ކ. މާލެ
|
17 ޖުލައި 2020 | ހުކުރު 22:12
ރާއްޖެއިން ފެންނަމުންދާ ކޭސްތަކާއި ގުޅިގެން ކޮންޓެކްޓް ޓްރޭސިންގއާއި، ރެންޑަމް ސާމްޕަލް ނެގުން އަދިވެސް ދަނީ ކުރިއަށް
ރާއްޖެއިން ފެންނަމުންދާ ކޭސްތަކާއި ގުޅިގެން ކޮންޓެކްޓް ޓްރޭސިންގއާއި، ރެންޑަމް ސާމްޕަލް ނެގުން އަދިވެސް ދަނީ ކުރިއަށް
ރާއްޖެއެމްވީ
ކޮވިޑް-19 ރާއްޖޭގެ ޙާލަތު
ހުކުރު ދުވަހު ޕޮޒިޓިވްވީ 14 މީހުން، އެކަކު ބަލިން ރަނގަޅުވި
 
ޕޮޒިޓިވްވި މީހުންގެ ތެރެއިން 10 މީހުންނަކީ ދިވެހިން
 
32 މީހަކަށް ކަރަންޓީން ފެސިލިޓީތަކުގައި ފަރުވާ ދެމުންދޭ
 
ރާއްޖެއިން ބަލި ފެނުނުތާ 132 ދުވަސް ވަނީ ވެފަ

ރާއްޖެއިން އިތުރު 14 މީހުން ކޮވިޑް-19އަށް ޕޮޒިޓިވްވެއްޖެއެވެ.

ހުކުރު ދުވަހު ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭއިން) ކުރި ޓްވީޓެއްގައި ބުނީ، ހުކުރު ދުވަހުގެ ހަވީރު 6:00 ގެ ނިޔަލަށް އިތުރު 14 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާ ކަމަށާއި، އޭގެ ތެރެއިން 10 މީހުންނަކީ ދިވެހިން ކަމަށެވެ. އެއާއެކު ރާއްޖެއިން ޕޮޒިޓިވްވި މީހުންގެ ޖުމުލަ އަދަދު ވަނީ 2913ށް އަރާފައެވެ.

އޭގެ އިތުރުން، ބަންގްލަދޭޝްއަށް ނިސްބަތްވާ 3 މީހަކާއި، އިންޑިއާއަށް ނިސްބަތްވާ މީހެއްވެސް އޭގެ ތެރޭގައި ހިމެނެއެވެ.

ހުކުރު ދުވަހު އިތުރު މީހަކު ބަލިން ރަނގަޅުވެފައިވާއިރު، މިހާތަނަށް ރާއްޖެއިން ބަލި ޖެހިގެން ރަނގަޅު ކުރެވުނު މީހުންގެ އަދަދު ވަނީ 2340ށް އަރާފައެވެ. އަދި މިވަގުތުގެ އެކްޓިވް ކޭސްތަކުގެ އަދަދަކީ 543 އެވެ.

މިވަގުތުވެސް ރާއްޖެއިން 459 މީހަކު އައިސޮލޭޝަން ފެސިލިޓީތަކުގައި ފަރުވާ ދެމުންދާއިރު، 32 މީހަކަށް ކަރަންޓީން ފެސިލިޓީތަކުގައި ފަރުވާ ދެމުންދެއެވެ.

ރާއްޖެއިން ކޮވިޑް-19 ގެ ކޭސްއެއް އެންމެ ފުރަތަމަ ފެނުނުތާ މިއަދަށް 132 ދުވަސް ވެފައިވާއިރު، ކުރިއާ އަޅާ ބަލާއިރު، މިހާރު ފެންނަ ކޭސްތަކުގައި ގިނައީ ދިވެހިންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
0%
50%
0%
0%
50%
0%
ކޮމެންޓް
ގުޅުންހުރި
މަސްތުވާތަކެތީގެ މައްސަލައިގައި ބަންދުގެ މުއްދަތު ޖަހަން ގެންދިޔުމުން ބުނީ އެއީ ދޮންބައްޕަގެ އެއްޗެއްކަމަށް
މަސްތުވާތަކެތި ގެންގުޅެ ވިޔަފާރިކުރުމުގެ ތުހުމަހުގައި ބައިލައްކައަށްވުރެ ގިނަ ރުފިޔާއާއެކު މީހަކު އަތުލައިގަނެފި
މަސައްކަތްތެރިންގެ ދުވަހު ބޭނުންވަނީ ސިޔާސީ ނުފޫޒުން ވަޒީފާތަކުން ވަކިނުކުރާނެކަމުގެ ޔަގީންކަން
މަސައްކަތުގެ މާޙައުލުގެ ރައްކާތެރިކަމާއި ޞިއްޙީ ކަންކަން ކަށަވަރުކުރުމަށް ގޮވާލައިފި
ކުށުގެ ވެށިން ނަގާ ކުދިން 18 އަހަރުވުމުން ފުލުހުންގެ ޚިދުމަތުގައި ނުވަތަ ސިފައިންގޭގައި މަަސައްކަތްކުރަންޖެހޭ ގޮތަށް ކަނޑައަޅަނީ
މަސައްކަތްތެރިންގެ ހައްގުތައް ކަށަވަރުކޮށް ސިޔާސީ ފިކުރަށް ބަލައި މުވައްޒަފުން ވަޒީފާއިން ވަކިނުކުރުމަށް އެމްޑީޕީން ގޮވާލައިފި
އެމްޑީޕީން އަބަދުވެސް މަސައްކަތްތެރިންގެ ހައްގުގައި މަސައްކަތްކުރާނެ: ރައީސް ސާލިހު
އެމްޓީސީސީގެ މި އަހަރުގެ ފުރަތަމަ ކުއާޓަރގެ އާމްދަނީގެ ގޮތުގައި 644.44 މިލިއަން ރުފިޔާ