ކ. މާލެ
|
13 ޖުލައި 2020 | ހޯމަ 09:42
ބޮލީވިއާގެ އިކޮނަމިކް މިނިސްޓަރ އޮސްކާ އޮރޓިޒް؛ ބަލި ހާލު ރަނގަޅުކަމަށް އޮރޓިޒް ވަނީ ވިދާޅުވެފައި
ބޮލީވިއާގެ އިކޮނަމިކް މިނިސްޓަރ އޮސްކާ އޮރޓިޒް؛ ބަލި ހާލު ރަނގަޅުކަމަށް އޮރޓިޒް ވަނީ ވިދާޅުވެފައި
ސީ.އެން.އެން
ބޮލީވިއާގެ އިކޮނަމިކް މިނިސްޓަރ
ބޮލީވިއާގެ އިކޮނަމިކް މިނިސްޓަރ ކޮވިޑަށް ޕޮޒިޓިވްވެއްޖެ
އޮރޓިޒް ޕޮޒިޓިވްވީ އާދީއްތަ ދުވަހު
މިނިސްޓްރީގެ ހިންގުން ވަގުތީ ގޮތުން ހަވާލުކޮށްފައިވަނީ މިނިސްޓަރ އޮފް ޕްރޮޑަކްޝަން ޑިވަލަޕްމަންޓް އެބެލް މަރޓިނޭޒާއި

ބޮލީވިއާގެ އިކޮނަމިކް މިނިސްޓަރ އޮސްކާ އޮރޓިޒް ކޮވިޑް-19ށް ޕޮޒިޓިވްވެއްޖެއެވެ.

ބޮލީވިއާގެ އިކޮނަމިކް މިނިސްޓްރީން ނެރުނު ނޫސް ބަޔާނެއްގައި ބުނެފައިވަނީ އޮރޓިޒް ކޮވިޑަށް ޕޮޒިޓިވްވެފައިވަނީ އާދީއްތަ ދުވަހު ކަމަށާއި، އޭނާގެ ހާލު ރަނގަޅު ކަމަށެވެ. މިނިސްޓްރީން ވަނީ އޮރޓިޒްގެ ވީޑިއޯ މެސެޖެއް ވެސް ޓްވިޓާގައި އާންމުކޮށްފައެވެ. އެ ވީޑިއޯ މެސެޖްގައި ބުނެފައިވަނީ އޭނާ ވައިރަސް އަށް ޕޮޒިޓިވް ކަމަށާއި، ބަލިކަން އެނގުނީ ހޮނިހިރު ދުވަހުގެ ހަވީރުން ފެށިގެން ކަމަށެވެ. އެގޮތުން ވަރުބަލިވުމާއި، ހަށިގަނޑުގެ މަސްތަކުގައި ރިއްސަން ފެށި ކަމަށާއި، ހޮނިހިރު ދުވަހުގެ ރޭގަނޑު ޓެސްޓް ކުރެއްވި ކަމަށެވެ.

އޮރޓިޒް ޕޮޒިޓިވްވުމާއި ގުޅިގެން އޭނާގެ އޮފިސް ބެލެހެއްޓުން ހަވާލުކޮށްފައިވަނީ މިނިސްޓަރ އޮފް ޕްރޮޑަކްޝަން ޑިވަލަޕްމަންޓް އެބެލް މަރޓިނޭޒެވެ. މިހާތަނަށް ބޮލީވިއާގެ ކެބިނެޓްގެ 4 މީހަކު ވަނީ ކޮވިޑް-19ށް ޕޮޒިޓިވްވެފައެވެ. އެގެ ތެރޭގައި ބޮލީވިއާގެ ރައީސްގެ އިތުރުން ހެލްތް މިނިސްޓަރ މާރިއާ އެއިޑީ ރޮކާ، މިނިސްޓަރ އޮފް ދަ ޕްރެޒިޑެންސީ ޔެރކޯ ނުނެޒް ނެގްރެއްޓެ، މިނިސްޓަރ އޮފް މައިންސް ޖޯޖް ފެރނާންޑޯ އޮރޕޭޒާ އަދި ސަލާމަތީ ބާރުތަކުގެ ކޮމާންޑަރ ޖެނެރަލް ސަރޖިއޯ އޮރެލަނާ ހިމެނެއެވެ.

އާދީއްތަ ދުވަހާ ހަމައަށް ބޮލީވިއާގައި 47،200ށް ވުރެ ގިނަ މީހުން ކޮވިޑް-19ށް ޕޮޒިޓިވް ވެގެން ރިޕޯޓްކޮށްފައިވެއެވެ. އަދި މިހާތަނަށް އެގައުމުގައި 1754 މީހަކު ބަލީގައި މަރުވެފައިވާ ކަމަށް ޖޯންސް ހޮޕްކިންގސް ޔުނިވަރސިޓީގެ ތަފާސް ހިސާބުތަކުން ދައްކައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ސިމާހާ ނަސީމް
- ކޮމެންޓް