ކ. މާލެ
|
18 ޖުލައި 2020 | ހޮނިހިރު 22:30
ޓެގް ޓީމުގެ ޑޮކްޓަރ އަހުމަދު ޝަހީދު - ޑރ ވަނީ ކޮވިޑް-19 އާ ގުޅިގެން އަޅަމުންދާ ފިޔަވަޅުތަކަށް ބޯލެނބުމަށް އެދިފައި
ޓެގް ޓީމުގެ ޑޮކްޓަރ އަހުމަދު ޝަހީދު - ޑރ ވަނީ ކޮވިޑް-19 އާ ގުޅިގެން އަޅަމުންދާ ފިޔަވަޅުތަކަށް ބޯލެނބުމަށް އެދިފައި
ކޮވިޑް-19 ރާއްޖޭގެ ޙާލަތު
ފްލޫ ކްލިނިކްތަކުން ނަގާ ސާމްޕަލްތަކުން ޕޮޒިޓިވްވާ މީހުންގެ އަދަދު އިތުރުވަނީ
 
ފްލޫ ކްލިނިކަށް ދައްކާ ހުރިހާ އެންމެން މިބައްޔަށް ޓެސްޓް ކުރާނެ
 
އަލާމާތެއް ފެންނަ ނަމަ ފްލޫ ކްލިނިކަށް ގޮސް ޓެސްޓް ކުރުމަށް އެދިފައިވޭ
 
ކޮވިޑް-19 ފެތުރޭ ނިސްބަތްވެސް ދަނީ އިތުރުވަމުން

ފްލޫ ކްލިނިކްތަކުން ނަގާ ސާމްޕަލްތަކުން ޕޮޒިޓިވްވާ މީހުންގެ އަދަދު މަތިވެފައިވާ ކަމަށް ކޮވިޑް-19 ގެ ޓެކްނިކަލް އެޑްވައިސަރީ ގްރޫޕް (ޓެގް)އިން ބުނެފިއެވެ.

ހޮނިހިރު ދުވަހުގެރޭ ހެލްތް އިމަރޖެންސީ އޮޕަރޭޝަންސް ސެންޓަރ (އެޗްއީއޯސީ)ގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޓެގް ޓީމުގެ ޑޮކްޓަރ އަހުމަދު ޝަހީދު ވިދާޅުވީ، ކުރިއާ އަޅާބަލާއިރު ފްލޫ ކްލިނިކްތަކުން ނަގާ ސާމްޕަލްތަކުން ޕޮޒިޓިވްވާ މީހުންގެ އަދަދުތައް މަތިވެފައިވާ ކަމަށެވެ. އަދި ޖުމުލަކޮށް ބަލާއިރު، ކޮވިޑް-19 ފެތުރޭ ނިސްބަތްވެސް އިތުރުވަމުންދާ ކަމަށް ޑޮކްޓަރ ޝަހީދު ވިދާޅުވިއެވެ.

ޑރ ވިދާޅުވީ، މި އަދަދުތައް ދަށް ކުރުމަށްޓަކައި އަޅާފައިވާ ފިޔަވަޅުތަކަށް ބޯލެނބުމަކީ މުހިއްމު ކަމެއް ކަމަށެވެ. އަދި ބަލީގެ އަލާމާތެއް ފެންނަ ނަމަ ފްލޫ ކްލިނިކަށް ގޮސް ޓެސްޓް ކުރުމާއި، ކަރަންޓީންގައި ތިބޭ މީހުންވެސް ކަރަންޓީންގެ އުސޫލުތަކަށް ބޯލެނބުމުގެ މުހިއްމުކަން ޑރ ޝަހީދު ފާހަގަ ކުރެއްވިއެވެ.

އޭގެ އިތުރުން، ކޮންމެހެން ޒަރޫރީ ބޭނުމެއްގައި މެނުވީ މާލެއިން ރަށްރަށަށް ދަތުރު ނުކުރުމަށްވެސް ޑރ ޝަހީދު އިލްތިމާސް ކުރެއްވިއެވެ.

މިވަގުތުވެސް މުޅި ރާއްޖޭގައި 20ށް ވުރެ ގިނަ ފްލޫ ކްލިނިކްތައް އެބަހުއްޓެވެ. އަދި ކޮވިޑް-19 ގެ ކޮމިއުނިޓީ ސްޕްރެޑެއް ފެނުމާއެކު ގިނަ އަދަދެއްގެ ބަޔަކު ފްލޫ ކުލިނިކްތަކަށް ދައްކަމުންދެއެވެ.

ކޮވިޑް-19 އާ ގުޅިގެން ރާއްޖޭގެ އެކި ހިސާބުތަކުގައި ފްލޫ ކުލިނިކްތައް ހެދިފައިވާއިރު ބަލީގެ އަލާމާތެއް ހުންނަނަމަ އެތަންތަނަށް ދެއްކުމަށް އެޗްޕީއޭއިން ވަނީ އިރުޝާދު ދީފަ އެވެ. ފްލޫ ކްލިނިކްތަކަށް ދައްކަންދާ މީހުން ކޮވިޑް-19 އަށް ޕޮޒިޓިވް ވަމުންދާތީ ފްލޫ ކްލިނިކަށް ދައްކާ ހުރިހާ އެންމެން މިބައްޔަށް ޓެސްޓް ކުރުމަށް މިހާރު ވަނީ ނިންމާފަ އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
0%
0%
100%
0%
0%
0%
ކޮމެންޓް