ކ. މާލެ
|
10 ޖުލައި 2020 | ހުކުރު 18:26
ބޭންކް އޮފް މޯލްޑިވްސް އިން މީހަކު ހިދުމަތް ލިބިގަންނަނީ (ކުރީގެ ފޮޓޯއެއް)
ބޭންކް އޮފް މޯލްޑިވްސް އިން މީހަކު ހިދުމަތް ލިބިގަންނަނީ (ކުރީގެ ފޮޓޯއެއް)
ބީއެމްއެލް
ބީއެމްއެލް
ބީއެމްއެލް އިން އޮންލައިން ޓޯކަން ހިދުމަތް ތައާރަފުކޮށްފި
ހެނދުނު 8.00 އިން މެންދުރު 12:00 އަށް އެޕް މެދުވެރިކޮށް ޓޯކަން ލިބޭނެ
އެޕޮއިންޓްމަންޓް އަދި އޮންލައިން ޓޯކަން އާ ނުލައި އުމުރުން ދުވަސްވީ ފަރާތްތަކަށާއި ހިދުމަތް ދިނުމަށް ހަމަޖެހިފައިވޭ
އެދެނީ ކަސްޓަމަރުން ގޭގައި ތިއްބަވައިގެން ބޭންކިންގ ހިދުމަތް ހޯދުމަށް

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން މާލޭގައި ގާއިމްކޮށްފައިވާ ބްރާންޗްތަކާއި ސަރވިސް ސެންޓަރ ތަކުން ހިދުމަތް ދިނުމަށް އޮންލައިން ކިއު ޓޯކަން ތައާރަފުކޮށްފިއެވެ.

މި ބަދަލާއެކު، ކަސްޓަމަރުންނަށް އޮންލައިން އަދި އޭޓީއެމް މެދުވެރިކޮށް ނުލިބޭ ހިދުމަތްތަކަށް ކިއުބީ އެޕް މެދުވެރިކޮށް ޓޯކަންއަށް އެދެވޭނެ ކަމަށާއި އެޕް މެދުވެރިކޮށް ކިއުގައި ތިބި ކަސްޓަމަރުންގެ އަދަދު ބްރާންޗަށް އައުމުގެ ކުރިން އޮންލައިންކޮށް ބަލާލެވޭނެ ކަމަށް ބީއެމްއެލުން ބުނެއެވެ.

ބޭންކިންގ ހިދުމަތްދޭ ދުވަސްތަކުގެ ހެނދުނު 8.00 އިން މެންދުރު 12:00 އަށް އެޕް މެދުވެރިކޮށް ޓޯކަން ލިބޭނެ ކަމަށާއި ގޫގުލް ޕްލޭ އަދި އެޕަލް އެޕް ސްޓޯރ މެދުވެރިކޮށް ކިއުބީ އެޕް ޑައުންލޯޑް ކޮށްލެވޭނެ ކަމަށް ބީއެމްއެލުން ބުނެއެވެ.

މި ވޭތުވެދިޔަ ދުވަސްތަކުގައި އަޅުގަނޑުމެން ވާނީ ފަސޭހައިން ބޭންކިންގ ހިދުމަތް ފޯރުކޮށްދިނުމަށް ގިނަ ހިދުމަތްތަކެއް ތައާރަފްކޮށްފަ. މިއާއެކު އޮންލައިންކޮށް ހިދުމަތްތައްފޯރުކޮށްދެވި، ކަސްޓަަމަރުންނާއި މުވައްޒަފުންނަށް ރައްކާތެރިކަން ހޯދައިދެވިގެންދިޔަ. އަޅުގަނޑުމެން އެދެނީ ކަސްޓަމަރުން ގޭގައި ތިއްބަވައިގެން ބޭންކިންގ ހިދުމަތް ހޯދެއްވުމަށް. އޮންލައިން ކިއު ގެ ހިދުމަތް ތައާރަފް ކުރުމުގެ ސަބަބުން ކޮންމެހެން ބްރާންޗަށް ވަޑައިގަންނަވަންޖެހޭ ކަސްޓަރުންނަށް ވަގުތު ސަލާމަތްކުރެވި، އަދި ކަސްޓަމަރުންނަށްދެވޭ ހިދުމަތުގެ ފެންވަރު ރަނގަޅުވެގެންދާނެ
ބީއެމްއެލް ސީއީއޯ އަދި މެނޭޖިންގ ޑައިރެކްޓަރ ޓިމް ސޯޔަރ

އާންމު ފަރުދުން އެކައުންޓް އޯޕަނިންގ ސެންޓަރ އާއި ލޯން ސެންޓަރ އިން ހިދުމަތް ހޯދުމަށާއި ވިޔަފާރިތަކުން ބިޒްނަސް ސެންޓަރއިން ލޯން އަދި އެކައުންޓް ހުޅުވުމުގެ ހިދުމަތް ދިނުމަށް ހަމަޖެހިފައިވަނީ އެޕޮއިންޓްމަންޓް އުސޫލުން ކަމުގައިވާތީ ބޭންކުގެ ވެބްސައިޓްގައިވާއެޕޮއިންޓްމަންޓް ޕޯޓަލްމެދުވެރިކޮށް އެޕޮއިންޓްމަންޓަށް އެދި ހުށަހެޅޭނެއެވެ. އެޕޮއިންޓްމަންޓް އަދި އޮންލައިން ޓޯކަން އާ ނުލައި އުމުރުން ދުވަސްވީ ފަރާތްތަކަށާއި ހާއްސަ އެހީއަށް ބޭނުންވާ ކަސްޓަމަރުންނަށް ބްރާންޗްތަކުންނާއި ސަރވިސް ސެންޓަރތަކުން ހިދުމަތް ދިނުމަށް ހަމަޖެހިފައިވާ ކަމަށް ބީއެމްއެލުން ބުންޏެވެ.

ކިއުބީ މެދުވެރިކޮށް މެއިން ބްރާންޗް، ކަސްޓަމަރ ސަރވިސް ސެންޓަރ، މާލެ ބިޒްނަސް ސެންޓަރ، ބީއެމްއެލް އިސްލާމިކް ބްރާންޗް، ހުޅުމާލެ ބްރާންޗް އަދި ވިލިމާލެ ބްރާންޗުގެ ހިދުމަތް ހޯދުމަށް ޓޯކަން ލިބިގެންދާނެއެވެ. ބްރާންޗްތަކުގައި ގައިދުރުކަން ކަށަވަރުކުރުމަށްޓަކައި ކަސްޓަަމަރުންނަށް ބްރާންޗަށް ވަދެވޭނީ ހިދުމަތް ހޯދުމަށް އެޕް މެދުވެރިކޮށް ފެންނަ 'ވެއިޓިންގ ޕޮޒިޝަން' ގައި ދެ ކަސްޓަމަރުން މަޑުކޮށްގެން ތިބޭ ހާލަތުގައެވެ. އޮންލައިން ކިއު ޓޯކަންއާ ގުޅޭ އިތުރު މައުލޫމާތުwww.bankofmaldives.com.mv/online-queue-tokensލިބެން ހުންނާއެވެ.

މުޅި ރާއްޖެ ހިމެނޭ ބޭންކިންގ ވިއުގަޔަކާއެކު 20 އަތޮޅުގައި 38 ބްރާންޗް، 56 ސެލްފްސަރވިސް ބޭންކިންގ ސެންޓަރ، 119 އޭޓީއެމް، 277 ކޭޝް އޭޖެންޓުންގެ އިތުރުން އެންމެ ޒަމާނީ އޮންލައިން ބޭންކިންގ ޚިދުމަތާއެކު ބޭންކް އޮފް މޯލްޑިވްސް ގެ އަމާޒަކީ އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ މުޖުތަމައުތަކަށް އެހީތެރިކަން ފޯރުކޮށްދިނުމެވެ.

- ކޮމެންޓް