ކ. މާލެ
|
20 ޖުލައި 2020 | ހޯމަ 00:30
ރިޝީ ކަޕޫރާއި ރިއްދިމާ ކަޕޫރު އަދި ނީތޫ ކަޕޫރު
ހިންދުސްތާނީ ޓައިމްސް
ބޮލީވުޑް
ރިޝިީގެ ދަރިފުޅު ރިއްދިމާ، ބައްޕަގެ ކުޑައިރުގެ ހަނދާން އައު ކޮއްފި
ރިއްދިމާ މިހާރު ދިރިއުޅެމުން ދަނީ މުމްބާއީގައި އާއިލާއާއި އެކުގައި
ނީތޫގެ އުފަންދުވަހުގެ ތަހްނިޔާ ކިޔާފައިވެސް ވަނީ ސޯޝަލް މީޑިއާގައި ފޮޓޯއެއް ހިއްސާކޮށް

މި ނިމިދިޔ އޭޕްރީލް މަހުގެ 30 ގައި ބޮލީވުޑްގެ މަޝްހޫރު ތަރި ރިޝީ ކަޕޫރް ވަނީ މި ދުނިޔެ ދޫކޮއްފައެވެ. ރިޝި ނިޔާވީ މުމްބާއީގެ ހޮސްޕިޓލެއްްގައި ކެންސަރު ބައްޔަށް ފަރުވާ ދެމުން ދަނިކޮންނެވެ.

ބައްޕަ ނިޔާވި ދުވަހުން ފެށިގެން ރިޝީގެ އަންހެން ދަރިފުޅު ރިއްދިމާ އަންނަނީ ރިޝީގެ ކުރީގެ އެކި އެކި ފޮޓޯތައް ސޯޝަލް މީޑިއާ ގައި ރިޝީގެ ފޭނުންނާ ހިއްސާކުރަމުންނެވެ. ރިއްދިމާ މިހާރު ދިރިއުޅެމުން ދަނީ މުމްބާއީގައި އާއިލާއާއި އެކީގައެވެ.

ޖުލައި 16 ވަނަ ދުވަހު ރިދީމާ ވަނީ އަނެއްކާވެސް ބެލުންތެރިންނަށް މީގެކުރިން ފެނިފަ ނުވާ ރިޝީގެ ކުޑައިރުގެ ފޮޓޯއެއް ހިއްސާކޮއްފއެވެ.މި ފޮޓޯ ރިދީމާ ހިއްސާކޮއްފައި މިވަނީ އޭނާގެ އިންސްޓަރ ސްޓޯރީގައެވެ.

މި ފޮޓޯގެ ކެޕްޝަންގއި "ކިއުޓެސްޓް ޕިކް އެވަރ" މިހެން ލިޔެފަވެއެވެ. މި ފޮޓޯގައި ކުޑަކުޑަ ޗިންޓޫ ފެނިގެން ގޮސްފައި ވަނީ ހުދު ޓީޝާޓެއްގައި ސަކަ ހިނިތުންވުމަކާއިއެކީގައެވެ.

މިނޫނަސް ރިއްދިމާ ވަނީ މަންމަ ނީތޫ ކަޕޫރާއި އެކުގައިވެސް ގިނަ ފޮޓޯތަކެއް ހިއްސާކޮއްފައެވެ. ރިއްދިމާ އާއި އޭނާގެ މަންމަ ނީތޫ އެއްވައްތަރެއްގެ ހެދުމެއްގައި "ޓުވިނިންގ ވިތް މޯމީ" ހޭޝްޓެގް ގައިވެސް ފޮޓޯއެއް އިންސްޓަރގްރާމްގައި ހިއްސާ ކޮއްފައެވެ.

މީގެއިތުރުން ނީތޫގެ އުފަންދުވަހުގެ ތަހްނިޔާ ކިޔާފައިވެސް ވަނީ ސޯޝަލް މީޑިއާގައި ފޮޓޯއެއް ހިއްސާކޮއްފިއެވެ.

މި ފޮޓޯގައި ރަންބީރް ކަޕޫރުވެސް ފެނިގެން ދިޔައެވެ. ފޮޓޯގައި ރިދީމާ އާއި ނީތޫގެ އިތުރުން ރަންބީރުގެވެސް ފެނިގެން ދިޔައީ އުފާވެރި ހިނިތުން ވުމެކެވެ.

- ކޮމެންޓް