ކ. މާލެ
|
28 ޖުލައި 2020 | އަންގާރަ 09:46
ށ. ފީވަށް ބަނދަރު
ށ. ފީވަށް ބަނދަރު
އެމްޓީސީސީ
ށ. ފީވަށް ބަނދަރު މަޝްރޫއު
ށ. ފީވަށް ބަނދަރު މަޝްރޫއުގެ 52 އިންސައްތަ މަސައްކަތް ނިމިއްޖެ
55،163 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބަނދަރު ފުން ކުރާނެ

ށ. ފީވަށް ބަނދަރު ޑިޒައިން ކުރުމާއި ބަނދަރު ފުންކުރުމުގެ މަޝްރޫޢުގެ 52 ޕަސެންޓް މަސައްކަތް ނިމިއްޖެއެވެ.

މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ބުނީ މި މަޝްރޫއުގެ ތެރެއިން ހާބަރ ބޭސިން ފުން ކުރުމުގެ މަސައްކަތުގެ 88 އިންސައްތަ ނިންމާ، ބޭރު ތޮށިލުމުގެ މަސައްކަތުގެ 66 އިންސައްތަ ނިމިފައިވާ ކަަމަށެވެ.

މި މަޝްރޫއުގެ ދަށުން 55،163 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބަނދަރު ފުންކުރުމާއި، 474 މީޓަރުގެ ސަރަހައްދެއްގައި އެއްގަމު ތޮށި ލުމުގެ މަސައްކަތް ހިމެނޭ ކަމަށާއި 356 މީޓަރު ސަރަހައްދެއްގެ ބޭރު ތޮށިލުމާއި ރިވެޓްމަންޓް ޖެހުމުގެ މަސައްކަތް ވެސް ހިމެނޭ ކަމަށް އެމްޓީސީސީން ބުންޏެވެ. އަދި 2،320 ސްކުއެއާ މީޓަރުގެ ސަރަހައްދެއްގައި ޕޭވްމަންޓް ހަދައި، ބަނދަރު ބައްތިއާއި ނެރު ބައްތި ޖެހުމުގެ މަސައްކަތް ހިމެނޭ ކަމަށް ވެސް ވަނީ ބުނެފައެވެ.

މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން އެ ކުންފުންޏާއި ހަވާލުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫޢުއަށް 69.3 މިލިއަން ރުފިޔާ ހަރަދުވާނެ ކަމަށް ލަފާކޮށްފައިވާއިރު މި މަޝްރޫއު ހަވާލުކޮށްފައިވަނީ 2 ޖުލައި 2019 ގައެވެ.

- ކޮމެންޓް