ކ. މާލެ
|
17 ޖުލައި 2020 | ހުކުރު 12:55
ކ. މާފުށި ބިން ހިއްކުމުގެ މަޝްރޫއުގެ ތެރެއިން
ކ. މާފުށި ބިން ހިއްކުމުގެ މަޝްރޫއުގެ ތެރެއިން
އެމްޓީސީސީ
މާފުށި ބިން ހިއްކުމުގެ މަޝްރޫއު
ކ. މާފުށި ބިން ހިއްކުމުގެ މަޝްރޫއުގެ 66 އިންސައްތަ މަސައްކަތް ނިމިއްޖެ
 
މަޝްރޫޢުގެ ތެރެއިން 1110 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމަންޓް ޖެހޭނެ
 
މި މަޝްރޫއަށް 99.98 މިލިއަން ރުފިޔާ ހޭދަވާނެ
 
މި މަޝްރޫޢު ފަށާފައިވަނީ މިދިޔަ އަހަރުގެ ޑިސެމްބަރުގައި

ކ. މާފުށި ބިން ހިއްކުމުގެ މަޝްރޫއުގެ 66 އިންސައްތަ މަސައްކަތް ނިމިފައިވާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ.

އެމްޓީސީސީން ބުނީ މާފުށީގެ ބިން ހިއްކުމާއި ގޮނޑުދޮއް ހިމާޔަތްކުރުމުގެ މަޝްރޫޢުގެ ދަށުން ގޮނޑުދޮއް ހިމާޔަތްކުރުމަށް ބޭނުންވާ ބޮޑެތި ގާތައް ޕްރޮޖެކް ސައިޓަށް ގެންގޮސްފައިވާ ކަމަށާއި މި މަޝްރޫޢުގެ ތެރެއިން 25 ހެކްޓަރުގެ ބިން ހިއްކުމުގެ މަސައްކަތް 14 ޖޫން 2020 ގައި ނިމިފައިވާ ކަމަށެވެ.

މި މަޝްރޫޢުގެ ތެރެއިން 1110 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމަންޓް ޖެހޭނެ ކަމަށާއި މި މަޝްރޫއު އަކީ މާފުށީ ރައްޔިތުންނަށް ކުރިމަތިވެފައިވާ ބިމުގެ ދަތިކަމަށް ހައްލެއް ހޯދުމަށް ފަށާފައިވާ ޕްރޮޖެކްޓެއް ކަމަށް އެމްޓީސީސީން ބުންޏެވެ. އަދި އިތުރު ބީޗް އޭރިއާތައް އުފެއްދުމުގެ ގޮތުން އެކުލަވާލައިފާވާ ޕްރެޖެކްޓެއް ކަމަށާއި 27 އޯގަސްޓް 2019 ގައި ހާވާލުކޮށްފައިވާ މި މަޝްރޫއަށް 99.98 މިލިއަން ރުފިޔާ ހޭދަވާނެ ކަމަށް އެމްޓީސީސީން މައުލޫމާތުދެއެވެ.

ކ. މާފުށި ބިން ހިއްކުމުގެ މަޝްރޫއުގެ ތެރެއިން

ގެސްޓްހައުސްގެ ވިޔަފާރި އެންމެ ފުރަތަމަ ތައާރަފްކުރެވުނު އެއް ރަށްކަމުގައިވާ މާފުއްޓަށް ދިމާވެފައިވާ ގޯތި ގެދޮރާއި، ބިމުގެ ދަތިކަމާއި ގޮނޑުދޮށް ސަރަހައްދުގެ ކުޑަކަމާއި، ތޮއްޖެހުމުގެ މައްސަލައަށް ލުއި ހޯދުމަށްޓަކައި މާފުށި ފަޅުން ބައެއް ހިއްކުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ރިޔާސީ ވައުދުފުޅެކެވެ.

0%
100%
0%
0%
0%
0%
ކޮމެންޓް