ކ. މާލެ
|
14 ޖުލައި 2020 | އަންގާރަ 13:55
މޯލްޑިވްސް މަނިޓަރީ އޮޓޯރިޓީ
މޯލްޑިވްސް މަނިޓަރީ އޮޓޯރިޓީ
ޔޫސުފް ސޮފްވާން ރަޝީދު
އެމްއެމްއޭ
ތިން އަހަރަށް އެމްއެމްއޭއަށް އޮޑިޓްކޮށްދޭނެ އޮޑިޓް ފާމެއް ހޯދަނީ
 
ލައިސަންސް އޮތް އޮޑިޓް ފާމްތަކަށް ޕްރޮޕޯސަލް ހުށަހެޅުމަށް ވަނީ ހުޅުވާލާފައި

ތިން އަހަރަށް މޯލްޑިވްސް މަނިޓަރީ އޮޓޯރިޓީ (އެމްއެމްއޭ) އަށް އޮޑިޓްކޮށްދޭނެ އޮޑިޓް ފާމެއް ހޯދަން އިޢުލާންކޮށްފިއެވެ.

އެމްއެމްއޭއިން ކުރި އިއުލާނެއްގައި ބުނެފައިވަނީ 2020 ވަނަ އަހަރުން ފެށިގެން 2022 ވަނަ އަހަރަށް އެ އޮތޯރިޓީ އޮޑިޓްކޮށްދޭނެ އެކްސްޓާނަލް އޮޑިޓް ފާމެއް ބޭނުންވާ ކަމަށެވެ.

ރާއްޖޭގައި މަސައްކަތް ކުރާ ލައިސަންސް އޮތް އޮޑިޓް ފާމްތަކަށް މިހާރު ވަނީ ޕްރޮޕޯސަލް ހުށައެޅުމުގެ ފުރުސަތު މިހާރު ހުޅުވާލާފައިވާއިރު ބިޑިންގައި ބައިވެރިވެވޭނީ ރާއްޖޭގައި ހިންގާ އޮޑިޓް ފާމްތަކުގެ ތެރެއިން ޕްރޮޕޯސަލް ހުށައަޅާ ރަޖިސްޓްރީވާ އޮޑިޓް ފާމްތަކަށް އެކަނި ކަމަށް އެމްއެމްއިން މައުލޫމާތުދެއެވެ.

ބިޑް ހުށަހަޅާ ފަރާތްތަކުގެ މައުލޫމާތެއް ސާފުކުރަން ބޭނުންވާނަމަ މި މަހުގެ 21 ވަނަ ދުވަހުގެ ކުރިން އީމެއިލް މެދުވެރިކޮށް ފޮނުވަން ޖެހޭނެ ކަމަށް އެމްއެމްއޭއިން ބުންޏެވެ.

0%
0%
0%
0%
0%
0%
ކޮމެންޓް