. މަޑުއްވަރީގެ ކަސްޓަމަރުންނަށް ވެސް ދިރާގު ފައިބަރ ބްރޯޑްބޭންޑްގެ ހުރިހާ ޕްކޭޖެއް ތަޖުރިބާ ކޮށްލެވޭނެ ކަމަށް ދިރާގުން ބުނެއެވެ.

ދިރާގުގެ ސީނިއަރ މެނޭޖަރ ބްރޭންޑް އެންޑް މާކެޓިންގ ކޮމިއުނިކޭޝަންސް މުހައްމަދު މިރްޝާން ހަސަން ވިދާޅުވީ ދިރާގު ފައިބަރ ނެޓްވޯކް ފުޅާކޮށް ވީހާވެސް ގިނަ ރަށްތަކަށް މި ޚިދުމަތް ފޯރުކޮށްދެވިގެން ދިޔުމަކީ ވަރަށް އުފާ ކުރާ ކަމެއްކަމަށާއި، ދިރާގުގެ އަމާޒަކީ އަބަދުވެސް ކަސްޓަމަރުންނަށް އިތުބާރު ހިފޭ ރަނގަޅު ޚިދުމަތެއް ފޯރުކޮށްދީ، ރާއްޖޭގެ ހުރިހާ ހިސާބެއްގައި ދިރިއުޅޭ ކަސްޓަމަރުންނަށް ދިރާގުން ފޯރުކޮށްދޭ ޚިދުމަތްތައް ބޭނުންކުރެވޭނެ ގޮތްތައް ފަހިކޮށްދިނުން ކަމަށެވެ.

ފައިބަރ ބްރޯޑްބޭންޑަކީ ބްރޯޑްބޭންޑް ޚިދުމަތް ފޯރުކޮށްދިނުމަށް ބޭނުންކުރެވޭ އެންމެ ފަހުގެ ޓެކްނޮލޮޖީއެވެ. ދިރާގު ފައިބަރ ބްރޯޑްބޭންޑް ޚިދުމަތަކީ ރާއްޖޭގައި މިހާރު ފޯރުކޮށްދެމުންދާ އެންމެ ގިނަ އެލަވަންސް އަދި އެންމެ މަތީ ސްޕީޑްގެ ޕެކޭޖްތައް ހިމެނޭ ޚިދުމަތެވެ. އަދި ހަމަ އެހެންމެ، ދިރާގު ފައިބަރ ބްރޯޑްބޭންޑް ނެޓްވޯކަކީ ރާއްޖޭގެ އެންމެ ބޮޑު ފައިބަރ ނެޓްވޯކެވެ. އެގޮތުން މިހާރު ރާއްޖޭގެ ގޭބިސީގެ 75 އިންސައްތައަށް މި ޚިދުމަތް ދިރާގުން ވަނީ ފޯރުކޮށްދީފައިއެވެ. މީގެ ތެރޭގައި 61 ރަށް ހިމެނެއެވެ.

0%
0%
0%
0%
0%
0%
ކޮމެންޓް