ކ. މާލެ
|
20 ޖުލައި 2020 | ހޯމަ 21:38
މާލޭގެ މިސްކިތެއްގައި މީހުންތަކެއް ނަމާދު ކުރަނީ؛ ލޮކްޑައުންގެ ފަހުން މިސްކިތް ހުޅުވާލި ފަހުން މިސްކިތަކުން ޕޮޒިޓިވް ކޭސްއެއް ފެނުނު މިއީ ފުރަތަމަ ފަހަރު
މާލޭގެ މިސްކިތެއްގައި މީހުންތަކެއް ނަމާދު ކުރަނީ؛ ލޮކްޑައުންގެ ފަހުން މިސްކިތް ހުޅުވާލި ފަހުން މިސްކިތަކުން ޕޮޒިޓިވް ކޭސްއެއް ފެނުނު މިއީ ފުރަތަމަ ފަހަރު
މުހައްމަދު ޝަރުހާން
މިސްކިތްތަކުން ޕޮޒިޓިވް ކޭސްއެއް ފެނުން
މާލޭގެ 3 މިސްކިތަކުން ޕޮޒިޓިވްވި ކޭސްއެއް ފެނިއްޖެ
 
ރާއްޖެއިން މިހާތަނަށް 2,966 މީހަކު ކޮވިޑް-19ށް ޕޮޒިޓިވްވެފައިވޭ
 
މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދުކުރުން މެދުކަނޑާލުމަށްފަހު އަލުން ހުއްދަ ދީފައިވަނީ މި މަހުގެ 1ން ފެށިގެން
 
މިސްކިތްތައް ވަގުތީގޮތުން ބަންދުކޮށް ޑިސްއިންފެކްޓް ކުރުމުގެ މަސައްކަތް ދަނީ ކުރަމުން

މާލޭގެ 3 މިސްކިތަކުން ޕޮޒިޓިވް ކޭސްއެއް ފެނިއްޖެއެވެ.

ޕޮޒިޓިވް ކޭސް ފެނިފައިވަނީ މަސްޖިދުލް ސުލްތާން ހަސަން އިއްޒުއްދީން މިސްކިތް (ތޮއިބާ މިސްކިތް) އާއި، މަސްޖިދުލް ސުލްތާން މުހައްމަދު އިމާދުއްދީން (މަޖިލިސް އިދާރާ ކައިރި ހުންނަ މިސްކިތް) އަދި މަސްޖިދުލް އަފީފުއްދީން (ދިއްލީ މިސްކިތް) ނެވެ.

މިސްކިތްތަކުން ކޮވިޑަށް ޕޮޒިޓިވް ކޭސްއެއް ފެނުމާއި ގުޅިގެން މި ތިން މިސްކިތް ވެސް ވަގުތީގޮތުން ބަންދުކޮށް ޑިސްއިންފެކްޓް ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ސިޓީ ކައުންސިލުން ވަނީ ބުނެފައެވެ.

މިކަމާއި ގުޅިގެން ރާއްޖެއެމްވީ އަށް މައުލޫމާތުދެއްވަމުން ހެލްތް އެމަރޖެންސީ އޮޕަރޭޝަން ސެންޓަރ (އެޗްއީއޯސީ) ގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގު ވިދާޅުވީ މިސްކިތްތައް ޑިސްއިންފެކްޓް ކުރުމަށްޓަކައި ބަންދު ކުރެވިފައިވާ ކަމަށާއި، ޑިސްއިންފެކްޓް ކުރުމުގެ މަސައްކަތް ނިމުމުން އަލުން މިސްކިތް ހުޅުވިގެންދާނެ ކަމަށެވެ.

ކޮވިޑް-19 އާއި ގުޅިގެން މާލޭގެ މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދުކުރުން މެދުކަނޑާލުމަށްފަހު އަލުން ހުއްދަ ދީފައިވަނީ މި މަހުގެ 1ން ފެށިގެންނެވެ. އަދި އެފަހުން މިސްކިތަކުން ޕޮޒިޓިވް ކޭސްއެއް ފެނުނު މިއީ ފުރަތަމަ ފަހަރެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
0%
0%
91%
9%
0%
0%
ކޮމެންޓް
21 ޖުލައި 2020 | އަންގާރަ 18:01
މިސްކިތަކީ މީހުން ދިރި އުޅޭ ތަނެއް ނޫން. މީހުން މިސްކިތަށް އެރުން މަނާ ކުރުވަން ފާޑު ފާޑުގެ ޚަބަރު ނުލިޔެބަލަ. އެ ގެއިން މީހަކަށް ދެރައެއް މެދުވެރި ނުވާނެ.
21 ޖުލައި 2020 | އަންގާރަ 08:24
ހަސަން
މިސްކިތަކުން ޕޮސިޓިވްވިކަން އިނގުނީ ނަމާދުކުރާ މީހުން ކަމަށްވީމާތާ..އަޅެ އެމީހުން ގޮސް އުޅޭނެ އެހެން ތަންތައްވެސް ހުންނާނެކަން ޔޤީން ،އެކަމަކު މިސްކިތް ވާހަކަ އެކަނި އެޗް ޕީ އޭން ތި ފާހަގަ ކުރީ ވަކި ކުޅިވަރެއް ކުޅެންކަން ޔަޤީން.. ހުރިހާ މިސްކިތްތައް ބަންދުކުރަން ކައުންސިލްތަކުގައި ތިބި ލާދީނީ މީހުންނަށް އިތުރު ފުރުސަތުތަކެއް ތިޔަދިނީ..އަހަރުމެންނަށް ތިކުޅިވަރު ކުޅޭނެކަން އިގިއްޖެ މާކުރިންވެސް.
21 ޖުލައި 2020 | އަންގާރަ 01:50
އައައަބޭބެ
މިފަދަ ދުވަސް ވަރެ އްގަ ދުނިޔޭގެ އިސްލާމީ އެހެން ގަ އުމުތަކޭ އެ އްގޮތަށް ސަފުތަ އް ނުހަދާ ގަ އިދުރުކަން ނުބަހަ އްޓަނީ ކީ އްވެބާ؟؟؟؟