ކ. މާލެ
|
28 ޖުލައި 2020 | އަންގާރަ 13:16
އައިޝްވަރިޔާ ރާއީ ބަޗަން އާއި އަރާދްޔާ ބަޗަން
އައިޝްވަރިޔާ ރާއީ ބަޗަން އާއި އަރާދްޔާ ބަޗަން
ބޮލީވުޑް ހަންގާމާ
ބޮލީވުޑް
އައިޝްވަރިޔާ އާއި ދަރިފުޅު ކޮވިޑުން ރަނގަޅުވެއްޖެ
މިދެމައިން ހޮސްޕިޓަލްގައި އެޑްމިޓް ކުރީ މިމަހުގެ 17 ގައި
ހޮސްޕިޓަލުން ދޫކޮށްލީ ހޯމަ ދުވަހު

ބޮލީވުޑް އެކްޓަރ އައިޝްވަރިޔާ ރާއީ ބަޗަން އާއި އޭނާގެ އަންހެން ދަރިފުޅު އަރަދްޔާ ބަޗަން ކޮވިޑް-19ން ރަނގަޅުވެ ހޮސްޕިޓަލުން ދޫކޮށްލައިފިއެވެ.

ކޮވިޑް-19 އަށް ޕޮޒިޓިވް ވުމާއި ގުޅިގެން އިންޑިއާގެ ނަނާވަތީ ހޮސްޕިޓަލްގައި 10 ދުވަހު އެޑްމިޓް ކުރުމަށްފަހު މި ދެމައިން ވައިރަސް އަށް ނެގެޓިވް ވުމުން ގެއަށް ބަދަލުކޮށްފައިވަނީ ހޯމަ ދުވަހު އެވެ.

އައިޝްވަރިޔާ އާއި އަރާދްޔާ ކޮވިޑް-19 އަށް ޕޮޒިޓިވް ވުމުން އެދެމައިން ފުރަތަމަ ތިބީ ހޯމް ކަރަންޓީންގައެވެ. ހޮސްޕިޓަލްގައި އެޑްމިޓް ކޮށްފައިވަނީ މި މަހުގެ 17 ގައެވެ.

މި ދެމައިން ދޫކޮށްލި ނަމަވެސް އަމީތާބް ބަޗަން އާއި އަބީޝޭކް ބަޗަންއަށް އަދި ވެސް ދަނީ ހޮސްޕިޓަލުގައި ފަރުވާދެމުންނެވެ.

ހޮސްޕިޓަލުގެ މަސްދަރަކުން ހިންދުސްތާން ޓައިމްސްއަށް މައުލޫމާތު ދީފައިވާ ގޮތުން މި ދެބަފައިން ހޮސްޕިޓަލުން ދޫކޮށްލާނީ އަންނަ ބުރާސްފަތި ދުވަހު އެވެ.

ހޯމަ ދުވަހު އަބީޝެކް ކޮށްފައިވާ ޓްވީޓެއްގައި އޭނާ ވަނީ ހެޔޮ ދުޢާ ކޮށްދިން އެންމެނަށް ޝުކުރު އަދާކޮށްފައެވެ. އަދި އޭނާގެ އަންހެނުން އައިޝްވަރިޔާ އާއި ދަރިފުޅު އަރާދްޔާ ކޮވިޑް-19 އަށް ނެގެޓިވް ވެފައިވާ ކަމަށާއި ދެމައިން ހޮސްޕިޓަލުން ދޫކޮށްލާފައިވާ ކަމަށް ވަނީ ބުނެފައެވެ. އަދި އޭނާ އާއި ބައްޕަ އަމީތާބް އަދިވެސް ތިބީ ހޮސްޕިޓަލްގައި ކަމަށް ޓްވީޓްގައި ވެއެވެ.

އަމީތާބް އާއި އަބީޝެކް ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައިވަނީ މި ހިނގާ ޖުލައި މަހުގެ 11 ގައެވެ.

މި ދެބަފައިންގެ ކޮންޓެކްޓް ޓެރޭސިންގެ ތެރެއިން އައިޝްވަރިޔާ އާއި އަރާދްޔާ އަދި ޖާޔާ ބަޗަން ކޮވިޑަށް ޓެސްޓް ކުރިއެވެ. ޖާޔާގެ ޓެސްޓްގެ ނަތީޖާ ވަނީ ނެގެޓިވް ވެފައެވެ.

- ކޮމެންޓް