ކ. މާލެ
|
18 ޖުލައި 2020 | ހޮނިހިރު 14:00
މިއަދު އަނބުރާ ގައުމަށް ފޮނުވާލި ބަންގުލަދޭޝް މީހުން ވެލާނާ އެއަރޕޯޓު ތެރޭގައި މަޑުކޮށްލައިގެން
މިއަދު އަނބުރާ ގައުމަށް ފޮނުވާލި ބަންގުލަދޭޝް މީހުން ވެލާނާ އެއަރޕޯޓު ތެރޭގައި މަޑުކޮށްލައިގެން
މޯލްޑިވިއަން
ބަންގުލަދޭޝް މީހުން ގައުމަށް ފޮނުވާލުން
ބަންގްލަދޭޝްގެ އިތުރު 200 މީހަކު ފުރުވާލައިފި
 
މި އަހަރު ތެރޭގައި 20000 ބިދޭސީން ގައުމަށް އަނބުރާ ފޮނުވާލުމަަށް ވަނީ ނިންމާފައި
 
މިހާތަނަށް 2500ށް ވުރެ ގިނަ މީހުން ވަނީ ފުރުވާލާފައި

ރާއްޖޭގައި ތިބި ބިދޭސީން ގައުމަށް ފޮނުވާލުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ތެރެއިން ބަންގްލަދޭޝްގެ އިތުރު 200 މީހަކު ފުރުވާލައިފިއެވެ.

މި މީހުން ފުރުވާލާފައިވަނީ ހޮނިހިރު ދުވަހުގެ ހެނދުނު ގައުމީ އެއާލައިން، މޯލްޑިވިއަންގެ ފްލައިޓެއްގައެވެ. ބިދޭސީން ފޮނުވާލުމުގެ މަސައްކަތް ފަށާފައިވަނީ ކޮވިޑް-19އާ ގުޅިގެން މާލެ ލޮކްޑައުންކުރި ހިސާބުންނެވެ. މި ލޮކްޑައުން ތެރޭގައި ގަވާއިދާ ހިލާފަށް އުޅެމުންދިޔަ 2500ށް ވުރެ ގިނަ ބިދޭސީން އަނބުރާ އެމީހުންގެ ގައުމަށް ވަނީ ފޮނުވާލާފައެވެ.

މީގެ އިތުރުން ބުރާސްފަތި ދުވަހުގެ ހެނދުނު ގައުމީ އެއާލައިން، މޯލްޑިވިއަންގެ ފްލައިޓެއްގައި 152 މީހަކު ވަނީ އަނބުރާ ގައުމަށް ފޮނުވާލާފައެވެ.

ރާއްޖޭގައި މަސައްކަތް ކުރާ ބިދޭސީންގެ ތެރެއިން ލައްކައަކާއި ގާތްކުރާ އަދަދަކަށް ގަވާއިދާ ހިލާފަށް ބިދޭސީން އުޅެމުން އަންނަ ކަމަށް ސަރުކާރުން ވަނީ ހާމަކޮށްފައެވެ. މުޅި މައްސަލައަށް ހައްލެއް ގެނައުމުގެ ގޮތުން އިކޮނޮމިކް މިނިސްޓްރީން ދަނީ މިހާރުވެސް މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން އިކޮނޮމިކް މިނިސްޓަރ ވަނީ އަމާޒަކީ މި އަހަރުގެ ތެރޭގައި 20،000 ބިދޭސީން އެ މީހުންގެ ރުހުމުގައި އަނބުރާ ގައުމަށް ފޮނުވާލުން ކަމަށް ވިދާޅުވެފައެވެ.

ބިދޭސީން ލައްވާ މަސައްކަތް ކުރުވައި އެ މީހުންނަށް މުސާރަ ނުދޭ މައްސަލަތައްވެސް އަންނަނީ މި ފަހަކަށް އައިސް އިތުރުވަމުންނެވެ. މުސާރަ ނުލިބޭ މައްސަލައިގައި ބިދޭސީން ބައެއް މުޒާހަރާތައް ކޮށްފައިވާއިރު، މިފަހުން ހިނގި މުޒާހަރާތަކުގައި ބައެއް ހަމަނުޖެހުން ހިނގާފައިވެއެވެ.

މި މުޒާހަރާތައް ކޮންޓްރޯލް ނުކުރެވިއްޖެނަމަ، ގައުމީ ސަލާމަތަށް ނުރައްކަލެއް ކުރިމަތި ވެދާނެ ކަމަށް ފުލުހުން ވަނީ ބުނެފައެވެ. އަދި މި މައްސަލައާ ގުޅިގެން މަޖިލިހަށް ހުށައަޅާފައިވާ ކުއްލި މައްސަލައިގައި މެމްބަރުން ވެސް ވަނީ މި މައްސަލައަށް އަވަސް ހައްލެއް ގެންނަން ޖެހޭ ކަމަށް ވިދާޅުވެފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
0%
0%
0%
0%
33%
67%
ކޮމެންޓް
18 ޖުލައި 2020 | ހޮނިހިރު 21:44
މާތްކަލާކޯ ތިމީހުން ނުފޮނުވާ ރަށަށް. ޢުޅޭނެ ތަންދީފަ ރެސިޑެންސީދީފަ ބައިތިއްބާ. ތީ ވަރަށް މާތް ބައެއް. ޑިވެހިން ގަނަތެޅުނަސް ތިމީހުންވާނެ އިއްޒަތުގަ ބައިތިއްބަން.
18 ޖުލައި 2020 | ހޮނިހިރު 14:20
ފެކްޓްސް
އަދި އަމިއްލަގޮތުން އައިސްގެން އުޅެ! އެގޮތައްވެސް އާދެވިގެން ނުވާނެ! އެކަންވެސް އެބަޖެހޭ ބެލެން. މިތާގައި ބިދޭސީން ތިބެންޖެހޭނީ މިތަނާއި އެކަށީގެންވާ ޢަދަދަކަށް. ކުންފުނިތަކުން ހަމައެކަނި އެމީހުންގެ ވިޔާފާރި ފުޅަކުރަން ގެނެވިގެން ނުވާނެ! މިހާރުވެސް އެއް ކުންފުންޏަކުން އެތައް ޕޮރޮޖެކްޓްތަކެއް ނަގައިގެން އުޅެނީ. އެކަންކަންވެސް ރަނޣަޅަކަށް ވަނީކީނީން. ނުވާވަރުން ޕޮރޮޖެކްޓްތައް ނަގައިގެން ބަންގާޅީން އޮއްސައިގެން އެމީހުންނަށް މުސާރަވެސް ދެވެނީކީ ކޫން! ހުސް މިމީހުންނަށް ލާރިވަންނަގޮތް ވިސްނަނީ. މިކަންކަން ބަލާ މޮނިޓަރ ކުރާނެ ބައެއްނެތް!
ގުޅުންހުރި
ފަނޑިޔާރުންގެ ޖަމިއްޔާގައި އަންހެން ފަނޑިޔާރުންގެ ގޮތްޕެއް ހަދަން ނިންމައިފި
މަސްތުވާތަކެތީގެ މައްސަލައިގައި ބަންދުގެ މުއްދަތު ޖަހަން ގެންދިޔުމުން ބުނީ އެއީ ދޮންބައްޕަގެ އެއްޗެއްކަމަށް
މަސްތުވާތަކެތި ގެންގުޅެ ވިޔަފާރިކުރުމުގެ ތުހުމަހުގައި ބައިލައްކައަށްވުރެ ގިނަ ރުފިޔާއާއެކު މީހަކު އަތުލައިގަނެފި
މަސައްކަތްތެރިންގެ ދުވަހު ބޭނުންވަނީ ސިޔާސީ ނުފޫޒުން ވަޒީފާތަކުން ވަކިނުކުރާނެކަމުގެ ޔަގީންކަން
މަސައްކަތުގެ މާޙައުލުގެ ރައްކާތެރިކަމާއި ޞިއްޙީ ކަންކަން ކަށަވަރުކުރުމަށް ގޮވާލައިފި
ކުށުގެ ވެށިން ނަގާ ކުދިން 18 އަހަރުވުމުން ފުލުހުންގެ ޚިދުމަތުގައި ނުވަތަ ސިފައިންގޭގައި މަަސައްކަތްކުރަންޖެހޭ ގޮތަށް ކަނޑައަޅަނީ
މަސައްކަތްތެރިންގެ ހައްގުތައް ކަށަވަރުކޮށް ސިޔާސީ ފިކުރަށް ބަލައި މުވައްޒަފުން ވަޒީފާއިން ވަކިނުކުރުމަށް އެމްޑީޕީން ގޮވާލައިފި
އެމްޑީޕީން އަބަދުވެސް މަސައްކަތްތެރިންގެ ހައްގުގައި މަސައްކަތްކުރާނެ: ރައީސް ސާލިހު