ކ. މާލެ
|
19 ޖުލައި 2020 | އާދީއްތަ 20:18
ކުރީގެ ޓޫރިޒަމް މިނިސްޓަރ އަލީ ވަހީދު: އޭނާ ފުލުހަށް ހާޒިރުވާން އަންގާފައިވަނީ ހޮނިހިރު ދުވަހުގެރޭ 20:30 ށް
ކުރީގެ ޓޫރިޒަމް މިނިސްޓަރ އަލީ ވަހީދު: އޭނާ ފުލުހަށް ހާޒިރުވާން އަންގާފައިވަނީ ހޮނިހިރު ދުވަހުގެރޭ 20:30 ށް
ޓްވިޓަރ
އަލީ ވަހީދު ފުލުހަށް ހާޒިރުކުރުން
އަލީ ވަހީދު މިރޭ ފުލުހަށް ހާޒިރު ކުރަނީ
 
އެކަމާއި ގުޅިގެން އަލީ ވަހީދު ވިދާޅުވެފައިވަނީ ހަގީގަތް ފަހުން ހާމަވާނެ ކަމަށް
 
އަލީ ވަހީދުގެ ފޯނާއި ލެޕްޓޮޕް ވަނީ ގެންގޮސްފައި
 
ފުލުހަށް ހާޒިރުވާން އަންގާފައިވަނީ އާދީއްތަ ދުވަހުގެރޭ 20:30 ށް

ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ފުލުހަށް ހާޒިރުވުމަށް އަންގައިފިއެވެ.

"ރާއްޖެއެމްވީ"އަށް އެނގިފައިވާ ގޮތުގައި އަލީ ވަހީދު ފުލުހަށް ހާޒިރުވާން އަންގާފައިވަނީ އާދީއްތަ ދުވަހުގެރޭ 20:30 ށެވެ.

އަލީ ވަހީދު އާދީއްތަ ދުވަހުގެރޭ ފުލުހަށް ހާޒިރުކުރާއިރު، އޭނާ ދިރިއުޅުއްވާ ގެއަށް އާދިއްތަ ދުވަހު ފުލުހުން ވަނީ ވަދެފައެވެ. އަދި އޭރު ފުލުހުން އެ ގެއަށް ވަދެފައިވަނީ އަލީ ވަހީދުގެ ޕާސްޕޯޓް ހިފަހައްޓާ، ކޯޓު އަމުރު ހަވާލު ކުރުމަށް ކަމަށް އެނގިފައިވެއެވެ.

މިދިޔަ އާދިއްތަ ދުވަހު ފުލުހުންގެ މީޑިއާއިން ބުނީ، އަލީ ވަހީދުގެ މައްޗަށް ކުރެވޭ ތުހުމަތުތަކާއި ގުޅިގެން ތަހުގީގަށް، އަލީ ވަހީދު ގެންގުޅުވި އިލެކްޓްރޯނިކް ބައެއް ތަކެތި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް، ހެކި ހޯދުމުގެ ކަންކަން ކުރިއަށް ގެންދާ ކަމަށެވެ. ފުލުހުން ގެންދިޔައީ ސީދާ ކޮން ތަކެެއްޗެއް ކަމެއް ވިދާޅެއް ނުވެއެވެ.

އެކަމަކު "ރާއްޖެއެމްވީ" އަށް އެނގިފައިވާ ގޮތުގައި، ކޯޓު އަމުރެއްގެ ދަށުން ގެންގޮސްފައިވަނީ، އަލީ ވަހީދުގެ ފޯނާއި ލެޕްޓޮޕެވެ.

އަލީ ވަހީދު ޓޫރިޒަމް މިނިސްޓްރަަކަމުން ވަކިކޮށްފައި ވަނީ އެ މިނިސްޓްރީގެ މުވައްޒަފުންތަކަކަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުތަކާއި ގުޅިގެންނެވެ. އަލީ ވަހީދަށް ތުހުމަތުތައް ކުރި މުވައްޒަފުން ބުނާ ގޮތުން، އެ މުވައްޒަފުންނަށް ޖިންސީ ގޯނާކުރާތާ ގިނަ ދުވަސްތަކެއް ވަނީ ވެފައެވެ.

ޖިންސީ ގޯނާ ކޮށްފައިވަނީ މިނިސްޓްރީގެ ދަތުރުތަކުގައި ރިސޯޓުތަކަށް ގެންގޮސްގެން ކަމަށްވެސް މިނިސްޓްރީގެ މުވައްޒަފުން ބުނެއެވެ. އެކަންތައްތައް ތަހައްމަލު ނުކުރެެވިގެން އެވާހަކަ ރައީސް ޞާލިޙާ ހިއްސާ ކުރެއްވުމުން އެމަނިކުފާނު ކީރިތި ކުރެއްވި ކަމަށް ޓޫރިޒަމް މިނިސްޓްރީގެ އޮފިޝަލަކު ވަނީ ވިދާޅުވެފައެވެ.

އެކަމާއި ގުޅިގެން އަލީ ވަހީދު ވިދާޅުވެފައިވަނީ ހަގީގަތް ފަހުން ހާމަވާނެ ކަމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: އިސްމާޢީލް ޝާހް
20%
20%
20%
40%
0%
0%
ކޮމެންޓް
ގުޅުންހުރި
ސިނަމާލެ ބްރިޖުމަތީ ހެލްމެޓް ނާޅާ ސައިކަލު ދުއްވި ދެ ޒުވާނުން ޖޫރިމަނާކޮށްފި
ޗައިނާގެ 1.37 ބިލިއަން ޑޮލަރުގެ ދަރަނި ރީސްޓްރަކްޗަރ ނުކުރާނެކަމަށް އެ ގައުމުން ބުނެފި
އައްޑޫ އާއި ކުޅުދުއްފުށީގެ ކަރަންޓުގެ މައްސަލަ އަށް ކުރިއަށް އޮތް މަހެއްހާ ދުވަސްތެރޭގައި ހައްލެއް ހޯދައިދޭނަން - ފެނަކަ
މުވާސަލަތުގެ ރަސްމަގަށް ރާއްޖެ ހުޅުވާލަދީ، ދިވެހީންގެ އުފެއްދުންތަކަށް މާކެޓް ހޯދޭނެ މަގު ފަހިކޮށްދޭނަން - ރައީސް
އިންތިހާ ތައްޔާރީ ކާބޯތަކެތިން ހަށިގަނޑަށް ވަނީ ގެއްލުންތަ؟ ނޫނީ ފައިދާތަ؟
ގޯތިތައް ހަވާލުކުރުން ލާޒިމްވާ ބިލު ތަސްދީގުނުކުރެއްވުމުން އެނގެނީ އަވަސް މުސްތަގުބަލެއްގައި ގޯތިތައް ހަވާލުކުރުމުގެ ވިސްނުމެއް މި ސަރުކާރުގެ ނެތްކަން - މީކާއީލް
ޒަކާތް ދިނުމަކީ މުދާ ތާހިރުވެ، ބަލިތަކަށް ޝިފާލިބޭ ކަމެއް - ޚުތުބާ
އެއަރޕޯޓުގެ މުވައްޒަފުންގެ ބައިވެރިވުމާއެކު ރާއްޖެއަށް ޑްރަގް އެތެރެކުރަން އުޅުނު މައްސަލައެއްގައި ދެ މީހަކު ހައްޔަރުކޮށްފި