ކ. މާލެ
|
3 ޖުލައި 2020 | ހުކުރު 00:16
މާލޭގެ ގެބިސީތަކަށް ކަރަންޓް ފޯރުކޮށްދޭ ސްޓެލްކޯ؛ މަ މަހުގެ ބިލުން ވެސް ސަބްސިޑީ ދިނުމަށް ވަނީ ނިންމާފައި
މާލޭގެ ގެބިސީތަކަށް ކަރަންޓް ފޯރުކޮށްދޭ ސްޓެލްކޯ؛ މަ މަހުގެ ބިލުން ވެސް ސަބްސިޑީ ދިނުމަށް ވަނީ ނިންމާފައި
ރާއްޖެއެމްވީ
ޖޫންގެ ކަރަންޓު ބިލުން ސަބްސިޑީއެއް
މި މަހުގެ ބިލުން ވެސް 40 އިންސައްތައިގެ ސަބްސިޑީއެއް ދޭން ނިންމައިފި
ކަރަންޓު ބިލްތައް، ސަބްސިޑީ ހިމަނައިގެން އަލުން ތައްޔާރު ކުރުމަށްފަހު ސްޓެލްކޯ މޯބައިލް އެޕްލިކޭޝަނާއި، އެސްއެމްއެސް މެދުވެރިކޮށް، ފޮނުވާނެ
ޖޫން މަހުގެ ބިލްތައް މިހާރު ދައްކާފައިވާ ފަރާތްތަކަށް ޖޫން މަހުގެ ސަބްސިޑީއަށްވާ އަދަދު ޖުލައި މަހުގެ ކަރަންޓު ބިލުން އުނިކުރެވިގެންދާނެ
މާރިޗު، އެޕްރީލް، މެއި އަދި ޖޫން މަހުގެ ބިލްތައް ބަހާލައިގެން ދެއްކެވުމުގެ އިންތިޒާމްވަނީ ހަމަޖައްސާފައި

ކޮވިޑް- 19ގެ ހާލަތާއި ގުޅިގެން ޖޫން މަހުގެ ކަރަންޓު ބިލުން 40 އިންސައްތައިގެ ސަބްސިޑީ ދިނުމަށް ސަރުކާރުން ނިންމައިފިއެވެ.

މީގެ އިތުރުން ކަރަންޓު ބިލްތައް ބަހާލައިގެން ދެއްކެވުމުގެ ފުރުސަތު ވެސް ވަނީ ފަހިކޮށްދީފައެވެ. ސްޓެލްކޯއިން ބުރާސްފަތި ދުވަހުގެ ރޭ ބުނީ މި ނިންމެވުމާއެކު މިހާރު ފޮނުވާފައިވާ އާންމު ގޭބީސީތަކުގެ ކަރަންޓު ބިލްތައް، ސަބްސިޑީ ހިމަނައިގެން އަލުން ތައްޔާރު ކުރުމަށްފަހު ސްޓެލްކޯ މޯބައިލް އެޕްލިކޭޝަނާއި، އެސްއެމްއެސް މެދުވެރިކޮށް، ފޮނުވާނެ ކަމަށެވެ. އަދި ޖޫން މަހުގެ ބިލްތައް މިހާރު ދައްކާފައިވާ ފަރާތްތަކަށް ޖޫން މަހުގެ ސަބްސިޑީއަށްވާ އަދަދު ޖުލައި މަހުގެ ކަރަންޓު ބިލުން އުނިކުރެވިގެންދާނެ ކަމަށް ވެސް ސްޓެލްކޯއިން ބުނެއެވެ.

މީގެ އިތުރުން، ކޮވިޑް-19އާއި ގުޅިގެން ބިލްތައް ދައްކަން ދަތިވާ އާންމު ފަރުދުންނާއި، ވިޔަފާރިތަކަށް މި އަހަރުގެ މާރޗު، އެޕްރީލް، މެއި އަދި ޖޫން މަހުގެ ބިލުތައް ބަހާލައިގެން ދެއްކެވުމުގެ އިންތިޒާމް ވެސް ހަމަޖެހިފައިވާ ކަމަށް ސްޓެލްކޯއިން ބުނެއެވެ.

މި ހަތަރު މަހުގެ ބިލުތައް ބަހާލައިގެން ދައްކަން ބޭނުންވާ ފަރާތްތަކުން 5 ޖުލައި 2020ވާ އާދީއްތަ ދުވަހުން ފެށިގެން 19 ޖުލައި 2020ވާ އާދީއްތަ ދުވަހުގެ މެންދުރު 2:00 ގެ ކުރިން އެކަމަށް އެދި ސްޓެލްކޯއަށް ފޯމް ހުށަހެޅުމަށް އެ ކުންފުނިން ބުންޏެވެ. އަދި އެކަމަށް އެދޭ ފޯމް 5 ޖުލައިން ފެށިގެން ސްޓެލްކޯގެ ވެބްސައިޓުން ލިބެން ހުންނާނެ ކަމަށް ވެސް ސްޓެލްކޯއިން ބުނެއެވެ.

- ކޮމެންޓް