ކ. މާލެ
|
28 ޖުލައި 2020 | އަންގާރަ 09:10
2018 ވަނަ އަހަރު ބޭއްވި ޑަބްލިއުޓީއެމް ފެއަރގެ ތެރެއިން
2018 ވަނަ އަހަރު ބޭއްވި ޑަބްލިއުޓީއެމް ފެއަރގެ ތެރެއިން
މޯލްޑިވްސް އިންސައިޑަރ
ޑަބްލިއުޓީއެމް
ޑަބްލިއުޓީއެމް ފެއަރ މިއަހަރުގެ ނޮވެމްބަރު މަހު ބާއްވަނީ
 
ފެއަރ ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު މަހުގެ 2 ވަނަ ދުވަހުން 4 ވަނަ ދުވަހަށް

ވާރލްޑް ޓްރެވަލް މާރކެޓް (ޑަބްލިއުޓީއެމް) ފެއަރ ނޮވެމްބަރު މަހު ބާއްވާނެކަން އިއުލާން ކޮށްފިއެވެ.

ކޮވިޑް-19ގެ ހާލަތަށް އަންނަމުންދާ ބަދަލުތަކަށް ބެލުމަށްފަހު އިނގިރޭސިވިލާތުގެ ސަރުކާރުން ވަނީ ލަންޑަންގައި ބާއްވާ ޑަބްލިއުޓީއެމް ފެއަރ އޮކްޓޫބަރު މަހުގެ ފަހުން ބާއްވަން ހުއްދަ ދީފައެވެ.

ޑަބްލިއުޓީއެމް އިންތިޒާމު ކުރާ ރީޑް އެގްޒިބިޝަން ކުންފުނިން ބުނީ ފެއަރ ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު މަހުގެ 2 ވަނަ ދުވަހުން 4 ވަނަ ދުވަހަށް ލަންޑަންގައި ކަމަށެވެ.

ކޮވިޑް-19 އަށްފަހު ފަތުރުވެރިކަމުގެ ދާއިރާ އަލުން އާރާސްތުކޮށް، ބިނާކުރެވޭނެ ގޮތްތަކާއި ބެހޭގޮތުން ފެއަރގެ ބައިވެރިންގެ މެދުގައި މުހިންމު މަޝްވަރާތަކެއް ކުރެވިގެންދާނެ ކަމަށް ރީޑް އެގްޒިބިޝަން ކުންފުނިން ބުނެއެވެ.

ޑަބްލިއުޓީއެމް އަކީ ދުނިޔޭގެ ފަތުރުވެރިކަމުގެ ދާއިރާގައި ހިނގާ އެންމެ ބޮޑު އެއް ފެއަރއެވެ. އިނގިރޭސި ވިލާތަކީ ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން ދަތުރުކުރާ އެންމެ ބޮޑު އެއް މާރކެޓެވެ.

0%
0%
0%
0%
0%
0%
ކޮމެންޓް