ކ. މާލެ
|
18 ޖުލައި 2020 | ހޮނިހިރު 18:45
ނައިބް ރައީސް ފައިސަލް ނަސީމާއި، ޕްލޭނިންގ މިނިސްޓަރ އަސްލަމް އެމްޓީސީސީގެ އިސްވެރިންނާ ބައްދަލު ކުރައްވަނީ
ނައިބް ރައީސް ފައިސަލް ނަސީމާއި، ޕްލޭނިންގ މިނިސްޓަރ އަސްލަމް އެމްޓީސީސީގެ އިސްވެރިންނާ ބައްދަލު ކުރައްވަނީ
އެމްޓީސީސީ
އެމްޓީސީސީން ހިންގަމުންދާ މަޝްރޫއުތައް
ނައިބް ރައީސް އެމްޓީސީސީގެ އިސްވެރިންނާ ބައްދަލު ކުރައްވައިފި
 
އެމްޓީސީސީން އަންނަނީ މިވަގުތުވެސް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތަރައްޤީގެ މަޝްރޫއުތައް ހިންގަމުން
 
ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހިނގަމުންދާ ތަރައްޤީގެ މަޝްރޫއުތަކާ ބެހޭގޮތުން މަޝްވަރާ ކުރެއްވި
 
ޕްލޭނިންގ މިނިސްޓަރ އަސްލަމްވެސް ބައިވެރިވެވަޑައިގެންނެވި

މޯލްޑިވްސް ޓްރާންސްޕޯރޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ)ގެ އިސްވެރިންނާ ނައިބް ރައީސް ފައިސަލް ނަސީމް ބައްދަލުކުރައްވައިފިއެވެ.

އާދިއްތަ ދުވަހު އޮތް މި ބައްދަލުވުމުގައި މިނިސްޓަރ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ މުޙައްމަދު އަސްލަމްވެސް ބައިވެރިވެ ވަޑައިގެންނެވިއެވެ.

އެމްޓީސީސީން ބުނީ، މި ބައްދަލުކުރެއްވުމުގައި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހިނގަމުންދާ ތަރައްޤީގެ މަޝްރޫއުތަކާ ބެހޭ މައުލޫމާތުތައް އޮޅުން ފިލުވާފައިވާ ކަމަށެވެ. އެގޮތުން މިވަގުތު ހިނގަމުންދާ ފުވައްމުލައް ސިޓީގެ އެތެރޭ މަގުތައް ހެދުމުގެ މަޝްރޫޢުއާއި، ހދ. ހަނިމާދޫ މަގުތައް ހެދުމުގެ މަޝްރޫޢުގެ ފަހުގެ މައުލޫމާތުތައް އެމްޓީސީސީގެ އިސްވެރިން ނައިބް ރައީސްއާ ހިއްސާ ކުރައްވާފައިވާ ކަމަށް އެމްޓީސީސީން ބުނެއެވެ.

އެމްޓީސީސީން އަންނަނީ މިވަގުތުވެސް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތަރައްޤީގެ ގިނަ މަޝްރޫއުތައް ހިންގަމުންނެވެ. އެގޮތުން ރަށްރަށުގެ ބަނދަރު ހެދުމާއި، މަގުތައް ހެދުމުގެ އިތުރުން، ގޮނޑުދޮށްތައް ހިމާޔަތް ކުރުމުގެ މަޝްރޫއުތައްވެސް ހިމެނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
0%
0%
0%
0%
0%
0%
ކޮމެންޓް