ކ. މާލެ
|
17 ޖުލައި 2020 | ހުކުރު 02:27
އިންޑިއާގައި ރެންޑަމް ސާމްޕްލިންގ ކުރިއަށް ގެންދަނީ - އިންޑިއާގައި ޓެސްޓް ކުރާ މިންވަރުވެސް ވަނީ އިތުރުކޮށްފައި،
އިންޑިއާގައި ރެންޑަމް ސާމްޕްލިންގ ކުރިއަށް ގެންދަނީ - އިންޑިއާގައި ޓެސްޓް ކުރާ މިންވަރުވެސް ވަނީ އިތުރުކޮށްފައި،
ދި ގާޑިއަން
ކޮވިޑް-19 އިންޑިއާގެ ޙާލަތު
175 ދުވަސްތެރޭ އިންޑިއާއިން ކޮވިޑް-19 ޖެހުނު މީހުންގެ އަދަދު މިލިއަނަކަށް!
ޕޮޒިޓިވްވި މީހުންގެ ޖުމުލަ އަދަދު ވަނީ 1،005،000ށް އަރާފައި
މުޅި ދުނިޔެއިން 8 ވަނައަށް އެންމެ ގިނަ މީހުން މަރުވެގެން ރިޕޯޓް ކޮށްފައިވާ ޤައުމަކީ އިންޑިއާ
މިވަގުތު މުޅި ދުނިޔެއިން 3 ވަނައަށް އެންމެ ގިނަ އަދަދެއްގެ މީހުން ޕޮޒިޓިވްވެފައިވާ ޤައުމަކީ އިންޑިއާ

އަވައްޓެރި އިންޑިއާއިން ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ އަދަދު މިލިއަނަކަށް އަރައިފިއެވެ.

އެންމެ ފަހުގެ ތަފާސްހިސާބުތައް ދައްކާގޮތުން އިންޑިއާއިން ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ ޖުމުލަ އަދަދު 1،005،000 (އެއްމިލިއަން ފަސް ހާސް)ށް ވުރެ އިތުރުވެފައިވާއިރު، ބަލި ޖެހިންގެ މަރުވި މީހުންގެ އަދަދު ވަނީ 25،009ށް އަރާފައެވެ.

ބުރާސްފަތި ދުވަހު އެކަނިވެސް އިންޑިއާއިން 34،400ށް ވުރެ ގިނަ ކޭސް ރިޕޯޓް ކޮށްފައިވެއެވެ. އަދި 676 މީހަކު ބުރާސްފަތި ދުވަހު އެކަނިވެސް މަރުވެގެން ރިޕޯޓް ކޮށްފައިވާއިރު، އިންޑިއާއަކީ މިވަގުތު މުޅި ދުނިޔެއިން 8 ވަނައަށް އެންމެ ގިނަ މީހުން މަރުވެގެން ރިޕޯޓް ކޮށްފައިވާ ޤައުމެވެ.

އިންޑިއާއިން އެންމެ ފުރަތަމަ ކޭސްއެއް ރިޕޯޓް ކުރެވުނީ މިއަހަރުގެ ޖެނުއަރީ މަހުގެ 30 ވަނަ ދުވަހު ކެރަލާ ސިޓީންނެވެ. އެގޮތުން އިންޑިއާއިން ޕޮޒިޓިވްވި މީހުންގެ ޖުމުލަ އަދަދު މިލިއަނަކަށް އަރާފައިވަނީ އެ ޤައުމުން އެންމެ ފުރަތަމަ ބަލި ފެނުނުތާ 175 ދުވަސް ފަހުންކަމަށް އެ ޤައުމުގެ މީޑިއާތަކުން ރިޕޯޓް ކޮށްފައިވެއެވެ.

އިންޑިއާއަކީ މިވަގުތު މުޅި ދުނިޔެއިން 3 ވަނައަށް އެންމެ ގިނަ އަދަދެއްގެ މީހުން ޕޮޒިޓިވްވެފައިވާ ޤައުމެވެ. އެގޮތުން ލިސްޓުގައި އެންމެ ކުރީގައި އޮތް އެމެރިކާއިން ޕޮޒިޓިވްވެފައިވާ މީހުންގެ އަދަދު 3 މިލިއަނަށް އަރާފައިވާއިރު، ދެވަނައަށް އޮތް ބްރެޒިލުން ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 2 މިލިއަނާ ގާތް ކޮށްފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް