ކ. މާލެ
|
17 ޖުލައި 2020 | ހުކުރު 04:24
އެމްއެންޑީއެފް ކޯސްޓްގާރޑުގެ އުޅަނދެއް
އެމްއެންޑީއެފް ކޯސްޓްގާރޑުގެ އުޅަނދެއް
އެމްއެންޑީއެފް
އެމްއެންޑީއެފް ކޯސްޓްގާރޑް އޮޕަރޭޝަންސް
ހޯމް ކަރަންޓީންވުމަށް ފުރި މީހަކު ގެއްލިގެން ހޯދަނީ
ދޯނި ދިޔައީ މާލެއިން ފުރައިގެން އދ މަންދޫއަށް
ދޯނިން ގެއްލިފައިވަނީ އުމުރުން 27 އަހަރުގެ އަލީ ޝާހު
ހާދިސާގެ ރިޕޯޓް އެމްއެންޑީއެފަށް ލިބިފައިވަނީ ބުރާސްފަތި ދުވަހުގެރޭ 02:10 ހާއިރު

ހޯމް ކަރަންޓީން ވުމަށް ދޯންޏެއްގައި ދަތުރުކޮށްފައި ދިޔަ މީހަކު ގެއްލިގެން އެމީހާ ހޯދުމުގެ މަސައްކަތް މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) މާލޭ އޭރިއާ ކޯސްޓްގާރޑުން ފަށައިފިއެވެ.

އެމްއެންޑީއެފުން ބުނީ، ގެއްލިފައިވަނީ މާލެއިން ފުރައިގެން އދ މަންދޫއަށް ދަތުރުކުރި "ރަންތަރި" ދޯނީގައި ހުރި މީހެއް ކަމަށެވެ. އަދި ދޯނިން ގެއްލިފައިވަނީ އުމުރުން 27 އަހަރުގެ އަލީ ޝާހު (ރަތްވިލާގެ، އދ މަންދޫ) ކަމަށްވެސް ދޯނިން ދަތުރުކުރި ފަރާތްތަކާ ޙަވާލާދީ އެމްއެންޑީއެފުން ބުނެފައިވެއެވެ.

އޭގެ އިތުރުން، މި ހާދިސާގެ ރިޕޯޓް އެމްއެންޑީއެފަށް ލިބިފައިވަނީ ބުރާސްފަތި ދުވަހުގެރޭ 02:10 ހާއިރު ކަމަށާއި، ހާދިސާ ހިނގާފައިވަނީ މެންދަމު 01:10 ހާއިރު ކަމަށް އެމްއެންޑީއެފުން މައުލޫމާތު ދެއެވެ. އެގޮތުން އޭނާ ގެއްލިފައިވާކަން އެނގިފައިވަނީ އދ މަންދޫ ފަޅަށް ވަތް ފަހުން ކަމަށް ދޯނީގެ ކެޕްޓަންއާ ޙަވާލާދީ އެމްއެންޑީއެފުން ބުނެއެވެ.

އެމްއެންޑީއެފުން ބުނީ، އޭނާ މަންދޫއަށް ދަތުރުކުރީ އެރަށުގައި ހޯމް ކަރަންޓީން ވުމަށް ކަމަށެވެ.

- ކޮމެންޓް