ކ. މާލެ
|
17 ޖުލައި 2020 | ހުކުރު 12:23
ސ. މަރަދޫ ބަނދަރު ހެދުމުގެ މަސައްކަތުގެ ތެރެއިން
ސ. މަރަދޫ ބަނދަރު ހެދުމުގެ މަސައްކަތުގެ ތެރެއިން
އެމްޓީސީސީ
ސ. މަރަދޫ ބަނދަރުގެ މަސައްކަތް
ސ. މަރަދޫ ބަނދަރުގެ ބްރޭކްވޯޓަރ ހެދުމުގެ މަޝްރޫޢުގެ 92 އިންސައްތަ ނިމިއްޖެ
 
މަޝްރޫޢުގެ އަމަލީ މަސައްކަތް ފަށާފައިވަނީ 03 ނޮވެމްބަރ 2019 ގައި
 
މި މަޝްރޫޢަކީ 25.5 މިލިއަން ރުފިޔާގެ މަޝްރޫއެއް
 
މަޝްރޫޢުގެ ދަށުން 18،873 ކިއުބިކް މީޓަރަށް ބަނދަރު ފުންކުރާނެ

ސ. މަރަދޫ ބަނދަރުގެ ބްރޭކްވޯޓަރ ހެދުމުގެ މަޝްރޫޢުގެ 92 އިންސައްތަ ނިމިފައިވާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ.

އެމްޓީސީސީން ބުނީ މަޝްރޫޢުގެ ތެރެއިން ބަނދަރުގެ ބްރޭކްވޯޓަރ ހެދުމުގެ މަސައްކަތުގެ 65 އިންސައްތަ ނިންމައި ބަނދަރު ސަރަހައްދުގައި 1،975 ސްކުއެރަ މީޓަރ ޕޭވްމެންޓެއް ގާއިމްކުރުމުގެ މަސައްކަތް ވެސް ނިމިފައިވާ ކަމަށެވެ.

އަދި އެއްގަމު ތޮށިން ބޭރު ތޮއްޓަށް އަރާ ފާލަމުގެ ސްލެބް އެޅުމުގެ ތައްޔާރީ މަސައްކަތް ފަށާފައިވާ ކަމަށާއި މި މަޝްރޫޢުގެ ދަށުން 18،873 ކިއުބިކް މީޓަރުގެ ބަނދަރު ފުންކުރުމާއި، 419 މީޓަރުގެ ކީ ވޯލް ލުމާއި 340 މީޓަރު ސަރަހައްދެއްގައި ބްރޭކްވޯޓަރގެ ހެދުމުގެ މަސައްކަތް ކުރެވޭނެ ކަމަށް އެމްޓީސީސީން ބުންޏެވެ.

ސ. މަރަދޫ ބަނދަރު ހެދުމުގެ މަސައްކަތުގެ ތެރެއިން

މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން މިކުންފުންޏާއި ހަވާލުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫޢަކީ 25.5 މިލިއަން ރުފިޔާއަށް ހަވާލުކޮށްފައިވާ މަޝްރޫޢެކެވެ. މި މަޝްރޫޢުގެ އަމަލީ މަސައްކަތް ފަށާފައިވަނީ 03 ނޮވެމްބަރ 2019 ގައެވެ.

މި މަޝްރޫޢުގެ ތެރެއިން ބަނދަރުގެ ބްރޭކްވޯޓަރ ހެދުމުގެ މަސައްކަތުގެ 65 އިންސައްތަ ނިންމައި ބަނދަރު ސަރަހައްދުގައި 1،975 ސްކުއެރަ މީޓަރ ޕޭވްމެންޓެއް ގާއިމްކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް އެމްޓީސީސީން މައުލޫމާތުދެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ސިމާހާ ނަސީމް
0%
0%
0%
0%
0%
0%
ކޮމެންޓް