ކ. މާލެ
|
19 ޖުލައި 2020 | އާދީއްތަ 15:40
ގަޑިއަކު 55 މޭލުގެ ބާރުމިނަށް ވައިގަދަވާނެ ކަމަށް ލަފާކޮށްފައިވޭ- ކަނޑުދަތުރު ކުރާ ފަރާތްތަކުން ސަމާލުވުމަށް ވަނީ އެދިފައި
ގަޑިއަކު 55 މޭލުގެ ބާރުމިނަށް ވައިގަދަވާނެ ކަމަށް ލަފާކޮށްފައިވޭ- ކަނޑުދަތުރު ކުރާ ފަރާތްތަކުން ސަމާލުވުމަށް ވަނީ އެދިފައި
ރާއްޖެއެމްވީ
މޫސުމާބެހޭ ޤައުމީ އިދާރާ
ލ އަތޮޅުން އައްޑޫ ސިޓީއަށް ޔެލޯ އެލަރޓް ނެރެފި
 
ވިލާގަނޑުގައި ގަޑިއަކު 55 މޭލުގެ ބާރުމިނަށް ވައިގަދަވާނެ
 
މި ވަގުތުތަކުގައި ބޯކޮށް ވާރޭ ވެހޭނެކަމަށް ލަފާކޮށްފައިވޭ
 
އެލަރޓް ނެރިފައިވަނީ ހޮނިހިރު ދުވަހުގެ ހަވީރު 15:15ން ފެށިގެން 19:30ށް

ކަނޑު ގަދަވެ އުދައަރާނެ ކަމަށް ލަފާ ކުރެވޭތީ ލ އަތޮޅުން ފެށިގެން އައްޑޫ ސިޓީއަށް ޔެލޯ އެލަރޓް ނެރެފިއެވެ.

މޫސުމާބެހޭ ޤައުމީ އިދާރާއިން ބުނީ، ހޮނިހިރު ދުވަހުގެ ހަވީރު 15:15ން ފެށިގެން 19:30ށް ލ އަތޮޅުން އައްޑޫ ސިޓީއަށް ޔެލޯ އެލަރޓް ނެރެފައިވާ ކަމަށެވެ. އެގޮތުން މި ވަގުތުތަކުގައި ބޯކޮށް ވާރޭ ވެހޭނެކަމަށް ލަފާކޮށްފައިވާއިރު، ގަޑިއަކު 25 މޭލާއި، 30 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށް ވަނީ ލަފާކޮށްފައެވެ.

އޭގެ އިތުރުން، ވިލާގަނޑުގައި ގަޑިއަކު 55 މޭލުގެ ބާރުމިނަށް ވައިގަދަވާނެ ކަމަށް ލަފާ ކޮށްފައިވާއިރު، ކަނޑު ގަދަވެ ބައެއް ރަށްރަށަށް އުދަ އަރާނެ ކަމަށް ވަނީ ބެލެވިފައެވެ.

މޫސުމާބެހޭ ޤައުމީ އިދާރާއިން ވަނީ ކުރިއަށް އޮތް 48 ގަޑިއިރު ތެރޭގައި ރާއްޖޭގެ ސަރަޙައްދުތަކުގައި ވައިގަދަވެ، ކަނޑުތައް ވެސް ގަދަވާނެ ކަމަށް ލަފާ ކުރެވޭތީ ކަނޑުދަތުރު ކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް އިލްތިމާސްކޮށްފައެވެ. އެގޮތުން ފާއިތުވި ވަގުތުތަކުގައި ވެސް ކަނޑުމަތީގެ ނުރައްކާތެރި ހާދިސާތައް ވަނީ ހިނގާފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: ސިމާހާ ނަސީމް
0%
0%
0%
0%
0%
0%
ކޮމެންޓް
ގުޅުންހުރި