ކ. މާލެ
|
17 ޖުލައި 2020 | ހުކުރު 12:34
ތިލަފުށި ހާބަރ ރީހެބިލިޓޭޝަން މަސައްކަތުގެ ތެރެއިން
ތިލަފުށި ހާބަރ ރީހެބިލިޓޭޝަން މަސައްކަތުގެ ތެރެއިން
އެމްޓީސީސީ
ތިލަފުށި ހާބަރ ރީހެބިލިޓޭޝަން މަސައްކަތް
ތިލަފުށީގައި ޒަމާނީ ފެންވަރެއްގެ ސަރަޙައްދީ ކުނި މެނޭޖުކުރާނެ މަރުކަޒެއް ގާއިމުކުރުމުގެ މަސައްކަތް ކުރިއަށް
 
މަސައްކަތްތަކުގެ ތެރޭގައި ވޭސްޓް ޕްރޮސެސިން އޭރިއާއެއް ހެދުން ހިމެނޭ
 
މި މަޝްރޫޢުގެ އަމަލީ މަސައްކަތް ފަށާފައިވަނީ 15 ފެބްރުއަރީ 2020 ގައި
 
މަޝްރޫޢަކީ 135.70 މިލިއަން ރުފިޔާގެ މަޝްރޫއެއް

ކ. ތިލަފުށި ހާބަރ ރީހެބިލިޓޭޝަން މަޝްރޫޢު އަށް ބޭނުންވާ ޓްރެންޗް ބޮލްކް ކާސްޓް ކުރުމުގެ މަސައްކަތާއި، ރިއެންފޯސްމަންޓް މަސައްކަތާއި ކެރެޖްވޭ ހެދުމުގެ މަސައްކަތް ފަށައި ކުރިއަށްދާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ.

އެމްޓީސީސީން ބުނީ ތިލަފުށި ހާބަރ ރީހެބިލިޓޭޝަން މަސައްކަތަކީ ތިލަފުށީގައި ޒަމާނީ ފެންވަރެއްގެ ސަރަޙައްދީ ކުނި މެނޭޖުކުރާނެ މަރުކަޒެއް ގާއިމުކުރުމުގެ ގޮތުން ކުރިއަށްގެންދާ މުހިންމު މަސައްކަތެއް ކަަމަށެވެ.

ތިލަފުށި ހާބަރ ރީހެބިލިޓޭޝަން މަސައްކަތުގެ ތެރެއިން

ހާބަރ ރީހެބިލިޓޭޝަން މަސައްކަތްތަކުގެ ތެރޭގައި ހިމެނެނީ ވޭސްޓް ޕްރޮސެސިން އޭރިއާއެއް ހެދުމާއި އެޑްމިނިސްޓްރޭޝަން ބިލްޑިންގް އެޅުމާއި ވަރކްޝޮޕް އަދި ކޮންސްޓްރަކްޝަނާއި ޑިމޮލިޝަން ވޭސްޓް ޕްލާންޓެއް ޤާއިމުކުރުމުގެ އިތުރުން ރިސައިކްލިންގް ޔާރޑެއް ހެދުމާއި އެންޑް އޮފް ލައިފް ޑިސްމެންޓްލިންގް ވާރކްޝޮޕެއް ހެދުމެވެ.

މިނިސްޓްރީ އޮފް އެންވަޔަރަމަންޓް އެންޑް އެނަރޖީގެ ފަރާތުން އެ ކުންފުންޏާއި ހަވާލުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫޢަކީ 135.70 މިލިއަން ރުފިޔާއަށް ހަވާލުކޮށްފައިވާ މަޝްރޫޢެއް ކަމަށާއި މި މަޝްރޫޢުގެ އަމަލީ މަސައްކަތް ފަށާފައިވަނީ 15 ފެބްރުއަރީ 2020 ގައި ކަމަށް އެމްޓީސީސީން ބުންޏެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ސިމާހާ ނަސީމް
0%
0%
0%
0%
0%
0%
ކޮމެންޓް