ކ. މާލެ
|
19 ޖުލައި 2020 | އާދީއްތަ 19:15
ޕީޖީ ހުސައިން ޝަމީމް - ޕީޖީއަށް ބޮޑެތި ތުހުމަތުތަކެއްކޮށް އަމިއްލަ ފަރާތަކުން ވަނީ ބާރ ކައުންސިލަށް މައްސަަލައެއް ހުށައަޅާފައި
ޕީޖީ ހުސައިން ޝަމީމް - ޕީޖީއަށް ބޮޑެތި ތުހުމަތުތަކެއްކޮށް އަމިއްލަ ފަރާތަކުން ވަނީ ބާރ ކައުންސިލަށް މައްސަަލައެއް ހުށައަޅާފައި
ރައީސް އޮފީސް
ޕީޖީ ޝަމީމްގެ މައްސަލައެއް ބާރ ކައުންސިލަށް
މަޤާމާ ޙަވާލުވެ ފުރަތަމަ ދުވަހު ޒިޔަތުއާއި އޮއިއްޓެގެ މައްސަލައިން ތަނާޒުލްވިން: ޕީޖީ ޝަމީމް
 
ޤާނޫނީ މަސައްކަތްތަކުގެ ފީތައް ލިބިވަޑައިގެންފައި ވާނީ ލޯފާމު މެދުވެރިކޮށް
 
އަމިއްލަ ފަރާތަކުން މޯލްޑިވްސް ބާރ ކައުންސިލްއަށް ވަނީ މައްސަލައެއް ހުށައަޅާފައި
 
ޕީޖީ ވިދާޅުވީ، އެއްވެސް އިރަކު މީހެއްގެ ޚަރަދުގައި ޔޫކޭއަށް ގޮސްފައި ނުވާނެ ކަމަށް

ޕްރޮސެކިއުޓަރ ޖެނެރަލް (ޕީޖީ) ކަމުގެ މަޤާމާ ޙަވާލުވެވަޑައިގެން ފުރަތަމަ ދުވަހު، އެމްއެމްޕީއާރްސީ ޙިޔާނާތާ ގުޅިގެން ކުރިން މަސައްކަތް ކޮށްދެއްވާފައިވާ މައްސަލަތަކުން ތަނާޒުލްވެ ވަޑައިގެންފައިވާނެ ކަމަށް ޕީޖީ ހުސައިން ޝަމީމް ވިދާޅުވެއްޖެއެވެ.

ޕީޖީ އެހެން ވިދާޅުވީ، އަމިއްލަ ފަރާތަކުން މޯލްޑިވްސް ބާރ ކައުންސިލްއަށް ހުށަހަޅާފައިވާ މައްސަލައެއްގައި ޕީޖީ ޝަމީމަށް ބޮޑެތި ތުހުމަތުތަކެއް ކުރެވިފައި ވަނިކޮށެވެ. އެގޮތުން އެ މައްސަލައިގައި ބުނެފައިވަނީ، އެމްއެމްޕީއާރްސީ މައްސަލައިގައި ތުހުމަތު ކުރެވޭ ބައެއް ފަރާތްތަކުގެ ދިފާއީ ވަކީލެއްގެ ގޮތުގައި ޕީޖީ ޝަމީމް އުޅުއްވި ކަމަށެވެ. އެގޮތުން ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާ ގާތް ގުޅުމެއް އޮންނަ އަހުމަދު ހުސައިން (އޮއިއްޓެ) އާއި، އެމްއެމްޕީއާރްސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތުގެ ދިފާއީ ވަކީލެއްގެ ގޮތުގައި ޕީޖީ ޝަމީމް އުޅުއްވާފައިވާއިރު، އެއީ މަސްލަހަތު ފުށުއަރާނެ ކަމެއް ކަމަށް ބުނެފައިވެއެވެ.

އެކަމާގުޅޭގޮތުން "ރާއްޖެއެމްވީ"އަށް މައުލޫމާތު ދެއްވަމުން ޕީޖީ ހުސައިން ޝަމީމް ވިދާޅުވީ، މަޤާމާ ޙަވާލުވުމާއެކު ފުރަތަމަ ދުވަހު އެ ހުރިހާ މައްސަލައެއްގެ މަޢުލޫމާތު ޑެޕިއުޓީ ޕްރޮސެކިއުޓަރ ޖެނެރަލްއަށް ދެއްވާފައިވާނެ ކަމަށެވެ. އަދި އެ މައްސަލަތަކުގައި އެއްވެސް ސިފައެއްގައި މަޝްވަރާ ނުކުރެއްވުމަށް ދަންނަވާފައިވާނެ ކަމަށް ޕީޖީ ޝަމީމް ވިދާޅުވިއެވެ.

ޕީޖީކަމާ ޙަވާލުވުމާއެކު ފުރަތަމަ ދުވަހު ކުރި ކަމެއް އެއީ. އެ ހުރިހާ މައްސަލައެއްގެ މަޢުލޫމާތު ޑީޕީޖީ ސަލީމަށް ދީފައި، އޭނާ ގާތު އެ މައްސަލަތަކުގައި އަޅުގަނޑާ އެއްވެސް އިރެއްގައި، އެއްވެސް ސިފައެއްގައި މަޝްވަރާ ނުކުރުމަށް ދަންނަވާފައިވާނީ. މިއީ ވަރަށް ބޭސިކް ކަންކަން. މިކަހަލަ ކަންކަމުގައި މިސްޓޭކެއް ހަދާ ވަރަށްވުރެ މި ދާއިރާގައި މާ ގިނަ ދުވަސް ވެއްޖެ.
ޕީޖީ ހުސައިން ޝަމީމް

ޕީޖީ ކަމަށް އައްޔަންކުރުމުގެ ކުރިން ގާނޫނީ ވަކީލެއްގެ ގޮތުން ކުރެއްވި މަސައްކަތްތަކުގެ ފީތައް ލިބިވަޑައިގެންފައި ވާނީ ލޯފާމު މެދުވެރިކޮށް ކަމަށާއި، އެކަމުގެ ހުރިހާ ލިޔެކިޔުމެއް ވެސް ހުންނާނެކަމަށް "މިހާރު"އަށް މައުލޫމާތު ދެއްވަމުން ޕީޖީ ޝަމީމް ވިދާޅުވެފައިވެއެވެ.

އޭގެ އިތުރުން، 2019 ވަނަ އަހަރު ފުލުހުންނާ ވާހަކަ ދައްކައިގެން އޮއިއްޓެއަށް ދައުވާ ނުކުރާ ގޮތަށް ޕްލީ ބާރގެއިނިންގ އެގްރީމަންޓެއް ތައްޔާރުކޮށް، ހެކި ބަސް ދިނުމުގެ ގޮތުން ބަޔާނެއް ދީފައިވާކަން ބާރ ކައުންސިލަށް ހުށައެޅި މި މައްސަލައިގައި ބުނެފައިވެއެވެ. އަދި ބަޔާން ނެގުމަށް ޔޫކޭއަށް ދިއުމުގެ ޚަރަދާއި، ދެކޮޅު ޓިކެޓާއި، ފައިވްސްޓަރ ހޮޓެލް އެކޮމޮޑޭޝަންގެ އިތުރުން، ލަންޑަންގެ ސައިޓްސީންގ ޚަރަދާއި، މަސައްކަތަށް ވާ 20،000 ޕައުންޑް އެސްއޯއެފް މެދުވެރިކޮށް ޝަމީމްއަށް ދީފައިވާ ކަމަށް ތުހުމަތު ކޮށްފައިވެއެވެ.

އެކަމާ ގުޅޭގޮތުން ޕީޖީ ޝަމީމް ވިދާޅުވީ، އެއްވެސް އިރަކު މީހެއްގެ ޚަރަދުގައި ޔޫކޭއަށް ގޮސްފައި ނުވާނެ ކަމަށެވެ. އެހެން ނަމަވެސް، މީގެ ކުރިން ސްކޮލަރޝިޕެއްގެ ދަށުން ޔޫކޭ ސަރުކާރުގެ ޚަރަދުގައި އެ ޤައުމުގައި ކިޔަވާ ވިދާޅުވަން ހުންނެވި ކަމަށް ވިދާޅުވިއެވެ. އަދި އެންމެ ފަހުން ޔޫކޭއަށް ވަޑައިގަތީ 2016 ވަނަ އަހަރުކަން ފާހަގަ ކުރައްވައި ޕީޖީ ވިދާޅުވީ، އޭގެ ފަހުން ޔޫކޭއަށް ވަޑައިގެންފައިނުވާނެ ކަމަށެވެ.

އޭގެ އިތުރުން، ކުރީގެ ނައިބް ރައީސް އަހުމަދު އަދީބުގެ މައްޗަށް ކުރެވޭ ޙިޔާނާތުގެ ދައުވާތަކާ ގުޅިގެންވެސް ޕީޖީ ޝަމީމް ޤާނޫނީ މަސައްކަތްތައް ކޮށްދެއްވާފައިވާކަމަށް ތުހުމަތު ކުރެވޭއިރު، އަދީބުގެ މައްޗަށް ޙިޔާނާތުގެ ތުހުމަތުތައް ކުރެވި ބަޔާން ނެގިއިރުވެސް ޕީޖީ ޝަމީމް ހުންނެވީ ސަސްޕެންޝަންގައެވެ. ސަސްޕެންޝަންގެ މުއްދަތުގައި ޝަމީމްއަށް މައްސަލަތަކުގައި ކޯޓަށްވެސް އަދި ދޫނިދޫއަށްވެސް ދިއުމުގެ ހުއްދައެއް ނޯވެއެވެ. އަދި ޤާނޫނީ މަސައްކަތް ކުރުމުގެ ހުއްދައެއްވެސް ނޯވެއެވެ. ވުމާއެކު އަދީބުގެ މައްޗަށް ކުރެވޭ ޙިޔާނާތުގެ ދައުވާތަކާއި ތުހުމަތުތަކާ ގުޅިގެން އެއްވެސް ވަރަކަށް އަދީބުގެ ވަކީލެއްގެ ގޮތުގައި މަސައްކަތް ކުރެއްވުމުގެ ފުރުސަތު ޕީޖީ ޝަމީމްއަށް ލިބިވަޑައިގަންނަވާފައެއް ނުވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
0%
50%
0%
0%
25%
25%
ކޮމެންޓް
ގުޅުންހުރި
މަތިންދާ ބޯޓާއި ހެލިކޮޕްޓަރުގެ ބަދަލުގައި ޑްރޯން، މަގްސަދު ހާސިލްކުރުމުގައި ފައިދާ ބޮޑީ ކޯއްޗެއް؟
ސިނަމާލެ ބްރިޖުމަތީ ހެލްމެޓް ނާޅާ ސައިކަލު ދުއްވި ދެ ޒުވާނުން ޖޫރިމަނާކޮށްފި
ޗައިނާގެ 1.37 ބިލިއަން ޑޮލަރުގެ ދަރަނި ރީސްޓްރަކްޗަރ ނުކުރާނެކަމަށް އެ ގައުމުން ބުނެފި
އައްޑޫ އާއި ކުޅުދުއްފުށީގެ ކަރަންޓުގެ މައްސަލަ އަށް ކުރިއަށް އޮތް މަހެއްހާ ދުވަސްތެރޭގައި ހައްލެއް ހޯދައިދޭނަން - ފެނަކަ
މުވާސަލަތުގެ ރަސްމަގަށް ރާއްޖެ ހުޅުވާލަދީ، ދިވެހީންގެ އުފެއްދުންތަކަށް މާކެޓް ހޯދޭނެ މަގު ފަހިކޮށްދޭނަން - ރައީސް
އިންތިހާ ތައްޔާރީ ކާބޯތަކެތިން ހަށިގަނޑަށް ވަނީ ގެއްލުންތަ؟ ނޫނީ ފައިދާތަ؟
ގޯތިތައް ހަވާލުކުރުން ލާޒިމްވާ ބިލު ތަސްދީގުނުކުރެއްވުމުން އެނގެނީ އަވަސް މުސްތަގުބަލެއްގައި ގޯތިތައް ހަވާލުކުރުމުގެ ވިސްނުމެއް މި ސަރުކާރުގެ ނެތްކަން - މީކާއީލް
ޒަކާތް ދިނުމަކީ މުދާ ތާހިރުވެ، ބަލިތަކަށް ޝިފާލިބޭ ކަމެއް - ޚުތުބާ