ކ. މާލެ
|
18 ޖުލައި 2020 | ހޮނިހިރު 19:16
ހޮނިހިރު ދުވަހު އިއްތިހާދުގެ ފްލައިޓް ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގައި ޖައްސަނީ
ހޮނިހިރު ދުވަހު އިއްތިހާދުގެ ފްލައިޓް ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގައި ޖައްސަނީ
އެމްއޭސީއެލް
އިއްތިހާދުގެ ފްލައިޓުތައް ރާއްޖެ އައުން
4 މަހުގެ މެދުކެނޑުމަކަށްފަހު އިއްތިހާދުގެ ފުރަތަމަ ފްލައިޓް ވެލާނާ އެއާޕޯޓަށް!
 
ބޯޑަރު ބަންދުކުރީ މާރޗު މަހުގެ 27 ވަނަ ދުވަހު
 
ބޯޑަރު އަލުން ހުޅުވާލީ މިހިނގާ ޖުލައި މަހުގެ 15 ވަނަ ދުވަހު
 
އިއްތިޙާދުގެ ފްލައިޓުތަކަށް އެމްއޭސީއެލް އިން ވަނީ މަރުޙަބާ ކިޔާފައި

ހަތަރު މަހުގެ މެދުކެނޑުމަކަށް ފަހު އިއްތިހާދުގެ ފުރަތަމަ ކޮމަރޝަލް ފްލައިޓް ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގައި ޖައްސައިފިއެވެ.

ކޮވިޑް-19 އާ ގުޅިގެން ރާއްޖޭގެ ބޯޑަރު ބަންދުކޮށްފައި އޮތުމަށްފަހު، މިހިނގާ ޖުލައި މަހުގެ 15 ވަނަ ދުވަހު އަލުން ބޯޑަރު ހުޅުވާލާފައިވާއިރު، ހޮނިހިރު ދުވަހު ވަނީ އިއްތިހާދުގެ ފްލައިޓް ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގައި ޖައްސާފައެވެ. އެކަމާ ގުޅިގެން މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީން ކުރި ޓްވީޓެއްގައި ވަނީ އިއްތިޙާދުގެ ފްލައިޓުތަކަށް މަރުޙަބާ ކިޔާ ކަމަށް ބުނެފައެވެ.

ކޮވިޑް-19 ޕެންޑަމިކްއާ ގުޅިގެން ރާއްޖޭގެ ބޯޑަރު ހުޅުވާލާފައިވަނީ ތިން މަހަށްވުރެ ގިނަ ދުވަހު ބަންދުކޮށްފައި އޮތުމަށް ފަހުއެވެ.

ރާއްޖޭގެ ބޯޑަރު ހުޅުވާލުމައެކު ފުރަތަމަ ޖައްސާފައިވަނީ ގަތަރު އެއަރވޭސްގެ ފްލައިޓެކެވެ. ރާއްޖޭގެ ބޯޑަރު އަލުން ހުޅުވާލުމާއެކު އޮން އެރައިވަލް ވިސާ ހަމަޖައްސާ އިރު ވަކި ގައުމެއް އިސްތިސްނާ ނުވާ ގޮތަށް ހުރިހާ ގައުމަކަށް ވެސް އޮން އެރައިވަލް ވިސާ ދޫކުރުމަށް ވަނީ ނިންމާފައެވެ.

ކޮވިޑް-19 ރާއްޖެއިން ފެނުމާ ގުޅިގެން ބޯޑަރު ބަންދުކުރީ މާރޗު މަހުގެ 27 ވަނަ ދުވަހު އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
0%
75%
25%
0%
0%
0%
ކޮމެންޓް