ކ. މާލެ
|
20 ޖުލައި 2020 | ހޯމަ 22:13
ރެންޑަމް ސާމްޕަލް ނެގުމުގެ ތެރެއިން: ލުއިތަކާ ގުޅިގެން ޕޮޒިޓިވް ކޭސްތައް ދަނީ އިތުރުވަމުން
ރެންޑަމް ސާމްޕަލް ނެގުމުގެ ތެރެއިން: ލުއިތަކާ ގުޅިގެން ޕޮޒިޓިވް ކޭސްތައް ދަނީ އިތުރުވަމުން
އެޑިޝަން.އެމްވީ
ކޮވިޑް-19
ކޮވިޑް-19 ގެ އެކްޓިވް ކޭސްތައް 600ށްވުރެ މައްޗަށް!
 
23 ދިވެހިން ޕޮޒިޓިވްވި

ކޮވިޑް-19 ގެ އެކްޓިވް ކޭސްތަކުގެ އަދަދު 600ށްވުރެން މައްޗަށް އަރައިފިއެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ހާމަކޮށްފައިވާ މައުލޫމާތުތައް ދައްކާގޮތުން ހޯމަ ދުވަހު އިތުރު 33 މީހަކު ކޮވިޑް-19ށް ރާއްޖެއިން ވަނީ ޕޮޒިޓިވްވެފައެވެ. އެގޮތުން ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައިވަނީ 23 ދިވެހިންނެވެ. މީގެ އިތުރުން ބަންގްލަދޭޝްގެ 6 މީހަކާއި އިންޑިއާގެ ހަތަރު މީހަކު ޕޮޒިޓިވްވެފައިވެއެވެ.

މިހާތަނަށް ކޮވިޑް-19 އަށް ރާއްޖެއިން 2999 ޕޮޒިޓިވްވެފައިވާއިރު 2369 މީހަކު ވަނީ ބަލިން ފަސޭހަވެފައެވެ.

ކޮވިޑް-19 އާ ގުޅިގެން ރާއްޖޭގައި އަޅާފައިވާ ފުރަބަންދުގެ ފިޔަވަޅުތަކަށް ބޮޑެތި ލުއިތަކެއް ދޭންފެށި ފަހުން ގިނަ އަދަދެއްގެ ދިވެހިން ދަނީ ޕޮޒިޓިވްވަމުންނެވެ. އަދި ކްލަސްޓަރތަކާއި ގުޅުމެއް ނެތް ކޭސްތައް އިތުރުވަމުންދާއިރު މިކަމުން އަންގައިދެނީ ރާއްޖޭގައި ކޮމިއުނިޓީ ސްޕްރެޑް އިތުރުވެފައިވަމުންދާކަން ކަމަށް އެޗްޕީއޭ އިން ބުނެއެވެ.

ރާއްޖެއިން މިހާތަނަށް ޖުމްލަ 1,259 ދިވެހިން ވަނީ ކޮވިޑް-19ށް ވަނީ ޕޮޒިޓިވްވެފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
0%
0%
100%
0%
0%
0%
ކޮމެންޓް
ގުޅުންހުރި