ކ. މާލެ
|
24 ޖުލައި 2020 | ހުކުރު 16:54
ޕާރތް ސަމްތާން
ޕާރތް ސަމްތާން
ބޮލީވުޑް
ކަސައުޓީގެ އަނޫރާގު ކޮވިޑުން ރަނގަޅުވެއްޖެ
ޕާރތް ކޮވިޑަށް ޕޮޒިޓިވް ވެފައިވަނީ ޖުލައި 12 ގައި
ޕާތް ހުރީ ހޯމް ކަރަންޓީންގައި

ސްޓާޕްލަސް އިން ދައްކަމުންދާ ޑްރާމާ ސީރިއަލް "ކަސައުޓީ ޒިންދަގީކީ" ގައި ބަތަލުގެ ރޯލް އަދާކުރަމުންދާ ޕާރތް ސަމްތާން (އަނޫރާގު) ކޮވިޑުން ރަނގަޅު ވެއްޖެއެވެ.

ޕާތް ކޮވިޑް -19 އަށް ޕޮޒިޓިވް ވެފައިވާކަން ހާމަކޮށްފައިވަނީ މިހިނގާ ޖުލައި މަހުގެ 12 ގައެވެ. ޓެސްޓްގެ ނަތީޖާ ޕޮޒިޓިވް ވުމާއި ގުޅިގެން ޕާރތް ވަނީ އޭނާގެ އިންސްޓަގްރާމްގައި ޕޯސްޓެއް ކޮށްފައެވެ. މި ޕޯސްޓްގައި ޕާރތް ބުނެފައިވަނީ ކޮވިޑް-19 ގެ މައިލްޑް ސިމްސްޓަމްތަކެއް އެނާގެ ހުރި ކަމަށާއި އަދި އޭނާ ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައިވާ ކަމަށެވެ. ޕާރތް ވަނީ ފާއިތުވި ދުވަސް ތަކުގައި އޭނާއާ ޑައިރެކްޓް ކޮންޓެކްޓްވި އެންމެން ކޮވިޑް-19 އަށް ޓެސްޓް ކުރުމަށް އެދިފައެވެ.

ކޮވިޑް-19 އަށް ޕޮޒިޓިވްވުމާއި ގުޅިގެން ޕާތް ހުރީ ހޯމް ކަރަންޓީންގައެވެ.

ކޮވިޑް-19 ބަލިން ފަސޭހަވިކަން ހާމަކޮށް ޕިންކް ވިލާއަށް ދިން އިންޓަވިއުއެއްގައި ޕާތް ބުނެފައިވަނީ އޭނާގެ ޓެސްޓްގެ ނަތީޖާ ލިބިފައިވާ ކަމަށާއި ޓެސްޓްގެ ނަތީޖާ ނެގެޓިވް ކަމަށެވެ.

އިންޑިއާ ލޮކްޑައުން ކުރުމާއި ގުޅިގެން ގިނަ ދުވަސްތަކަކަށް މެދުކެނޑުމަށްފަހު ސީރިއަލް ތަކުގެ ޝޫޓިންތައް ދާދި ފަހުން ވަނީ ފަށާފައެވެ. ނަމަވެސް ޕާރތް ކަސައުޓީގެ ޓީމާއި ގުޅޭނީ ކޮން އިރަކު ކަމެއް އަދި ހާމަކޮށްފައެއް ނުވެއެވެ.

ޕާރތް ކޮވިޑް-19 އަށް ޕޮޒިޓިވް ވުމާއި ގުޅިގެން އޭނާ އާއި އެކު "ކަސައުޓީ ޒިންދަގީކީ" ގައި މަސައްކަތް ކުރާ އެރިކާ ފެނާންޑޭޒް އާއި ކަރަން ޕަޓޭލް، އާމްނާ ޝަރީފް އަދި ޕޫޖާ ބަނިރްޖީ ވަނީ ކޮވިޑް-19 އަށް ޓެސްޓް ކޮށްފައެވެ. ނަމަވެސް އެމީހުންގެ ނަތީޖާ ވަނީ ކޮވިޑް-19 އަށް ނެގެޓިވް ވެފައެވެ.

- ކޮމެންޓް