ކ. މާލެ
|
19 ޖުލައި 2020 | އާދީއްތަ 18:28
ބޮޑުފިނޮޅުގައި ހިންގި ހަމަނުޖެހުން ކޮންޓްރޯލް ކުރަން ދިޔަ ފުލުހުން އެ ރަށުގައި ހަރަކަތްތެރިވަނީ
ބޮޑުފިނޮޅުގައި ހިންގި ހަމަނުޖެހުން ކޮންޓްރޯލް ކުރަން ދިޔަ ފުލުހުން އެ ރަށުގައި ހަރަކަތްތެރިވަނީ
ރާއްޖެއެމްވީ
ބޮޑުފިނޮޅުގައި ބިދޭސީން ހިންގި ހަމަނުޖެހުން
ބޮޑުފިނޮޅު ހަމަނުޖެހުން: ރިޒާގެ ކުންފުނިން ޖޭއެސްސީއަށް ހުށައެޅި މައްސަލަ ބޭރުކޮށްލައިފި
 
މައްސަލާގައި ހައްޔަރު ކޮށްފައިވަނީ 19 ބިދޭސީން
 
ކުންފުނިން ބުނަނީ މިއީ ބ ތުޅާދޫ މެޖިސްޓްރޭޓް ކޯޓަށް ބެލޭނެ މައްސަލައެއްވެސް ނޫންކަމަށް
 
ފަނޑިޔާރުގެ ސުލޫކަށް އަސަރު ކުރާފަދަ ކަމެއް ފާހަގަވެފައި ނުވޭ

އާރް.އައި.އެކްސް ޕްރައިވެޓް ލިމިޓެޑްގެ މައްޗަށް ދައުވާ ކުރެވޭ މައްސަލަ ބެއްލެވި ބ ދަރަވަންދޫ މެޖިސްޓްރޭޓް ކޯޓުގެ އިސް މެޖިސްޓްރޭޓް އަޙުމަދު ލަތީފާ ގުޅިގެން ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ)އަށް ހުށައެޅި މައްސަލަ ބޭރުކޮށްލައިފިއެވެ.

ބ ދަރަވަންދޫ މެޖިސްޓްރޭޓް ކޯޓުގެ އިސް މެޖިސްޓްރޭޓް އަޙުމަދު ލަތީފުގެ މައްސަލައެއް ޖޭއެސްސީއަށް ހުށައަޅާފައިވަނީ އާރު.އައި.އެކްސްޕްރައިވެޓް ލިމިޓެޑްގެ ޤާނޫނީ ވަކީލެކެވެ. އެގޮތުން ކުންފުނިން އިޖުރާއީ ގޮތުން 6 ނުކުތާއެއް ފާހަގަ ކޮށްފައިވާއިރު، އެންމެ ނުކުތާއަކަށް ގޮތެއް ނިންމެވުމަށްފަހު ވަގުތީ އަމުރަށް ޖަވާބުދާރީވުމަށް ފުރުސަތު ދީފައިނުވާކަން ކުންފުނީގެ ޤާނޫނީ ޓީމުން ފާހަގަ ކޮށްފައިވެއެވެ.

މި މައްސަލަ ނުބަލަން ނިންމާފައިވާކަން ބަޔާންކޮށް ހޮނިހިރު ދުވަހު ޖޭއެސްސީން ނެރުނު ބަޔާނެއްގައި ބުނީ، އެ މައްސަލާގައި ފަހުމު ކޮށްފައިވާ ކަންކަމަށް ބަލާއިރު، ފަނޑިޔާރުގެ ސުލޫކަށް އަސަރު ކުރާފަދަ ކަމެއް ފާހަގަވެފައި ނުވާތީ، އެ މައްސަލަ ނުބަލަން ކޮމިޝަނުގެ ބައްދަލުވުމުގައި ނިންމާފައިވާ ކަމަށެވެ.

މި މައްސަލަ ޖޭއެސްސީން ބޭރުކޮށްފައިވާއިރު، ބޮޑުފިނޮޅުގައި ބިދޭސީންތަކެއް ހިންގި ހަމަނުޖެހުމާ ގުޅިގެން އާރް.އައި.އެކްސް ޕްރައިވެޓް ލިމިޓެޑްގެ މައްޗަށް ދައުވާ ކުރެވޭ މައްސަލައަކީ ބ ތުޅާދޫ މެޖިސްޓްރޭޓް ކޯޓަށް ބެލޭނެ މައްސަލައެއްވެސް ނޫން ކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ.

އެގޮތުން ދިވެހި ރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގެ 69 ވަނަ މާއްދާއަށް އަލިއަޅުވާލައްވާ ކުންފުނިން ބުނީ، ޤާނޫނުގައި މެޖިސްޓްރޭޓް ކޯޓުގެ ސަރަޙައްދީ އިޙުތިޞާސްތައް ބަޔާން ކޮށްފައިވާއިރު، މެޖިސްޓްރޭޓް ކޯޓަށް ހުށައެޅޭނީ އެ ކޯޓަކީ ދައުވާ ލިބޭ ފަރާތުގެ ދާއިމީ އެޑްރެސް ހުންނަ ދާއިރާގެ ކޯޓަކަށްވުމުން ކަމަށެވެ. އެހެން ނަމަވެސް އާރް.އައި.އެކްސް ޕްރައިވެޓް ލިމިޓެޑް ރަޖިސްޓްރީ ކުރެވިފައި ވަނީވެސް އަދި ކުންފުނީގެ ހެޑް އޮފީސް ހިންގަމުން ދަނީވެސް ކ މާލޭ އެޑްރެހެއްގައިކަން ބަޔާން ކޮށްފައިވެއެވެ.

އެކަމާ ގުޅޭގޮތުން ރާއްޖެއެމްވީއަށް މައުލޫމާތު ދެއްވަމުން ކުންފުނީގެ ޤާނޫނީ ވަކީލު ވިދާޅުވީ، މި މައްސަލަ ތުޅާދޫ މެޖިސްޓްރޭޓް ކޯޓުގައި ކުރިއަށް ނުގެންދެވޭނެ ކަމަށާއި، މައްސަލަ ކުރިއަށް ގެންދަން ޖެހޭނީ ސިވިލް ކޯޓުގައި ކަމަށެވެ.

ބޮޑުފިނޮޅުގައި ބިދޭސީން މުޒާހަރާ ކޮށްފައިވަނީ މުސާރަ ނުދޭތާ ގިނަ ދުވަސްތަކެއް ވުމުން އެކަމާއި ހިތްހަމަނުޖެހިގެންނެވެ. އެގޮތުން ޖުލައި ދެވަނަ ދުވަހުގެ ހެނދުނު 09:30 ހާއިރު އެ ރިސޯޓުގައި މަސައްކަތް ކުރާ 15 ދިވެހިން ރިސޯޓުން ފޭބުމަށް މަސައްކަތް ކުރުމުން އެ ރިސޯޓުގައި ތިބި 203 ބިދޭސީ މަސައްކަތްތެރިންގެ ބަޔަކު އެކަމަށް ހުރަސް އަޅާ، އެމީހުން ރިސޯޓުން ފޭބިޔަ ނުދިން ކަމުގައި މައުލޫމާތު ފުލުހުންނަށް އޭރު ލިބުނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
0%
0%
0%
0%
0%
0%
ކޮމެންޓް
ގުޅުންހުރި