ކ. މާލެ
|
18 ޖުލައި 2020 | ހޮނިހިރު 19:42
ބޮޑުފިނޮޅުގައި ހިންގި ހަމަނުޖެހުން ކޮންޓްރޯލް ކުރަން ދިޔަ ފުލުހުން އެ ރަށުގައި ހަރަކަތްތެރިވަނީ
ރާއްޖެއެމްވީ
ބޮޑުފިނޮޅުގައި ބިދޭސީން ހިންގި ހަމަނުޖެހުން
ބޮޑުފިނޮޅުގައި ހަމަނުޖެހުން ހިންގި ބިދޭސީންގެ ބަންދަށް އަނެއްކާވެސް 15 ދުވަސް
 
ރަހީނުކުރީ 12 ދިވެހިން
 
ފުރަތަމަ މުއްދަތު ޖަހާފައިވަނީ މިހިނގާ ޖުލައި މަހުގެ 4 ވަނަ ދުވަހު
 
މައްސަލާގައި ހައްޔަރު ކޮށްފައިވަނީ 19 ބިދޭސީން

ބ. އަތޮޅުގައި ރިސޯޓެއްގެ ގޮތުގައި ތަރައްގީ ކުރަމުން އަންނަ ބޮޑުފިނޮޅުގައި، ބިދޭސީންތަކެއް ހަމަނުޖެހުން ހިންގައި އެ ތަނުގައި ތިބި ދިވެހިިންތަކެއް ރަހީނުކުރި މައްސަލާގައި ހިމެނޭ މީހުންގެ ބަންދަށް އަނެއްކާވެސް 15 ދުވަސް ޖަހައިފިއެވެ.

ބޮޑުފިނޮޅުން ހައްޔަރުކުރި 19 މީހުންގެ ބަންދާމެދު ގޮތެއް ނިންމަން އޭދަފުށީ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން ހޯމް މިނިސްޓީން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބައިތިއްބައިގެން ތަހުގީގު ކުރިޔަށް ގެންދަން 15 ދުވަހުގެ މުއްދަތު ފުރަތަމަ ޖަހާފައިވަނީ މިހިނގާ ޖުލައި މަހުގެ 4 ވަނަ ދުވަހުއެވެ.

އެއަށްފަހު ހޮނިހިރު ދުވަހުވެސް އެމީހުންގެ ބަންދުގެ މުއްދަތު އިތުރުކޮށްދިނުމަށް އެދި ކްރިމިނަލް ކޯޓަށް އެމީހުން ވަނީ ހާޒިރުކޮށްފައެވެ. އެކަމާ ގުޅޭގޮތުން ފުލުހުން ބުނީ، 19 ބިދޭސީންގެ ބަންދުގެ މުއްދަތު އިތުރުކުރުމަށް ކްރިމިނަލް ކޯޓަށް ގެންދިއުމުން، ހޯމް މިނިސްޓީން ކަނޑައަޅާ ތަނެއްހައި ބަންދުގައި ބައިތިއްބައިގެން ތަހުގީގު ކުރިޔަށް ގެންދަން 15 ދުވަހުގެ މުއްދަތު ޖަހާފައިވާ ކަމަށެވެ.

ބޮޑުފިނޮޅުގައި ބިދޭސީންތަކެއް ހަޅުތާލުކުރަން ފެށީ، އެ މީހުންނަށް ދޭން ޖެހޭ މުސާރަ ނުލިބޭތީއެވެ. އެ ނުތަނަވަސް ކަމުގައި ބިދޭސީން ވަނީ އެ ރަށުގެ ތަކެއްޗަށް ގެއްލުންދީ، އެ ތަނުގައި މަސައްކަތްކުރަމުން ދިޔަ ދިވެހިންތަކެއް ރަށުން ފައިބަން އުޅެނިކޮށް ހުރަސް އަޅާ އެ މީހުން ރަހީނު ކޮށްފައެވެ. އެހެން ނަމަވެސް، ފުލުހުން ވަނީ އެ ދުވަހުގެ ފަތިހުގެ ވަގުތެއްގައި ރަށަށް އަރާ ދިވެހިން ސަލާމަތް ކޮށްފައެވެ.

އެ ރަށަށް ފުލުހުން އަރަން އުޅުމުން، ދަނގަޑުތަކެއް ފުލުހުންގެ ލޯންޗަށް ބިދޭސީން އުކަމުންދިޔަ މަންޒަރު ފެންނަ ވީޑިއޯއެއް އާއްމުވިއެވެ. ނަމަވެސް ބިދޭސީންގެ ވަކީލު ވިދާޅުވި ގޮތުގައި، ފުލުހުންނާ ދިމާލަށް ގަލާއި، ދަގަނޑު އުކީ އެއީ ރަށަށް މާރާމާރީ ހިންގަން އައި ބައެއް ކަމަށް ހީކޮށް ކަމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
0%
0%
0%
0%
0%
0%
ކޮމެންޓް