ކ. މާލެ
|
20 ޖުލައި 2020 | ހޯމަ 21:20
އިކޮނޮމިކް މިނިސްޓަރ ފައްޔާޒް އިސްމާއިލް- މިނިސްޓަރ ކުރެއްވި ޓްވީޓެއްގައި ވަނީ އެކަން އިއުލާނު ކުރައްވާފައި
އިކޮނޮމިކް މިނިސްޓަރ ފައްޔާޒް އިސްމާއިލް- މިނިސްޓަރ ކުރެއްވި ޓްވީޓެއްގައި ވަނީ އެކަން އިއުލާނު ކުރައްވާފައި
ރައީސް އޮފީސް
ރިސޯޓުތަކުގެ ބިމުކުލި ކުޑަކުރުން
ރިސޯޓްތަކާއި، ލޯކަލް ޓޫރިޒަމް ހިންގާ ރަށްރަށުގެ ބިމު ކުލި ކުޑަކުރަނީ
 
ބައެއް އަތޮޅުތަކުގެ ބިމު ކުއްޔަށްވެސް ބަދަލު ގެނައުމަށް ހުށައަޅާނެ
 
ސަރުކާރުގެ ފަރާތުން އިސްލާޙު ހުށައަޅަން ވަނީ ނިންމާފައި
 
އެ އަތޮޅުތަކަށް ކުރެވޭ އިންވެސްޓްމަންޓުތައް އިތުރަށް ފުޅާވެގެންދާނެ

ރިސޯޓުތަކާއި، ލޯކަލް ޓޫރިޒަމް ހިންގާ ބައެއް ރަށްރަށުގެ ބިމު ކުލި ކުޑަކުރަން ހުށައެޅުމަށް ނިންމާފައިވާކަން ސަރުކާރުން ހާމަކޮށްފިއެވެ.

ހޯމަ ދުވަހު އިކޮނޮމިކް މިނިސްޓަރ ފައްޔާޒް އިސްމާއިލް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، އުތުރާއި ދެކުނުގެ އަތޮޅުތަކުގައި ފަތުރުވެރިކަން ހިންގުމަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން، ބައެއް ސަރަޙައްދުތަކުގެ ރިސޯޓުތަކުގެ ބިމު ކުލި ކުޑަކުރަން ސަރުކާރުގެ ފަރާތުން އިސްލާޙު ހުށައަޅަން ނިންމާފައިވާ ކަމަށެވެ.

އެގޮތުން ސ އަތޮޅާއި، ޏ އަތޮޅުގެ ރިސޯޓުގެ ބިމު ކުލިން، ކޮންމެ އަކަމީޓަރަކަށް 2 ޑޮލަރު ނެގުމަށާއި، ހއ އަތޮޅާއި، ހދ އަތޮޅުން އަކަމީޓަރަކަށް 4 ޑޮލަރު އަދި ށ، ގއ، ގދ، ތ އަދި ލ އަތޮޅުން އަކަމީޓަރަކަށް 6 ޑޮލަރު ނެގުމަށް ހުށައެޅުމަށް ވަނީ ނިންމާފައެވެ.

މިނިސްޓަރ ވިދާޅުވީ، މި ބަދަލުތަކާއެކު އެ އަތޮޅުތަކަށް ކުރެވޭ އިންވެސްޓްމަންޓުތައް އިތުރަށް ފުޅާވެގެންދާނެ ކަމަށެވެ.

އޭގެ އިތުރުން، ލޯކަލް ޓޫރިޒަމް ފުޅާ ކުރުމަށްޓަކައި ބައެއް އަތޮޅުތަކުގެ ބިމު ކުއްޔަށްވެސް ބަދަލު ގެނައުމަށް ހުށައެޅުމަށް ނިންމާފައިވާކަން މިނިސްޓަރ ކުރެއްވި ޓްވީޓެއްގައި އިއުލާނު ކުރައްވާފައިވެއެވެ. އެގޮތުން ސ އަތޮޅާއި، ޏ އަތޮޅުން އަކަމީޓަރަކަށް އެއް ޑޮލަރު، ހއ އަދި ހދ އަތޮޅުގެ ރަށްރަށުން އަކަމީޓަރަކަށް 2 ޑޮލަރު ނެގުމަށް ހުށައެޅުމަށް ވަނީ ނިންމާފައެވެ.

އޭގެ އިތުރުން، ށ، ގއ، ގދ، ތ އަދި ލ އަތޮޅުގެ ލޯކަލް ޓޫރިޒަމް ހިންގާ ރަށްރަށުން އަކަމީޓަރަކަށް 3 ޑޮލަރު ނެގުމަށް ހުށައެޅުން ވެސް ހިމެނެއެވެ. އަދި އެހެނިހެން އަތޮޅުތަކުން އަކަމީޓަރަކަށް ނަގާނީ 4 ޑޮލަރުކަން ވެސް ބަޔާންކޮށްފައިވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: ސިމާހާ ނަސީމް
0%
0%
0%
0%
0%
0%
ކޮމެންޓް