ކ. މާލެ
|
17 ޖުލައި 2020 | ހުކުރު 12:44
ލ. މާބައިދޫގެ މަޝްރޫއުގެ މަސައްކަތުގެ ތެރެއިން
ލ. މާބައިދޫގެ މަޝްރޫއުގެ މަސައްކަތުގެ ތެރެއިން
އެމްޓީސީސީ
ލ. މާބައިދޫގެ މަޝްރޫއު
ލ. މާބައިދޫގެ އާ ނެރެއް ކެނޑުމުގެ މަސައްކަތް ނިމިއްޖެ: އެމްޓީސީސީ
 
މަޝްރޫޢު ނިމޭނެ ކަމަށް ލަފާ ކުރެވެނީ އޯގަސްޓް މަހުގެ ފުރަތަމަ ހަފްތާ ތެރޭގައި
 
މި މަޝްރޫޢަކީ 16.4 މިލިއަން ރުފިޔާ ހޭދަވާނެ
 
މި މަޝްރޫޢުގެ ދަށުން 17،503.96 ކިއުބިކް މީޓަރުގެ ބަނދަރު ފުންކުރާނެ

ލ. މާބައިދޫގެ އާ ނެރެއް ކެނޑުމުގެ މަސައްކަތް ނިމިފައިވާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ.

އެމްޓީސީސީން ބުނީ ލ. މާބައިދޫގެ އާ ނެރު ހެދުމުގެ މަސައްކަތުގެ 79 އިންސައްތަ ނިމިފައިވާއިރު މި މަޝްރޫޢުގެ ތެރެއިން ކުރީގައި ކަނޑާފައި އިން ނެރު ބަންދު ކުރުމުގެ މަސައްކަތާއި އާ ނެރެއް ކެނޑުމުގެ މަސައްކަތް ވެސް ނިމިފައިވާ ކަަމަށެވެ. އަދި ބްރޭކްވޯޓަރ ހެދުމުގެ މަސައްކަތުގެ 63 އިންސައްތަ ނިންމައި އެއްގަމު ތޮށިން ބޭރު ތޮއްޓަށް އަރާ ފާލަމުގެ ސްލެބް އެޅުމުގެ ތައްޔާރީ މަސައްކަތް ފަށާފައިވާ ކަަމަށެވެ.

މި މަޝްރޫޢުގެ ދަށުން 17،503.96 ކިއުބިކް މީޓަރުގެ ބަނދަރު ފުންކުރުމާއި، 253 މީޓަރުގެ ސަރަހައްދެއްގައި ބްރޭކްވޯޓަރ ލުމާއި، 19 މީޓަރުގެ ސަރަހައްދެއްގައި ސަބް މަރޖް ބްރޭކްވޯޓަރ ލުމާއި، 83 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމަންޓް ޖެހުމާއި ފާލަން އެޅުމާއި ނެރު ބައްތި ހަރުކުރުމުގެ މަސައްކަތް ކުރެވިގެންދާނެއެވެ.

ލ. މާބައިދޫގެ މަޝްރޫއުގެ މަސައްކަތުގެ ތެރެއިން

މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން އެ ކުންފުންޏާއި ހަވާލުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫޢަކީ 16.4 މިލިއަން ރުފިޔާއަށް ހަވާލުކޮށްފައިވާ މަޝްރޫޢެކެވެ.

މި މަޝްރޫޢުގެ އަމަލީ މަސައްކަތް 02 ނޮވެމްބަރ 2019 ގައި ފަށާފައިވާއިރު މަޝްރޫޢު ނިމޭނެ ކަމަށް ލަފާ ކުރެވެނީ އޯގަސްޓް މަހުގެ ފުރަތަމަ ހަފްތާ ތެރޭގައި ކަމަށް އެމްޓީސީސީން މައުލޫމާތުދެއެވެ.

0%
100%
0%
0%
0%
0%
ކޮމެންޓް