ކ. މާލެ
|
10 އޭޕްރިލް 2017 | ހޯމަ 15:18
ސެކިއުރިޓީ އެޑްވައިޒަރު މެކްމާސްޓަރ ރައީސް ޑޮނަލްޑް ޓްރަމްޕްގެ އަރިހުގައި
ސެކިއުރިޓީ އެޑްވައިޒަރު މެކްމާސްޓަރ ރައީސް ޑޮނަލްޑް ޓްރަމްޕްގެ އަރިހުގައި
ގޫގުލް
ބައްޝާރަށް އިންޒާރެއް
ބައްޝާރުލް އަސަދަށް އެމެރިކާގެ ސެކިއުރިޓީ އެޑްވައިޒަރުގެ އިންޒާރެއް
ބައްޝާރުގެ ވެރިކަން ނިންމާނެ ކަމަށް ވިދާޅުވި
އެހެން ގައުމުތަކުންވެސް އެކަމަށް ވިސްނުމަށް ގޮވާލި

އެމެރިކާއިން ބޭނުން ވަނީ ސީރިއާގެ ރައްޔިތުން މަރަމުންދާ ސަރުކާރު ނައްތާލަން ކަމަށް ބުނެ އެގައުމުގެ ސެކިއުރިޓީ އެޑްވައިޒަރު، ސީރިއާގެ ރައީސް ބައްޝާރުލް އަސަދަށް ވަރުގަދަ އިންޒާރެއްދީފިއެވެ.

 

ސީރިއާގެ މީހުން މަރަމުންދާ ސަރުކާރު ނައްތާލަން އެމެރިކާއިން ބޭނުންވާ ކަމަށް ބުނެ އެގައުމުގެ ސެކިއުރިޓީ އެޑްވައިޒަރު ހާބަޓް ރޭމަންޑް މެކްމާސްޓަރ މިހެން ވިދާޅުވެފައި ވަނީ އޭނާ ޓީވީއަކަށް ފުރަތަމަ ފަހަރަށް ދެއްވި ބަސްދީގަތުމެއްގައެވެ.

 

ފޮކްސް ނިއުސް ސަންޑޭގައި ވާހަކަ ދައްކަވަމުން މެކްމާސްޓަރ ވިދާޅުވީ އެމެރިކާއިން ބޭނުން ވަނީ އިސްލާމިކް ސްޓޭޓް ބަލިކުރަން ކަމަށެވެ.

 

މެކްމާސްޓަރ ވިދާޅުވީ އައިއެސް ބަލިކުރުމަށް ފަހު ސީރިއާގެ ރައީސް ބައްޝާރުލް އަސަދު ވެސް ވެރިކަމުން ދުރުކުރާނެ ކަމަށެވެ.

 

މިދިޔަ ހަފްތާގައި އެމރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ އަމުރަށް، އެމެރިކާގެ އަސްކަރިއްޔާ އިން ސީރިއާގައި ދިން މިސައިލް ޙަމަލާތަކުގެ އިތުރުން ވެސް އިތުރު އަސްކަރީ ޙަރަކާތްތަކެއް ކުރިއަށް ގެންދިޔުމުގެ ފުރުސަތު ބޮޑެވެ.

 

ޓްރަމްޕްގެ އަމުރަށް އެމެރިކާއިން މިސައިލް ހަމަލާތަކެއް ދިނީ ސީރިއާގެ ސަރުކާރުން ހަނގުރާމަވެރިންނާއި ދެކޮޅަށް ކެމިކަލް ޙަމަލާއެއް ދިނުމުގެ ސަބަބުން ކުޑަކުދިންނާ އެކު 87 މީހުން މަރުވި މައްސަލައިގެ ރައްދުގައި ކަމަށް މެކްމާސްޓަރ ވިދާޅުވިއެވެ.

 

މެކްމާސްޓަރ ވިދާޅުވި ގޮތުގައި ބައްޝާރުގެ ސަރުކާރު ބަދަލުކުރުމަށް، އެމެރިކާގެ ރައީސް ޓްރަމްޕް މަސައްކަތް ކުރެއްވީ ސިޔާސީ ޙައްލެއް ހޯއްދެވުމަށެވެ.

 

ސިޔާސީ ހައްލެއް ހޯދައިގެން ބައްޝާރުގެ ސަރުކާރު އިތުރަށް ދެމިގެންދާނެ ގޮތެއް ހޯދިދާނެ ކަމަށް އެއްބަސްވުމަކީ އުދަނގޫ ކަމެއް ކަމަށް މެކްމާސްޓަރ ވިދާޅުވިއެވެ.

 

މެކްމާސްޓަރ ވިދާޅުވީ ސީރިއާގައި މިހާރު އޮތް ސަރުކާރު ބަދަލުވުމުގެ ފައިދާކުރާނީ ހަމައެކަނި އެމެރިކާއަކަށް ނޫން ކަމަށް އެހެން ޤައުމުތަކުން ވެސް އެކަމާ މެދު ސުވާލު އުފައްދަން ވެއްޖެ ކަމަށެވެ.

 

އެގޮތުން ރަޝިއާ އިން ސީރިއާގައި އަމިއްލަ ރައްޔިތުންތަކެއް މަރަމުންދާ ސަރުކާރަކަށް ވާގިވެރި ވަނީ ކީއްވެތޯ ސުވާލުކުރަންޖެހޭ ކަމަށް މެކްމާސްޓަރ ވިދާޅުވިއެވެ.

- ކޮމެންޓް