ކ. މާލެ
|
11 އޭޕްރިލް 2017 | އަންގާރަ 04:19
މުރަކަ ހުދުވުން މިދިއަ އަހަރު ބޮޑަށް ދިމާވެފައިވަނީ ފަރުގެ އުތުރަށް ނަމަވެސް މިފަހަރު އެންމެ ގެއްލުންތައް ލިބިފައިވަނީ މެދުތެރޭގެ ސަރަހައްދުތަކަށް
މުރަކަ ހުދުވުން މިދިއަ އަހަރު ބޮޑަށް ދިމާވެފައިވަނީ ފަރުގެ އުތުރަށް ނަމަވެސް މިފަހަރު އެންމެ ގެއްލުންތައް ލިބިފައިވަނީ މެދުތެރޭގެ ސަރަހައްދުތަކަށް
ސީ.އެން.އެން
މުރަކަ ހުދުވުން
ބެރިއަރ ރީފްގެ ތިންބައިކުޅަ އެއްބައި މުރަކަ ހުދުވެއްޖެ:ސައިސްވެރިން
މުރަކަ ހުދުވުން ނުވަތަ އަލްގޭ ގެއްލުން ފަރުގެ 1،500ކިލޯމީޓަރު ދިގުމިނުގެ ސަރަހައްދަކަށް ދިމާވެފައިވޭ

އާދަޔާ ޚިލާފާށް މުރަކަ ހުދުވުގެ މައްސަލަ އަހަރުތަކެއް ވަންދެން ދިމާވުމުން ގޮސް، އޮސްޓްރޭލިއާގެ ގްރޭޓް ބެރިއަރ ރީފްގެ ތިންބައިކުޅަ ދެބައި ހަލާކުވެފައިވާކަމަށް އޭރިއަލް ސާވޭއަކުން ދައްކައިފިއެވެ.

މުރަކަ ހުދުވުން ނުވަތަ އަލްގޭ ގެއްލުން ފަރުގެ 1،500ކިލޯމީޓަރު ދިގުމިނުގެ ސަރަހައްދަކަށް ދިމާވެފައިވާ ކަމަށް ސައިންޓިސްޓުން ބުނެއެވެ.

މުރަކަ ހުދުވުން މިދިއަ އަހަރު ބޮޑަށް ދިމާވެފައިވަނީ ފަރުގެ އުތުރަށް ނަމަވެސް މިފަހަރު އެންމެ ގެއްލުންތައް ލިބިފައިވަނީ މެދުތެރޭގެ ސަރަހައްދުތަކަށެވެ.

މުރަކަ މަރުވުމުގެ ދެހާދިސާއެއް ގާތްގާތުގައި ހިނގާފައިވުމުން އަލުން މުރަކައަށް ދިރުން ލިބުމުގެ ފުރުސަތު ކުޑަވެދާނެ ކަމުގެ ބިރު ތަޖުރިބާކާރުންނަށްވަނީ ހީވެފައެވެ.

ޖޭމްސް ކުކް ޔުނިވާސިޓީގެ ޕްރޮފެސަރ ޓެރީ ހިއުސް ވިދާޅުވީ އިތުރަށް މުރަކަތައް ހުދުވިޔަ ނުދިނުމަށް މޫސުމީ މައްސަލައަށް ސަރުކާރުތަކުން މިހާރުން މިހާރަށް ސަމާލުކަން ދޭން ޖެހޭކަމަށެވެ.

"1998 ން ފެށިގެން ހަތަރު ފަހަރެއްގެ މަތިން މި މައްސަލަ ވަނީ ފާހަގަކުރެވިފަ ނަމަވެސް ދޭތެރެމެދަށް ހިނގާ މުއްދަތަށް ދިޔައީ ބަދަލު އަންނަމުން އެކަމަކު މިއީ މިހާ ދޭތެރެ ކުރުކޮށް ބަދަލު އައި ފުރަތަމަ ފަހަރު"ޕްރޮފެސަރ ހިއުސް ބީބީސީއަށް ވިދާޅުވިއެވެ.

" ދުނިޔެއިން ގްރީންހައުސް ގޭސް ބޭރު ކުރާ މިންވަރާމެދު އަޅާ ފިޔަވަޅައި ފޮސިލް ފިއުލްއިން އިޔާދަ ކުރަނިވި ހަކަތައަށް ބަދަލުވާ އަވަސްމިން އެއީ އެންމެ ރަނަގަޅުގޮތް" އޭނާ ވިދާޅުވިއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް